މޯލްޑިވްސް މީޑިއާގެ ބައްދަލުވުމެއްގައި އެ ކައުންސިލުގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.
01 އޯގަސްޓް 2024 - 20:42
އިޖުތިމާއީ މިންގަނޑާ ހިލާފު ގިނަ ކޮންޓެންޓުތަކެއް ޝާއިއު ކުރަމުން ގެންދިޔަ "ދެންމެ" ވެބްސައިޓު ބްލޮކް ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަންގައިފި އެވެ.
ރާއްޖޭގެ އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަތަކާއި އަންހެނުންނަށް ކުޑައިމީސް އަދި ހަޑިހުތުރު ބަހުން އެކި ހަބަރުތައް ގެނެސްދެމުން ދާތީ އެ ވެބްސައިޓުގެ މައްސަލަ ބަލަން ފެށީ މީޑިއާ ކައުންސިލުން އިސް ނަގައިގެންނެވެ.
އެ ކައުންސިލްގެ ޝަކުވާ ކޮމިޓީން މި މައްސަލަ ބެލުމަށް ފަހު ނެރުނު ރިޕޯޓުގައިވާ ގޮތުން އެ ވެބްސައިޓަކީ ރާއްޖޭގެ އެއްވެސް ތަނެއްގައި ރެޖިސްޓްރީ ކޮށްގެން ހިންގާ ވެބްސައިޓެއް ނޫން ކަން 2023 ވަނަ އަހަރު އެ މައްސަލަ ބެލުމުން ވެސް އެނގުނު ކަމަށެވެ.
އޭރު ވެސް އެ ވެބްސައިޓާ ގުޅޭ މައުލޫމާތު ހޯދުމަށް އިއުލާނުކޮށްފައިވާނެ ކަމަށާއި އޭގެ ފަހުން ދުވަސްކޮޅަކަށް އެފަދަ ކޮންޓެންޓުތައް މެދުކެނޑުމަށް ފަހު އަލުން ފެށުނު ކަމަށް ރިޕޯޓުގައިވެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެ ވެބްސައިޓުން ގެންދަނީ ކޮންމެ ދުވަހަކު ވެސް އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު މަދުވެގެން އެއް ލިޔުން ޝާއިއު ކުރަމުންނެވެ. އަދި އާންމު ހަބަރު ގެނެސްދިނުމުގައި ވެސް ބަދު އަހުލާގީ ހަޑިހުތުރު ބަސް ބޭނުންކޮށް އެކި މީހުންގެ އަބުރަށް އަރައިގަންނަމުން ދިޔަ ކަން ކޮމިޝަނުން ބެލި ބެލުމުން ފާހަގަވި ކަމަށް އެމްއެމްސީން ބުންޏެވެ.
އެމްއެމްސީން ބުނީ މިފަދަ ލިޔުންތައް އާންމުންގެ މެދުގައި ވަރަށް ބޮޑަށް ދައުރުވެ، ވައިރަލް ވެފައިވާ ކަމަށާއި ސޯޝަލް މީޑިއާ އިންޓަރެކްޝަންސްތަކުގެ އަދަދު ވެސް ގިނަ ކަމަށެވެ.
އެ ވެބްސައިޓުން ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑާ ތަކުރާރުކޮށް ފާޅުކަން ބޮޑުގޮތެއްގައި ހިލާފުވެފައިވާ ކަން ފާހަގަކޮށް ވެބްސައިޓު ބަންދުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް އެންގުމަށް އެމްއެމްސީން ވަނީ ފާސްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުއްތަމަ އުސްތާޛް
04 August 2024
ދޮގު ހެދުމުގެ ނުބައިކަމާއި އެއީ މުއުމިނެއްގެ ގައިގައި ހުރެގެން ވާނޭ ސިފައެއް ނޫނެވެ. ތެދުވެރިވުމުގެ މާތްކަމާއި، މަތިވެރިކަމާ ހިޔާނާތްތެރިކަމުގެ ނުބައިކަމާ އަމާނާތްތައް އޭގެ އަހުލުވެރިންނާ ހަވާލުކުރުމުގެ މުހިއްމުކަމާ، ގިޔާމަތުގެ އަލާމާތުގެ ތެރޭގައި އަމާނާތް އޭގެ އަހުލުވެރިން ނޫން މީހުންނާ ހަވާލުކުރެވިގެން ދިޔުން ހިމަނުއްވާފައިވެއެވެ. ވައުދާއި އަހުދަށް ވަފާތެރިވުމުގެ މަތިވެރިކަމާއި އެސިފަތައް ދަމަހައްޓައި އަދުލުވެރިވުމަށް އަމުރުކުރައްވާފައި ވެއެވެ.
ާމޮހޯ
02 August 2024
ހައްދުފަހަނަ އެޅި "*ޔަވަރު" ނޫހުން ކަނޑއެޅިގެން އެނގިހުރެ ބުހުތާނު ދޮގު ފެތުރުމުން އިޖުތިމާއީ މިންގަނޑާ ޚިިލާފެއްނުވޭތަ؟؟؟
ޢާފް
02 August 2024
ޢަޚްލާގީ، ދީނީ މިންގަޑާ ޙިލާފްވެ ކަޑައެޅިގެން ދީނުގެ ނަމުގައި ބުހުތާން ދޮގު ލިޔަނީ ތިޔަ ވެބްސައިޓްއިން. ޤުރުެާނާއި ޙަދީސް އޭ ލިޔެފަ ހިތައްއެރި އެއްޗެއް ލިޔަނީ..
އަލިހާޖީ
02 August 2024
މި ގައުމުގެ ހެދިފަ އޮންނަ މުއައްސަސާއެއްގެ އަމިއްލަ ޒިންމާއެއް ނޯވޭ. ބަޔަކު އަބަދުވެސް ޖެހެނީ މި މީހުނަށް ސިޓީ ފޮނުވާ ދަންނަވަން. އޭރުން ފެންނަނީ. ތި ކަހަލަ ކިތަށް ސައިޓު އެބަ ހިންގާތޯ؟ ސިޔާސީ ގޮތުން ޙިޔާލު ތަފާތު ލިޔުން ލިޔުމުގެ ނަމުގަ ބޭ އަދަބީ ބަހުން ލިޔަނީ. ހިތަށް އެރި މީހެއްގެ އަބުރަށް އަރަނީ. އެއީ މިނިވަން ކަމަށް ވުރެ ބޮޑަށް މުޖުތަމައާ ނުގެޅޭ ލިޔުން. ސިޔާސީ ގޮތުން ޙިޔާލު ތަފާތަށް ބަހުރުވަ ރީތި ކޮށް ނުލިޔެވެންވީ ސަބަބެއް ނެތް.
ހުސޭނުގޯތިފާތުމަ
02 August 2024
އަދިވެސް ބްލޮކް ނުކުރޭ. ހަމަ ގައްޑާވެފަ އަދިވެސް ފާޑު ފާޑު އެއްޗެހި ލިޔޭ
ޢެބޭ
01 August 2024
ފަރުވާތެރިކަމާއެކުތިކުރައްވާ ބުރަމަސައްކަތައް. ސުކުރިއްޔާ