17 ޖުލައި 2024 - 11:15
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް ކުޅިބަލާ މީހަކު ދަނޑަށް އަރައި ރެފްރީ އަށް ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، އެކަމުގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކުގައި ދައުރުވަމުން އަންނަ އެ ހަމަލާގެ ވީޑިއޯގައި ފެންނަނީ މާލެގަން ސްޕޯޓްސް ކްލަބާއި ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗު ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ދަނޑު ބޭރުން މީހަކު ދުވެފައި އައިސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރެވެ.
އޭރު ރެފްރީ ހުރީ ކުޅުންތެރިޔަކަށް އަނިޔާވުމުން ފަރުވާދޭތީ އެތަނުގައި މަޑުކޮށްލައިގެންނެވެ. ހަމަލާއާ އެކު ރެފްރީ ކަހާލައިގެން ގޮސް ޖެހުނީ އެތަނުގައި ހުރީ އެހެން ކުޅުންތެރިއެއްގެ ގައިގަ އެވެ. އެ ކުޅުންތެރިޔާ ބޮލަށް ތަދުވެ އަތްއަޅައިގެން އޮންނަ ތަން ފެނެ އެވެ.
ރެފްރީ އާއި އެ ކުޅުންތެރިޔާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ހަމަލައާ ގުޅިގެން މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށީ އެހެން ރެފްރީއެއް އަރުވައިގެންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ހިނގި ހާދިސާއާ ގުޅޭގޮތުން އެ ކައުންސިލުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މި މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ ދަޑިމަގާއި ހޯދަޑު ކުޅުނު މެޗުގައި ދަޑިމަގު ސަޕޯޓަރުން ދަނޑުގެ ޓާފް ހަލާކުކުރަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާލޭބޭފުޅު
18 July 2024
އާރު.ޓީ
އާރުޓީ
18 July 2024
އެންމެ ގިނައިން ތަޅާ، މާރާމާރި ހިންގާ، މީހުންނަށް ހަމަލާދީ، މީހުން ގަޔަށް ވަޅިޖަހާ މި ހަދަނީ އާރުޓީ މާލޭގަ.
އިހްސާސް
17 July 2024
އަދިވެސް ބޯޅަ މުބާރާތް ބާއްވާ.
ފެންފޯތް
17 July 2024
ޢެހެންވީމަ ފޯއްމުލަކުގަ ބާއްވަންވީ ފުޓުބޯޅަ މުބާރާތެއްނޫން ތަޅާ މުބާރާތެއްތާ މާ ތަޅާހިއްވާ ބަޔަކު އުޅޭރަށެއްތާ
ސަދޫމުސިޓީ
17 July 2024
މީދެން މިހާރު މިގައުމުގަ ވަރަށްއާންމު ކަމަކަށްވެއްޖެ ސަޕޯޓަރަކު މީހަކު ޒިންދަގީދުއްވާލިޔަސް ކުށަކަށްނުވޭ ކުރެވޯނެ ކަމެތްވެސްނޯވޭ މިގައުމުގަ ހުރިހާކަމެތްވެސް ހުންނަނީ މިހެން ކަނޑުގެ އުސޫލު ގޭންގަކަށް ނިސްބަތްވާ މީހަކު ކޮންމެ ޖަރީމާއެތް ހިންގިޔަސް ކުރެވޭނެ ކަމެތްނޯވޭ ގަދަމީގަކަށްގަދަގޮތް އިންނަނީ
ހޭބަލި ވަންދެން ތަޅާލަބަލަ
17 July 2024
މަރުހޫމާ ހާޖަރާ ބުނިހެން ހޭބަލިވަންދެން ތަޅާލަބަލަ ގެނެސް. އޭރުން އެނގޭނެ މީހުންގެ ގައިގަ ތަޅާ އަނިޔާ ކުރީމާ ވާ ތަދާއި ލިބޭ ވޭން. ސައިޒު އޮޅިގެންނޭ އުޅެނީ މި ފެންނުވަރާ ކަންމަތީ ހަކުރޭމެން. ރަނގަޅު ރެފްރީއަކާ ނުޖެހިގެން ތިޔަ އުޅެނީ.
އަޙްމަދު
17 July 2024
ތިވާނީ ކުރީ ސަރުކާރާ ހެދި ސަޕޯޓަރު ރުޅިއައިސް ގެން ކުރި ކަމަކަށް
ރާއްޖެތެރެ ސޮރު
17 July 2024
މިއޮއް ބޮޑު ޔޫރޯ ނިމިގެން ދިޔައީ، ދެކެ ދެކެވެސް މިވަރު ކަމެއް ނުދެކެން.
ޖަމޯ
17 July 2024
ޔޫރޯގަ ދަނޑަށް އެރި ދެތިން މެތުގަ. އެމީހުން ހުއްޓުވީ ކަމެއް ނުކުރެވެނީސް.
ރަބީމް
17 July 2024
މިފަދަ ކަންކަން ހުއްޓުވޭނީ ހަރުކަށި ހަދަބުދީގެން 1މަހަށް ޖަލައްލައިގެން ހައްލުނުވާނެ..ގްރޫޕްހަދާފަ މާރާމާރީ ހިންގާމީހުންވެސް ދިގު މުއްދަތަކަށް ޖަލައް ލާންޖެހޭ..
މުޑަހަންޖާ
17 July 2024
ކުރީސަރުކާރު ދުވަސްވަރު ފުވައްމުލަކު ޒުވާނުން ރެފުރީއާއި ދޭތެރޭ އިހާނެތިކޮށް ކަންކަން ކުރިތޯ ބަލާއިރު ސަރުކާރަށް ކުރަމުންއައި ތާއީދު އަނބުރާ ގެނައުންނޫންގޮތެއް އަހަރެމެނަކަށް ނެތް.
މާދަޑޮ
17 July 2024
ތީ ހަމަ ތިއަވަށި މީހުންގެ ވައްތަރޮ.