ބަންގްލާދޭޝްގައި މުޒާހަރާ ކޮންޓްރޯލްކުރަން ފުލުހުން މަސައްކަތްކުރަނީ: މި މުޒާހަރާޔަށް ތާއީދުކޮށް ޔޫއޭއީގައި މުޒާހަރާކުރި ބަންގްލާދޭޝް މީހުން ވަނީ ދިގު މުއްދަތަށް ޖަލަށް ލާފައި. -- ފޮޓޯ: އޭއެފްޕީ
23 ޖުލައި 2024 - 07:26
މުޒާހަރާކުރުން މަނާ ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި މުޒާހަރާކުރި ބަންގްލާދޭޝްގެ 57 މީހަކު ދިގު މުއްދަތަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާ ކަމަށް ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.
ބަންގްލާދޭޝްގައި ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި ގެންގުޅޭ އުސޫލާ ދެކޮޅަށް ފެށި އަދި މިހާތަނަށް 160 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ މުޒާހަރާތަކަށް ތާއީދުކޮށް ޔޫއޭއީގައި މުޒާހަރާކުރި މީހުންގެ ތެރެއިން ތިން މީހަކު ވަނީ އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
މުޒާހަރާކުރި ބަންގްލާދޭޝްގެ މަސައްކަތްތެރިންގެ ތެރެއިން 53 މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރި އިރު ދެން ތިބި މީހުންގެ މައްޗަށް އެއް އަހަރާއި 11 އަހަރާ ދެމެދުގެ ޖަލު ހުކުމް ވަނީ އިއްވައިފަ އެވެ.
"ދައުވާ ލިބުނު މީހުން ވަނީ ޔޫއޭއީގެ އެކި މަގުތަކަށް އެއްވެ ހުކުރު ދުވަހު ހަމަނުޖެހުން ހިންގާފައި،" ދައުލަތުގެ މީޑިއާއިން ބުންޏެވެ.
އެމިރޭޓްސް ނިއުސް އެޖެންސީން ބުނީ ހުކުމުގެ މުއްދަތު ހަމަވުމުން އެ އެންމެން ވެސް އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާ މީހުންނަށް ފަހު ޔޫއޭއީގައި ތިންވަނައަށް އެންމެ ބޮޑު ބިދޭސީ އާބާދީއެއް އޮންނަނީ ބަންގްލަދޭޝް މީހުންގެ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފދރެސވ
23 July 2024
ޔޫޢޭއީ އަކީ ވެސް ބިދޭސީންގެ މައްސަލަ ބޮޑު ތަނެއް. އެކަމަކު ގައުމުގެ ކަންކަމުގެ ތެރެއަށްވަދެ ގައުމުގެ އަމާންކަން ނަގާލަން އެމީހުން ފުރުސަތެއްނުދޭ. މިއީ ގާނޫނު ހިންގުމަކީ. މި ގައުމުގަ ބަންގާޅިން ނުކުމެ ހުޅުމާލޭގަ ދިވެހި ފުލުހުންނާ ދިމާއަށް އޮއްގާ އުކީމަވެސް ވީކަމެއްހަރާން!. ދިވެހިންނަށްވުރެ ދިވެހި ބިމަށް ބަންގާޅިން ގަދަ މިހާރު
ސީޢީ
24 July 2024
ސަތޭކައިގެ ނިންމުމެއް