ފެނަކަ އިންޖީނުގެއެއް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
07 އޯގަސްޓް 2024 - 15:37
ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް ހާއްސަކޮށްގެން ފެނަކައިން ވަޒީފާ ދީފައިވާ ކޮންޓްރެކްޓު މުވައްޒަފުން މި މަހުން ފެށިގެން ދޫކޮށްލަން ނިންމައިފި އެވެ.
ފެނަކައިން މިދިޔަ ޑިސެމްބަރު މަހު ވަނީ، ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރާނެ ކަން އަންގައިފަ އެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
ފެނަކައިގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޖީނުގެ އާއި އޮފީސް އިމާރާތްތައް ހަދަން 731 މުވައްޒަފުން ނަގާފައިވާ ކަމަށެވެ. ނޮވެމްބަރު 17، 2023 ގައި އާ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ މަޝްރޫއުތައް ހުއްޓިފައި އޮތަސް، އެ މުވައްޒަފުންނަށް ބަރާބަރަށް ފައިސާ ދެމުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން ބުނި ގޮތުގައި، ކޮންޓްރެކްޓް ސްޓާފުންގެ މުސާރައަށް މަހަކު 7-9 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހެ އެވެ.
ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، މިއީ ކުރެވޭނެ ވަރުގެ ހޭދައަކަށް ނުވާތީ މި މަހުން ފެށިގެން އެ މުވައްޒަފުން ދޫކޮށްލަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓާފުން ރެކްރޫޓުކޮށްގެން މިކޮޅުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، މިސާލަކަށް ބުނަންޏާ، މުސާރައާ އިނާޔަތްތަކާއި ކުންފުނިން ދޭންޖެހޭ އެހެން ބެނެފިޓްތަކާ. އޭގެ ބަދަލުގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މިކަން ކޮށްފިއްޔާ މާ ފައިދާ ބޮޑޭ.-- އޮފިޝަލް ވިދާޅުވި އެވެ.
ފެނަކައިން ނިންމާފައިވަނީ، ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް މުވައްޒަފުން ނެގުމުގެ ބަދަލުގައި އެ މަސައްކަތްތަކަށް ބަޔަކު ހޯދައިގެން ކުރާށެވެ. ބައެއް ޕްރޮޖެކްޓުތައް ހިންގާނެ ބަޔަކު ހޯދަން މިއަދު އިއުލާންކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގަައި ޕްރޮޖޮކްޓުތައް ހިންގަނީ ނިންމާނެ ތާރީހާއި ބަޖެޓެއް ހަދައިގެންނެވެ. އެކަމަކު، ފައިސާ ނެތުމުން އެ ގޮތަށް މުވައްޒަފުން ނެގުން ހުއްޓާލީ ކަމަށް ވިދާޅުވި އެވެ.
"ސްޓާފުން ރެކްރޫޓުކޮށްގެން މިކޮޅުން ހުރިހާ ހަރަދެއް ކުރާ ގޮތަށް، މިސާލަކަށް ބުނަންޏާ، މުސާރައާ އިނާޔަތްތަކާއި ކުންފުނިން ދޭންޖެހޭ އެހެން ބެނެފިޓްތަކާ. އޭގެ ބަދަލުގައި ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން މިކަން ކޮށްފިއްޔާ މާ ފައިދާ ބޮޑޭ." އޮފިޝަލް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގެ ކުރިން 99 ޕަސެންޓް ޕްރޮޖެކްޓްތައް ހުރީ ހުއްޓިފައި. އަޅުގަނޑުމެން ކުރި ކަމަކީ އެ ޕްރޮޖެކްޓުތައް އަލުން ފެއްޓުމަށްޓަކައި ގެންނަންޖެހޭ ބަދަލުތަކެއް މި ގެނައީ. ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓުތަކުގެ ސްޓާފުން ދޫކޮށްލަނީ."
ފެނަކައިން ބުނީ މަޝްރޫއުތައް ހިންގަން ބޭނުންވާ ވަސީލަތްތައް އެ ކުންފުނީގައި ނެތް ކަމަށެވެ. އެހެންވެ، މަޝްރޫއުތައް ކުރިއަށްގެންދިޔައީ މެޝިންތައް ކުއްޔަށް ނަގައިގެންނެވެ. އެކަމަކު، އެ ސާމާނުގެ ކުއްޔަށް ފައިސާ ނުދީގެން ބައެއް ކުންފުނިތަކުން މުޒާހަރާ ވެސް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާރުނޫސް ކަޑަވެއްޖެ.
08 August 2024
ސަރުކާރަށް ރަނގަޅަށް ފާޑުކިޔާފަ ކޮމެންޓެއްކޮށްފިއްޔާ ޕަބްލިޝްކުރާކަށް ނުކެރޭ އެއީ ހަމަ ޙާއްޤުގެ ތެދުވިޔަސް. ތީތި ކަޑަ. އެންމެ ކަޑަ ނޫސްތަކުގެ ދަރަޖައަށް ތިމީހުން ތި ދިޔައީ. ހީވަނީ ސަރުހާރުން ދޭ ކޮންމެސް އެއްޗެއް ނުލިބިދާނެކަމަށްހެން.
ކިއްލާ2222
08 August 2024
ތި މީހުން ކުރާ ކަމެއް ނެތް! ފިންގަރ ޖަހާފަ ގެގަ ތިބެނީ
ބޭބެ5
08 August 2024
ސަރުކާރުން އެތަކެއް ބޭކާރު ޚަރަދެއްކޮށްފަ އައިއްސަ ރަށްރަށުގަ މެންބަރު މި ބުނަނީ އެމްޑީޕީ އިން އޮތީ ހުސްކޮށްލާފައޭ ސަރުކާރު. ބަލަ މިމީހުން ހޯދަންވީނު. ނެތޭ އެކައްޗެއްވެސް ހޯދިފައެއް އަދިވެސް. ދެން ސަރުކާރު ބަންދުކުރަންވީނޫންތޯ ދެތިންމަހަށް. އޭރުން ހިންގުމުގެ ޚަރަދާއި ކަރަންޓް ފީ އިން އަންނާނެ ރަނގަޅުއެމައުންޓެއް.
ބޭބެ5
08 August 2024
ދިވެހިން އަދި ތި ވިދާޅުވާހާ ގަޅިއެއްނޫން. ތި ވާގޮތަކީ ސަރުކާރުގެ، އެމީހުން ލައްވާ ތި މަސައްކަތްތައް ފަށައިގަންނަހާ ފައިސާއެއް ނެތް. އެއްގޮތަކަށްވެސް ކޮންޓްރެޓް ކޮށްފަ ބަޔަކަށް ދިނީމަ އަގު ހެޔޮވަނީއެއްނޫން. މި ދިޔަ 9 ވަރަކަށް މަހު ކީއްވެ މަސައްކަތް ނުފަށާ ލަސްކުރީ. "ނޯ މަނީ" . އެ މީހުން ކެނޑިޔަސް ބަޔަކާވެސް މަސައްކަތް ހަވާލެއް ނުކުރެވޭނެ. "ނޯ މަނީ". މިހާރު ހަވާލުކޮށްފަ ހުރި އެތަކެއް ކޮންޓްރެކްޓަރ އިންނެއް އެ ދުވަނީ ލާރި ނުލިބިގެން. "ނޯ މަނީ".
ޢެޑްމުންޑޯ
07 August 2024
ކުރީސަރުކާރުގެ ވާހަކަ ދައްކާއިރު މިސަރުކާރުނ މަޖްލިސް އިންތިޚާބަށް ނެގި ބައިވަރު މީހުންނޯ ! ފެނަކާގެ އިތުރުން ރޯޑްކޯރޕަރޭޝަނަށްވެސް މިސަރުކާރުން އެތެއްބަޔަކު ނަގާ އެއްވެސް މަސައްކަތެއް ނުކޮށް އެތިބެނީ ، ގިނައީ 65 ފުރިފައިވާ މުސްކުޚި އަންހެނުން
އެޑްމުންޑޯއަށް
08 August 2024
މި ސަރުކާރުން އެކަކުވެސް ނުނަގާނެ. އިތުރުފުޅު ނުހައްދަވާ. ތި ވިދާޅުވާ މީހުންނަކީ ކުރީ ސަރުކާރުން ނަގަން ނިންމާފަ ތިބި މީހުން. އެމީހުން ދެން ޖެހޭނީ ނަގާކަށްނު. މިސަރުކާރުން ފެނަކައިގެ ވަޒީފާތަކަށް މީހުނެއް ނުނަގާނެ.
ހިންދު
07 August 2024
މިދިޔަ އިންތިހާބާ ދިމާކޮއް މިރަށުން އެކަނި 25 މީހުން ކޮންޓްރެކް ވަޒީފާ އަައް ނެގި. މިތާކު އިތުރު އެއްވެސް މަސަކަތެއް ނުހިގާ. ކުރިންނެގިމީހުންތިއްބާ ނެގި ކޮންބާވަރެއްތޯ އެއީ. އެވާހަކަ އެއްނުދައްކާ
ޖާގަ
07 August 2024
ހިއުމަންރައިޓުން ތިމީހުންގެ ހައްގުގާ ތެދުވެދާނެތީ ބިރުގަނޭ.
ސެކިނެ
08 August 2024
ތާރީހް ބަދަލު ކޮއްފައި ހަމަ އެއް ބަޔާނެއް ނެރެލާނެ.
ރަދީފު ބިން ރަފައިދާ
07 August 2024
ތިޔަ ދޫކޮށްލާމީހުންނަށް ގެއްލުނު ދުވަސްތަކުގެ މުސާރައާއެކު އަލުން ވަޒީފާ ހަމަޖައްސައިދޭނެކަމަށް 2028 ގެ ކެންޑިޑޭޓަކު ވައުދުވާނެ. ދެން އެމީހަކަށް ވޯޓު އަޅާއަޅާ ރައްޔިތުން އޭނާ ހޮވާ ގޮނޑިގާ ބައިންދާނެ.