ތައިލެންޑުގެ ޒުވާނުންގެ މެދުގައި މަގުބޫލު ލިމްޖަރޮއެންރަތު: އޭނާ އާއި އޭނާގެމޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) 10 އަހަރަށް ސިޔާސީ ކަންކަން ކުރުން ކޯޓުން ވަނީ މަނާކޮށްފައި. -- ފޮޓޯ: އޭއެފްޕީ
08 އޯގަސްޓް 2024 - 06:51
ތައިލެންޑުގެ ރަސްކަމާ ދެކޮޅަށް ވާހަކަ ދެއްކުން މަނާކުރާ ގާނޫނުތައް އިސްލާހުކުރުމަށް ވަކާލާތުކުރައްވާތީ، އެ ގައުމުގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ސިޔާސީ ކަންކަމުން 10 އަހަރަށް ސަސްޕެންޑުކޮށް އޭނާގެ ޕާޓީ ވެސް އުވާލުކަށް ކޯޓުން ހުކުމްކޮށްފި އެވެ.
ތައިލެންޑުގެ ދުސްތޫރީ ކޯޓުން މޫވް ފޯވާޑް ޕާޓީ (އެމްއެފްޕީ) އާއި އެ ޕާޓީގެ އެގެޒެކެޓިވް ބޯޑު 10 އަހަރަށް މަނާކުރަން ނިންމި އިރު އޭގެ ތެރޭގައި ޕާޓީގެ ކުރީގެ ލީޑަރު ޕީޓާ ލިމްޖަރޮއެންރަތު ވެސް ހިމެނޭ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
މިދިޔަ އަހަރުގެ ބޭއްވި އާންމު އިންތިހާބުގައި ޕީޓާ، 43، އަށް ޒުވާނުންގެ ބޮޑު ތާއީދަކާ އެކު އެންމެ ކުރި ލިބުނެވެ. އެކަމަކު އޭނާއަށް ބޮޑުވަޒީރުކަމަށް ނުލިބުނީ ސެނެޓުގައި ތިއްބަވާ ބޯދާ ފިކުރުގެ ޕާޓީތަކުން ހުރަސްއެޅުމުންނެވެ. ބޮޑުވަޒީރު ސްރޭތާ ތަވިސިން އިސްކޮށް ހުންނަވައި، އަސްކަރިއްޔާއާ ގުޅުން އޮންނަ ޕާޓީތަކުގެ ކޯލިޝަނެއް ހަދައި ޕީޓާއަށް ފުރުސަތު ގެއްލުވައިލީ އެވެ.
"އެންމެ ދުވަހަކު ހިތާމަކޮށްފައި މާދަމާ އެކަން ހަނދާންނައްތާލާފައި ދެން އޮންނަ އިންތިހާބެއްގައި މި ރުޅިވެރިކަން ބޭރުކޮށްލަމާ ހިނގާ،" އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޕީޓާ ވިދާޅުވި އެވެ.
ޕީޓާ އާއި އޭނާގެ ޕާޓީ މަނާކުރުމާ އެކު ޔޫރަޕިއަން ޔުނިއަން އާއި އެމެރިކާއިން ވަނީ މިއީ ޑިމޮކްރަޓިކް ގޮތުން ތައިލެންޑުން ހުޅުވާލުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ކަމަށް ބުނެ އެ ނިންމުން ކުށްވެރިކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy