މެލޭޝިއާގެ ގައުމީ އެއާލައިނުން ރާއްޖެއަށް ޖެއްސި ފުރަތަމަ ފްލައިޓާއި އެކު އެ އެއާލައިނާއި އެމްއޭސީއެލްގެ ބައެއް އިސްވެރިން. -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 އޯގަސްޓް 2024 - 14:21
މެލޭޝިއާގެ ގައުމީ އެއާލައިން، މެލޭޝިއާ އެއަލައިންސުން ރާއްޖެއަށް ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.
މެލޭޝިއަން އެއާލައިނުގެ ފްލައިޓަށް ވޯޓާ ސެލިއުޓް ދެނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މެލޭޝިއަން އެއާލައިނުގެ ފުރަތަމަ ދަތުރު ކުރި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު މެންދުރެވެ. ދަތުރުތައް ފެށުން ފާހަގަކުރަން މި ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
މި ފްލައިޓުން ރާއްޖެއަށް ދަތުރު ކުރި 168 ފަސިންޖަރުންނަށް ސަގާފީ ކުޅިވަރާ އެކު ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.
މެލޭޝިއާ އެއާލައިނުން ރާއްޖެ އައި ފަސިންޖަރަކަށް މަރުހަބާ ކިޔަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
މި އެއާލައިނުން ހަފުތާގެ ހުރިހާ ދުވަހެއްގައި ވެސް ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ދަތުރުތައް ކުރާނެ އެވެ. މި ދަތުރުތައް ކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފްލައިޓުންނެވެ.
މެލޭޝިއާ އެއާލައިންސުން ރާއްޖެ އަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy