އެމްޕީއެލް އިން އުލިގަމުގައި ގާއިމުކުރާ ޕޯޓް ފެސިލިޓިއަށް ބޭނުންވާ އޮފީސް ޕޯސްޓެޢް ހެދުމުގެ މަސައްކަތް މިއަދު ކުރަނީ. -- ފޮޓޯ: އަހްމަދު ޒިޔާދު/ފޭސްބުކް
08 އޯގަސްޓް 2024 - 18:31
އިހަވަންދިއްޕޮޅުގައި ފަށާ ބަންކަރިން ހިދުމަތުގައި ހއ. އުލިގަމުގައި ގާއިމް ކުރަން ނިންމާފައިވާ ޕޯޓް ފެސިލިޓީއަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އެމްޕީއެލް އިން މިއަދު ވަނީ ހަތް މުވައްޒަފަކު ހޯދަން އިއުލާންކޮށްފަ އެވެ. އެއީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އެސޯސިއޭޓަކާއި ލޭބަރެއްގެ އިތުރުން ހަތަރު ސެކިއުރިޓީ އެސިސްޓެންޓުންނެވެ.
އުލިގަން ހިމެނޭ އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތަށް ފަށަން ނިންމައި އެމްޕީއެލްއިން ވަނީ އެ މަސައްކަތް ފަށައިފަ އެވެ. އަދި އެ ކުންފުނިން ވަނީ ބޭރުގެ ޔޮޓުތައް ގިނަ އަދަދަކަށް އަންނަ އުލިގަމުގައި ޔޮޓް މެރީނާއެއް ހަދަން ވެސް ވަނީ ނިންމައި ބިޑަށް ހުޅުވާލައިފަ އެވެ.
އެ ހިދުމަތްތައް ދޭން ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް އެމްޕީއެލްއިން އަންނަނީ ކުރަމުންނެވެ.
މިދިޔަ ހަފްތާގައި ވަނީ ހިދުމަތަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެނެސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނާ
08 August 2024
ހޮޓްކިންގް އަދި ޅަވާނެމިކަމުގަ. މަނިކުފާނު ވަޑައިގަންނަވަންވީނު އެކަމާޙަވާލުވާން..
ހޮޓްކިންގ
08 August 2024
ތީ ކޮންކަހަލަ ބަންަރިންނެއް؟ ކުޑަ އުޅަނދަކާ 7 މުވައްޒަފަފުން ލައިގެން އަހަރަކު 200 މިލިއަންޑޮލަރު ގައުމަށް ވެއްދޭނެގޮތެއް ތި ބަންކަރިން އިން ކުރާނެ ގޮތެއް ބނުނެދީބަލަ. ތިކަހަލަ ގޮތަކަށް ކުރާ ކަމެއްގެ ވާހަކަ ބައިނަލް އަގުވާމީ ބަންކަރިންނޭ ކިޔާ ފެތުރީމާ ބޯ އަނބުރައިގެންފި.
މަރީ1
08 August 2024
އެއްފަހަރާ 200 މުވައްޒަފުން ނަގަން ކޮންމެހެން ޖެހޭތަ. މާދަން ވެސް އެބަ ނަގާ އިތުރު ވިހި. އޭގެ ފަހުން ވެސް ނަގާނެ. 4 ސެކިޔުރިޓީ އާއި 2 ލޭބަރުން ލައިގެން ބަންކަރިން ނުފަށާނެކަން ހަމަބުއްދި ހުންނަ މީހުންނަށް އެނގޭނެ
ބީރުބޮލް
09 August 2024
ގެންނަނީ ކުޑަ އުޅަނދު ތަކެއް ނޫންކަން ބަލާހޯދާ މީހުންނަށް އިނގޭ. އެންމެ ހަބަރަކުން ފެނުނު ޓަގު ބޯޓަކުން ބަންކަރިންގ ނުހިންގޭނެކަން ކަލޭ ނޫނީ އެންމެނަށް އިނގޭ.
އެޑްމުންޑޯ
09 August 2024
ނޭގުނަސް ކޮމެންޓް ކުރެވޭތޯ ބަލާތި ،
ސޯލިހް
09 August 2024
ބޯހަލާކު!! އަދިވެސް ކޮމެންޓް ކުރެވޭތޯ ބަލާތި!!