ރެނާޓަސް އެރައިޒްގައި ޕާފޯމްކުރަން ހަމަޖެހިފައިވާ ރެވިއޯ ބޭންޑުން ހުޅުމާލޭގައި އޮތް ޝޯއެއްގައި ޕާފޯމް ކުރަނީ. -- ފޮޓޯ: ރެވިއޯ ފޭސްބުކް
19 ޖުލައި 2024 - 05:44
ރާއްޖޭގެ މަޝްހޫރު ބޭންޑުތަކާ އެކު ބާއްވާ "ރެނާޓަސް އެރައިޒް" މިޔުޒިކް ޝޯ މިރޭ އޮންނާނެ އެވެ.
ސްކައިރޮކް، ރެވިއޯ، ޓްރެފިކް ޖޭމް އަދި 1438 ބޮޑުބެރު ގުރޫޕުން ޕާފޯމްކުރަން ހަމަޖެހިފައިވާ މި ޝޯ އަކީ ކޮންސްޓްރަކްޝަން ކުންފުނި "ރެނާޓަސް"އިން ބާއްވާ ޝޯ އެކެވެ.
"ތިންކް" އިން އިންތިޒާމްކޮށް މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ މި ޝޯ އަށް ހިލޭ ވަދެވޭނެ އެވެ.
ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓު ކޮމްޕްލެކްސްތައް ހަދާފައިވާ "ރެނާޓަސް"އިން މިރޭ ބާއްވާ ޝޯގައި ކުންފުނީގެ އާ ޕްރޮޖެކްޓު އިއުލާނުކުރާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy