13 ޖުލައި 2024 - 13:47
ސަރުކާރުން މިދިޔަ މެއި މަހު އުފެއްދި ޑިވެލޮޕްމެންްޓު ބޭންކުގައި އެސްޓީއޯ އިން ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިމްހާދު ވިދާޅުވީ އެ ކުންފުނިން ތަރައްގީކުރަން ނިންމާފައިވާ ޑިޖިޓަލް ބޭންކުގެ ބަދަލުގައި ޑިވެލޮޕްމެންްޓު ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ.
އަދި އެ ކުންފުނިން މި ވަގުތު މަސައްކަތް ކުރަމުން ދަނީ އެ ކުންފުންޏަަށް އެންމެ ރަނގަޅީ އަމިއްލަ ބޭންކެއް ތަރައްގީކުރުންތޯ ނުވަތަ އެހެން ބޭންކެއްގައި ބައިވެރިވުންތޯ ދެނެގަތުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން 'އިވޯލްވް'ގެ ނަމުގައި ޑިޖިޓަލް ބޭންކެއް ހެދުމުގެ ހުއްދައަށް އެދި ހެށަހެޅީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެވެ. އެމްއެމްއޭއިން އެސްޓީއޯގެ ހުށަހެޅުމަށް ހުއްދަ ނުދޭން ނިންމީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.
އޭގެ ފަހުން މިކަމާ ގުޅޭ އިތުރު މައުލޫމާތު އެސްޓީއޯއިން ހިއްސާކޮށްފަ އެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
14 July 2024
ސައިފަތް ދަނޑު، ހުޅުމާލެ ހޮޓާ، ފުށް ފެކްޓަރީ... މިހެން ގޮސް ލިސްޓަށް އިތުރުވާ ބޮޅަކަށް ތިޔަ ކަންތައް ވެސް ނުވާނެ ބާ؟
އޮނަރަބްލް އަފީފު ދީދީ
14 July 2024
ކޮޅެއް މެދެއް ފެންނާން ނެތްގޮތަކަށް ތިކަން ކޮށްފިނަމަ ކުންފުނީގެ ޒުވާން އެމްޑީއާއި މެދު ކުންފުނީގެ އާންމު ޙިއްސާދާރުންނާއި ރައްޔިތުން ދެކޭގޮތް މުޅިން ބަދަލުގެ އެމްޑީގެ މުސްތަޤުބަލަށް ހުރަސްތައް ކުރިމަތިވާނެ. # ތިކަންކުރާން ސަރުކާރުން ބޭނުންނަމަ ކުންފުނީގައިއޮތް ސަރުކާރުޙިއްސާ އާންމުރައްޔިތުންނަށް (މިހާރު ޙިއްސާއެއްނެތް ކޮންމެމީހަކަށް ކަޑައެޅޭ އަދަދަކަށް) ޙިއްސާވިއްކުމަށް ކުންފުނީގެފަރާތުން ސަރުކާރަށް ލަފާދެއްވާ އެގޮތަށް އަމަލުކުރަން އަންގާ.
ނަރުސޮރު
13 July 2024
ކޮސްވެއްޖެ. ސަރުކާރުގެ ކޮންޓްރޯލް ކުރާ ކުންފުންޏެއް ސަރުކާރުން އުފައްދާ ބޭންކެއްގައި ބައިވެރިވާން ވިސްނަނިއްޔޯ؟ ދެކޮޅުގައިވެސް ސަރުކާރު.