މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު ޝައްމާން ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
14 ޖުލައި 2024 - 16:42
މިދިޔަ ނޮވެމްބަރު މަހު މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް، ގަވާއިދާ ޚިލާފަށް އުޅުނު 2،000 އަށް ވުރެން ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 2013 ބިދޭސީއަކު ވޭތުވެދިޔަ ހަތް މަސް ތެރޭގައި ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ރަށްރަށުން ސީރިއަސް މައްސަލަތަކަށް ތުހުމަތުކުރެވުނު ބިދޭސީން ވެސް ހިމެނޭ ކަމަށެވެ.
އިމިގްރޭޝަނުން މިހާރު އަންނަނީ، ގާނޫނުން މަނާކޮށްފައި ވަނިކޮށް ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ހިންގާ ބިދޭސީން ހުއްޓުވައި އެތަންތަން ބަންދުކުރަމުންނެވެ.
ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި މި ފަހުން ފެށި އޮޕަރޭޝަންގައި މިހާތަނަށް ވަނީ 120 މީހަކު އަތުލައިގެންފަ އެވެ. އެ މީހުން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގަ އެވެ.
ހުޅުމާލެ 1ގައި ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަންނަން ހިންގި ރެއިޑް އޮޕަރޭޝަންގައި އިމިގްރޭޝަން އޮފިސަރަކު، ބިދޭސީއަކު ހިންގާ ހަޓެއް ކައިރީގައި މަޑުކޮށްލައިގެން.---ފޮޓޯ: އިމިގްރޭޝަން
"އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. އެ ބިދޭސީން ފުރުވާލެވޭނީ ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
އެ އޮޕަރޭޝަންގައި މިހާތަނަށް ވަނީ މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ވެސް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެ ތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގަނެފަ އެވެ. އަދި ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުންނާއި މާލޭގައި ހިންގާ ހަށި ވިއްކާ ތަންތަނުން ވެސް ބިދޭސީން ވަނީ ހައްޔަރު ކޮށްފަ އެވެ. އިިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވިޔަފާރިތައް ބަލައި ގާނޫނީ އިމުގެ ތެރެއަށް ބިދޭސީން ފައްތާނެ އެވެ. އޮޕަރޭޝަނުގައި ބައެއް ތަންތަން ބެލުމަށް މިފަހަރު ހުއްޓާނުލާނެ ކަމަށް ވެސް އެތަނުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަރުދިޔަ އާރިފް
15 July 2024
ރިޓާރން ޓިކެޓް ދީފަ، ތިވިޔަސް ވާނީ މޑޕ ކުދިން ކޮޅަކަށް
ހީހީ ސުލީހް
15 July 2024
ސައްމާނުއަކީ ނަތީޖާ ނެރެދިން ވެރިއެއް
ފޫހި
15 July 2024
ފޫވެއޓިފަ އޮތް ބޯޑަރެއް އޮތް ގައުމެއްގަ ކޮންކަމެއ ރަނގަޅުވާނީ
ޓިކެޓް
15 July 2024
ޑީޕޯޓް ކުރާމީހާގެ ޓިކެޓް ގަންނަނީ ސަރުކާރުންބާ ނޫނީ އެމީހާ އަމިއްލަ އަށް ބާ
އަބްޑޫޅް +
15 July 2024
އޭ، މިހާރު "ޑިޕޯޓު ކޮށްލުމުގެ" ބަދަލުގަ، "ޑިޕޯޓު ކުރުމުގެ" ވާހަކަ ދޯ މި ދައްކަނީ؟ މީހާ މަތިންދާބޯޓުގެ ދޮރުމަތީ ބަހައްޓާފަ، އަޅާ އެތެރެޔްށް ކޮއްޕާލުމުގެ ބަދަލުގަ، ސިޑިން އެރުމަށް އެންގުމުން ފުދޭނެ ކަމުގަ ކަލޭމެން ގަބޫލުކުރީ ދޯ؟ ވަރަށް ގިނަދުވަހު މަލާމާތްކޮށްގެން ނަމަވެސް، ކަލޭމެންގެ ވިސްނުން އިސްލާހު ކުރެވޭތީ، އަހުރެން އުފައު ކުރަން.
ގުއިއްޒު
14 July 2024
2000 މީހުން ފޮނުވާލެވުނީ. ގެނައީ ކިތައް މީހުންކަން ބުނެދީބަލަ. ދެބޯގެރި ނުދުއްވާ ބޭކަލުންނޭވެ.
ގުޅެމާ
14 July 2024
އިމިގްރޭޝަނުން ތިކުޅޭ ޑްރާމާ ނޭގޭ ދިވެއްސެއްވެސް އަދި ބިދޭސީއެއްވެސް މިހާރަކު ނޫޅެ. 2000 މީހުން ބޭރުކުރިވާހަކަ ބުނާއިރު ތި މުއްދަތުގެތެރޭ އައިސް ނުގޮސް ފިލައިގެން މިތާތިބީ ކިތައް ބޭރު މީހުންކަން ހާމަކޮއްދީބަލަ. އަދި އި މިގްރޭޝަނާ ކޮންމެސް ބޮޑަަކާ ގުޅިގެން ކިތައް މީހުންނަށް ކޯޓާ ދިންވަރު ހާމަކޮއްލަބަލަ.
ކިންލީ
14 July 2024
މިރޭޓުން މިވެރިކަން ނިމޭއިރު ބޭރު ކުރެވޭނީ 17،000 މީހުން.
ލުގުމާން ޝަރީފް
14 July 2024
މި ސަރުކާރުން މީހުން އެތެރެކުރާ ރޭޓަށް ބަލާއިރު ދައުރު މިމޭއިރު 170000 (އެއްލައްކަހަތްދިހަ ހާހަށް) އަރާނެ.
ކާފަ
14 July 2024
7މަސް ތެރޭ, 2000 މީހުން ފޮނުވާލާފަ, 25,000 ހާސް މީހުން އެކި ފްތޮޖެކްޓް ނަމުގައި ގެނެސް ދޫކޮށްލީމަ, ހުންނާނީ ހައްލު ލިބިފަ
ސުކުރިއްޔާ
14 July 2024
ވ ރަނގަޅު. ދެން ތިޔަ މުއްދަތުގައި އެތެރެވި މީހުންގެ އަދަދުވެސް ޢާންމު ކޮށްދެއްވުން އެދެން.