ވިޖޭ ސެތުޕަތީގެ ފިލްމު "މަހަރާޖާ"ގެ ޕޯސްޓަރެއް.
23 ޖުލައި 2024 - 06:40
ދެކުނު އިންޑިއާގެ ސިނަމާގައި މަޝްހޫރު އެކްޓަރު ވިޖޭ ސެތުޕަތީގެ ފިލްމު "މަހަރާޖާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.
ތަމަޅަ ފިލްމު "މަހަރާޖާ" އަކީ އެކްޝަން ތުރިލާއެކެވެ. މި ފިލްމުގައި ދައްކަނީ ގެއަކުން ޑަސްބިނެއް ވަގަށް ގެންދިއުމުން އެ ވަގަށް ގެންދިޔަ މީހުން ހޯދަން ގޭގެ ވެރިމީހާ (ވިޖޭ) ކުރާ ކަންކަމެވެ. އެ ޑަސްބިން ހޯދުމުގެ ތެރޭގައި އެނގެނީ ޑަސްބިނެއް ވަގަށް ގެންދިއުމަށް ވުރެ އަދި މާ ބޮޑު ކަންތައްގަނޑެއް ހިނގާފައިވާ ކަމެވެ.
މިދިޔަ މަހު 14 ގައި ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމު މިދިޔަ ހަފުތާއިން ފެށިގެން އަންނަނީ ނެޓްފްލިކްސްގައި ސްޓްރީމްކުރަމުންނެވެ. ވަރަށް ގިނަ ގައުމުތަކުގައި ނެޓްފްލިކްސްގެ ހަފުތާ ޗާޓުގެ ކުރީގައި މި ފިލްމު ވަނީ ހިމެނިފަ އެވެ.
މި ފިލްމަށް ވަނީ ކްރިޓްސްގެ ފަރާތުން ޖުމްލަކޮށް ލިބިފައި ވަނީ ޕޮޒިޓިވް ރިވިއުތަކެވެ.
އެންމެ 20 ކްރޯޑް ރުޕީސް (36 މިލިއަން ރުފިޔާ)ގެ ކުޑަ ބަޖެޓަކުން ހެދި މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި 37 ދުވަހުގެ ތެރޭގައި 110 ކްރޯޑް ރުޕީސް (202 މިލިއަން ރުފިޔާ) ލިބިފަ އެވެ.
ތަމަޅަ ފިލްމު ޑައިރެކްޓަރު ނިތިލާން ސްވާމިނަތަން ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ މުހިންމު ރޯލުތައް ކުޅެފައި ވަނީ ވިޖޭގެ އިތުރުން އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު އަނޫރާޖް ކަޝްޔަޕް އާއި ސަޗަނާ ނަމީދާސް އާއި މަމްތާ މޮހަންދާސް އާއި ނަތަރަޖަން ސުބްރަމަނިއަމް އަދި އަބިރާމީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބަލްދީބް
23 July 2024
މިހާތަނަށް ނެޓްފްލިކްސް އިން ބެލި ތްރިލާ ފިލްމުތަކުން މީ ހަމަ އެއްވަނަ.
އަލިހާޖީ
23 July 2024
ލައްބަ. ވަރަށް ފައްކާ ފިލްމެއްތި. ނެޓްފްލިކްސް އިން ބަލައިލިން.