ޚަބަރު / ރައްޔިތުންގެ މަޖިލިސް

ބަހުސް ކުރާނެ މެންބަރަކު ނުވެގެން މަޖިލިހުގެ މިއަދުގެ ޖަލްސާ ކުރުކޮށްލައިފި

05 އޯގަސްޓް 2024 - 09:47

14 comments

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާނެ އެއްވެސް މެމްބަރަކު ނުވެގެން ޖަލްސާ ކުރުކޮށްލައިފި އެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ އޮތީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ސުވާލު ކުރެއްވުމެވެ. ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެ ސުވާލު ހުށަހެޅުއްވި ނަމަވެސް އާއިލީ ކަމަކާ ގުޅިގެން މިނިސްޓަރު ހައިދަރަށް މިއަދުގެ ޖަލްސާ އަށް ވަޑައިނުގެންނެވުމުން އެ މައްސަލަ އެހެން ދުވަހެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.

އެޖެންޑާގައި ދެ ވަނަ އަށް އޮތީ މާލިއްޔަތު ކޮމިޓީން ދިރާސާކުރި ދެ އޮޑިޓް ރިޕޯޓެއް ތަޅުމަށް ހުށަހެޅުމާއި ބަހުސް ކުރުމެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް ފުރަތަމަ ތަޅުމަށް ހުށަހެޅުއްވީ ކޮމިއުނިކޭޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެ ރިޕޯޓަށް ބަހުސް ކުރުމަށް އެއް ގަޑިއިރު ކަނޑައަޅާފައިވާ ކަމަށާއި ބަހުސް ކުރައްވަން ބޭނުންވާ މެމްބަރުން ފުރުސަތަކަށް އެދިވަޑައިގަތުމަށް ރިޔާސަތުން ހުޅުވައިލުމުން އެއްވެސް ބޭފުޅަކު އެ ފުރުސަތުގެ ބޭނުމެއް ނުކުރެއްވި އެވެ.

އެޖެންޑާގެ ތިން ވަނަ މައްސަލަ އަށް ރިޔާސަތުން އިއުލާން ކުރެއްވުމުން ގާސިމް ދެން ހުށަހެޅުއްވީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓެވެ.

އެ މައްސަލަ އަށް ވެސް ބަހުސް ކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގަންނަވަ އެވެ.

ދެ މައްސަލަ އަށް ވެސް ބަހުސް ކުރައްވާނެ މެންބަރަކު ނުވި ނަމަވެސް ޖަލްސާ އަށް 50 މެންބަރުން ހާޒިރުވެވަޑައިގެން ތިއްބެވެ. ސަލާމުގައި ތިއްބެވީ ދެ މެންބަރެކެވެ.

ރިޔާސަތުން ދެން ނިންމެވީ މި ވަގުތަށް ޖަލްސާ މެދުކަނޑާލުމަށެވެ.

އާންމު ގޮތެއްގައި މެންދުރު 1:30 ގައި ވޯޓަށް އެހުން އޮތް ނަމަވެސް މިއަދު އެ ދެ ރިޕޯޓަށް ވޯޓަށް އެހުން އޮންނާނީ ހެނދުނު 11:00 ގައި ކަމަށް ވެސް އަބްދުއްރަހީމް އިއުލާން ކުރެއްވި އެވެ.

14 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާރަށު ދާއިރާ

05 August 2024

ބާރަށު ދާއިރާގެ މައިކު މިއަދު އޮން ނުވަނީތޯ ބަހުސް ނުކުރީ!

The name is already taken The name is available. Register?

ގުއިއްޒު

05 August 2024

މިވަރުގެ މަޖިލީހެއް އަދިކިރިޔާ މިލިބުނީ

The name is already taken The name is available. Register?

ކޮމެންޓޭ1

05 August 2024

2016 ގެ ވާހަަކަދައްކަން މިހާރު ލަސް އޯޑިޓު އަވަސް ކުރަންޖެހޭ

The name is already taken The name is available. Register?

ޕޫޖާ

05 August 2024

ކޮބާ އައްޑޫ މީދޫ މެމްބަރު. މިނިވަން މެމްބަރު ވެސް ހަނު ހުންނާތީ ކަޑަ. ސަރުކާރުގެ ވަޒީރުންނާއި އެކީ ފޮޓޯ ނެގުނީމާ ނިމުނީ ކަމަށް ތަ ހީކުރީ. ބަލަ ރޮޒޭނާމެން ކަން ކުރި ގޮތަކަަށް ކަންކަން ނުވާތީ ރައްޔިތުން ތިބީ މާޔޫސް ވެފަައި. ބޮޑު މުސާރަ ނަގައިގެން މިހާރު މަނިކުފާނު ވެސް ޖީބު ފުރިމުގައި.

The name is already taken The name is available. Register?

ހައްޖަ.

05 August 2024

ބޮޱު މުސާރަ ކައިގެން އަވައްގޮސް އެދަށް އަރާ ނިދާ.މީވާ މަޖްލިސް އެއް.

The name is already taken The name is available. Register?

ކަޓޭ

05 August 2024

ފޯނު ސިމްކާޑުން ވައްކަންކޮށްގެން އެކައުންޓުގައި ހުންނަ ރުފިޔާކޮޅު ވަގަށް ގެންދާއިރު ވައްކަންކުރި ސިމް ބުލޮކްކުރުމާއި އެކަން ހުއްޓުވަން ކޮމިއުނިކޭޝަން އޮތޯރިޓީގެ 2016-2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަައި އެކަމަށް ކުރި ހޭދައެއް ކުރިކަމެއް ފާހަގައެއް ނުވި. އިދޮކޮޅޭ ގޮވާ މެމްބަރުންނަކީ ވެސް އެވެރިކަމުގައި އެކަން ހުއްޓުވަން އުޅުނު ބައެއް ނޫން. ޥ ސަލާމް

The name is already taken The name is available. Register?

އިސްމާލި

05 August 2024

ޕަކާސް. މަބޮޑޭ ވެފައި މަޖިލިހަށް ބޯކޮއްޕާލައިފައި ބަލާލި އިރު އޮއްޓަރުހުރި ވާހަކައެއް ދައްކައި އިލްމީގޮތުން އެއްޗެއް ބުނެލާނެ ތެތްކަމެއް ސިކުނޑީގައި ނެތުމުން ބުނާނެ އެއްޗެއް ނެތި، ބުނާނެ މީހަކު ނުވެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ޙެހެހެހެހެ

05 August 2024

ބޮލުގައި ތެތްކަމެއް ނެތް ބަޔަކު ހޮވައިގެން ތިޔަފަދަ ތެތްކަން ބޮޑެތި ރައްޔަތުންތާއެވެ ... އ.ހ

The name is already taken The name is available. Register?

ުފޔރފޔރފ

05 August 2024

ގުޅުންހުރި ދާއިރާޔަކުން ޑިޕްލޮމާއެއް ވެސް ނެތް މީހުން ހޮވާފަ ތިބެނީ ބަހުސް ކުރަން

The name is already taken The name is available. Register?

މަޖިލިސްގެ ޒިންމާ

05 August 2024

ވަރަށް ވެސް ޒިންމާދާރު ކަން ކުޑަ މަޖިލީހެއް. ދަޢްލަތުގެ މުއައްސަސާ ތަކުގެ އޮޑިޓް ރިޕޯޓަށް ބަހުސް ކޮށްލެވޭ ފެންވަރު ހުރި އިއްޒަތްތެރި .. މިަދު ހާޟިރުވި 50 މީހުންގެ ތެރޭގައިވެސް ނެތުމަކީ ރައްޔިތުން މިކަމާ ވަރަށް ފުން ކޮށް ވިސްނަން ޖެހޭ ކަމެއް.

The name is already taken The name is available. Register?

ސަދަން

05 August 2024

ކޮބާ ހީވޭ ވަރަށް ތަފާތެއްނު މި މަޖްލިސް. ކޮންމެ ބަޔަކުވެސް މަޖްލިސް ހޯދަން ވެގެން ފޮނި ވާހަކަ ދައްކާނެ. އެކަމަކު ކުރަނީ އެއް ކަމެއް. މަޖްލިސް މެންބަރުންނަށް މަޖްލިސް މުސާރައިން ބޭރުން ލިބޭ ކަމަށް ބުނާ މުސާރައިގެ ހަގީގަތެއް ހޯދަ ދިނުމަށް މިހާރު ނޫހުން މަސައްކަތް ކޮށްދިނުން އެދެން.

The name is already taken The name is available. Register?

ފޫހި

05 August 2024

މަޖުލިސް އުވާލާ ރައްޔިތުންގެ ލާރި އިސްރާފުނުކޮށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454