މީގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް
14 ޖުލައި 2024 - 13:10
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކޮށް ދިން ބަޑީގެ ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުށްވެރި ކުރައްވައިފި އެވެ.
އެމެރިކާގައި އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް ޕެންސިލްވޭނިއާގައި އިއްޔެ ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަނިކޮށް، އެތަނާ ކައިރިން ފުރާޅެއްގެ މަތީގައި ހުރި މީހަކު ވަނީ ޓްރަމްޕަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.
ބަޑީގެ އަޑުފައްގަނޑާ އެކު 78 އަހަރުގެ ޓްރަމްޕް އޭނާގެ ކަނާތްފަރާތު ކަންފަތް މަތީ އަތް އެޅުއްވި އެވެ. އެއާ އެކު މޫނުމަތީގައި ލޭ ހުއްޓާ ފެނުނެވެ. ނަމަވެސް ޓްރަމްޕަށް އިތުރު އަނިޔާއެއް ނުލިބި، ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
Violence has no place in politics, and I strongly condemn all forms of violence everywhere. Our thoughts and best wishes are with former President @realDonaldTrump, his family, and others injured during the attack.
— Dr Mohamed Muizzu (@MMuizzu) July 14, 2024
އެކަމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ހަމަނުޖެހުންތަކަށް ޖާގައެއް ނޯންނާނެ ކަމަށާއި ކޮންމެ ތަނެއްގައި ވިޔަސް، ހަމަނުޖެހުން ހިންގުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ހެޔޮއެދުންތައް ވަނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެ މަނިކުފާނުގެ އާއިލާ އަދި ހަމަލާގައި ޒަހަމްވި މީހުންނަށް." ޕޯސްޓުގައިވެ އެވެ.
އެމެރިކާގެ ރަސްމީ އިދާރާތަކުން ބުނީ މި ހާދިސާ ތަހުގީގު ކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
5
14 July 2024
މީ ދެން ކޮންކަމެއް؟
ސަމާލުވޭ
14 July 2024
އެމެރިކާއަކީ ޓެރެރިސްޓް ހަމަލާތަށް ވަރަށްގިނަ ޤައުމަކަށްވާތީ ދުނިޔޭގެ ޤައުމުތަކުން އެމެރިކާއަށް ނުދިއުމަށް އެދެން.
މޫސާޅު
15 July 2024
އެހެންތޭ؟