މޯލްޑިވިއަންގެ ބޯޓެއް. މާލެއިން ޓްރިވެންޑްރަމަށް ހަފުތާއަކު ފަސް ދަތުރުކުރަން ވަނީ ނިންމާފައި.
16 ޖުލައި 2024 - 12:12
ގައުމީ އެއާލައިން، މޯލްޑިވިއަނުން އިންޑިއާގެ ޓްރެވިންޑްރަމަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ވެސް ރާއްޖެ އާއި ޓްރެވިންޑްރަމާ ދޭތެރޭ ދަތުރުތައް ބާއްވާނެ ކަމަށެވެ. މި ފްލައިޓާ އެކު މާލެ އާއި ޓްރެވިންޑްރަމާ ދެމެދު ހަފުތާއަކު ފަސް ދަތުރު ކުރާނެ އެވެ.
މާލެ އާއި ޓްރިވެންޑްރަމާ ދެމެދު މީގެ ކުރިން ދަތުރުކުރީ ހަތަރު ދުވަހެވެ. އެއީ ހޮނިހިރު، އާދިއްތަ، ބުދަ އަދި ބުރާސްފަތިދުވަހެވެ.
މީގެ އިތުރުން، ހަނިމާދޫ އެއާޕޯޓުން ކޮންމެ ހުކުރު ދުވަހަކާއި ހޯމަ ދުވަހަކު ޓްރިވެންޑްރަމަށް ދަތުރު ކުރެ އެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި ދަތުރުތައް އިތުރުކުރަން ނިންމީ ޓްރެވިންޑްރަމަށް އޮތް ޑިމާންޑު ބޮޑުވުމުގެ އިތުރަށް، ބޭނުން ވަގުތަކު ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
ޓްރެވިންޑްރަމަކީ ދިވެހިން ބޭސް ފަރުވާއަށް އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލެވެ.
މޯލްޑިވިއަނުން ޓްރެވިންޑްރަމްގެ ދަތުރުތައް ކުރަނީ ޑޭޝް 8 އެއާކްރާފްޓުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބޭބެ
16 July 2024
ހުސޭނުބޭބެ ވެސް ޑޭށް-8 ބޯޓަކު ދަތުރުކުރާކައް ބޭނުމެއް ނޫން. އަނެއްކާމިހާރުމިހިންގާ ހަރަދުކުޑަކުރުމުގެކަމެއްބާ ؟