ތުރުކީގެ މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެގެން ހަދަން އުޅޭ ގާނޫނާ ދެކޮޅަށް އިހުތިޖާޖު ކުރަނީ. --ފޮޓޯ: އޭއެފްޕީ
29 ޖުލައި 2024 - 09:26
ތުރުކީގެ މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، އެކަން ހައްލު ކުރުމަށް ގާނޫނެއް ފާސްކުރުމަށްޓަކައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ބަހުސް ފަށަން ތައްޔާރު ވެއްޖެ އެވެ.
ތުރުކީގެ ސަރުކާރުން އަންދާޒާކުރާ ގޮތުގައި، މަގުމަތީގައި އުޅޭ ކުއްތާތަކުގެ އަދަދު ހަތަރު މިލިއަނަށް އަރަ އެވެ.
މި މައްސަލަ ހައްލު ކުރަން ހުށަހަޅާފައިވާ ގާނޫނުގައި، ބަލިޖެހިފައިވާ ކުއްތާތައް މަރަން ޖާގަ ލިބެ އެވެ. އެހެންކަމުން، ޖަނަވާރުންގެ ހައްގުގައި ވަކާލާތުކުރާ ޖަމިއްޔާތަކުން މިހާރު ވަނީ އެ ގާނޫނާ ދެކޮޅަށް ތެދުވެފަ އެވެ.
އެ އާ ގާނޫނުގައި، މަގުމައްޗަށް ކުއްތާ ދޫކޮށްލައިފި ނަމަ ކުރާ ޖޫރިމަނާ 30 ގުނަ ބޮޑުކޮށް 1،800 ޑޮލަރަށް ހަދަން ވަނީ ހިމަނައިފަ އެވެ.
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވީ، މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، ތަހުޒީބު ގައުމުތަކަށް ކުރިމަތި ނުވާ ފަދަ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަލަނާސި
30 July 2024
ރާއްޖޭގައިވެސް ތިމައްސަލަ ވަރަށްބޮޑު.
އަހުމަދު އަތީގު
29 July 2024
ތުރުކީ އަކީ މުސްލިމު ގައުމެއް ނޫން ތަ. ހުންނަން ޖެހޭނީ ބުޅާ
ބުޅާ ފާތުމަ
29 July 2024
މާލޭގައި ބުޅާ ގިނަވެގެން އަދި ގާނޫނު ހަދަން ޖެހޭ ހިސާބަށް ދާނެ މަގުމަތީގައި އުޅޭ ބުޅާ ތަކަށް ކާންދޭ މީހުންގެ ޒިންމާ ނިމުނީ ބިން މައްޗަށް ކެޓްފުޑް އެޅީމަ، ދެން ނުކެވި ހުންނަ ބައި މުޅި މަގަށް ގިނަވިޔަސް ހެޔޮ ބުޅާ ގިނަވެ، އެސޮރުމެން މަގުތަކަށް ބޮޑުކަމުގޮސް ނަޖިސްކޮށް ހަދާއިރުވެސް ކުވޭނެ ކަމެއް ނެތް ބުޅާ އަދި ޖަނަވާރުތަކަށް ހެޔޮކޮށް ހިތުމާ ދެކޮޅީކީނޫން، އެކަމަކު ކޮންމެސް ކަހަލަ ހަރުދަނާ އުޞޫލެއް އޮންނަން ޖެހޭ
އަފްރާސިޔާބު
29 July 2024
ތުރުކީ ވިލާތުގެ މަގުމަތީގައި ކުއްތާތައްގިނަވެ އެބައި މީހުން އުޅޭނެ ގާނޫނެއް ހަދަން އެއްވުމެއް ބާއްވަން ނިންމައިފި. އެގާނޫނުގައިވާ ގޮތުން ކުއްތާތަކަށް އެބައި މީހުންގެ ވެރިއަކު ހޮވުމުގެ ފުރުސަތާއި ކެނބިނެޓް އެކުލަވާލާނެ ގޮތާއި އެކި ސަރަހައްދުތަކުތަކުގައި ވޯޓްލާނެ ގޮތާއި އެއްވެ އުޅޭނެ ތަންތަނާއި މީހުންގެ އަދަދު ބަޔާން ކުރައްވާފައިވޭ. އެމީހުންގެ ގެތަށް ހުންނާނެ ފެންވަރާއި ޕުއްޕުލާނޭ އުސޫލުތަކައި ކެއުން ބަހައްޓަން ޖެހޭނެ ތަންތަންވެސް ހިމަނާފައިވޭ.
ނުވިސްނުނު
30 July 2024
ކުއްތާތައް ކުއްލިއަކަށް މީހުންނަށް ބަދަލުވާން ޖެހުނު ސަބަބެއް ނުވިސްނުނު.
ފީނޭ
29 July 2024
ތިޔަ އެއްޗެތި ހަވާލުކުރަމާ ކަންބޮޑުވެގެން އެ އުޅޭ ޖަމާއަތްތަކާ، ހުރިވަރު ބަލާލަން. ކަމެއް ނުކޮށް އަނގަ ގަދަކުރަން އުޅޭ ބައެއް ބައެއް ޖަމިއްޔާތަކަކީ
ސޭބޫ
29 July 2024
އިރިދޫޣާނަށް ވިސްނޭ.
ކަބަނޑޫ
29 July 2024
ކުއްތާ އަކީ ޗައިނާގެ ވަރަށް އަގޫބޮޑު ކާނާއެއް.
އިސްމާލި
29 July 2024
ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުގާން ވިދާޅުވީ، މަގުމަތީގައި އުޅޭ ކުއްތާތައް ގިނަވެ، ތަހުޒީބު ގައުމުތަކަށް ކުރިމަތި ނުވާ ފަދަ ބޮޑު މައްސަލައެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ. މިތަނުގައި އޮތީ ބުޅަލުގެ މައްސަލަ.