ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އދ. މާމިގިއްޔަށް ވަޑައިގަތުމުން، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނާ ސަލާންކުރައްވަނީ.
09 އޯގަސްޓް 2024 - 19:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އދ. މާމިގިއްޔަށް މިއަދު ވަޑައިގަތުމުން، އެ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެމަނިކުފާނަށް ހޫނު މަރުހަބާއެއް އިއްޔެ ދަންނަވައިފި އެވެ.
އަބްދުއްރަހީމާއި އެމަނިކުފާނުގެ އަނބިކަނބަލުން މާމިގިއްޔަށް ވަޑައިގަތީ ގާސިމްގެ ދައުވަތަކަށެވެ.
މާމިގިލިން އެ ދެކަނބަލުންނަށް ވަނީ ރަތްދޫލައިގެ މަރުހަބާއެއް ކިޔައިފަ އެވެ. ގާސިމް އާއި މާމިގިލީ އެއާޕޯޓުގެ އިސްވެރިންނާއި މުވައްޒަފުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރުން އަދި މާމިގިލީގެ އާންމުން ވެސް ވަނީ އަބްދުއްރަހީމަށް މަރުހަބާ ދެންނެވުމަށް އެއާޕޯޓަށް ވަޑައިގެންފަ އެވެ.
މި ކޮންކަމަކާ ގުޅިގެން ކުރެއްވި ދަތުރެއް ކަމެއް އަދި ނޭނގެ އެވެ.
މަޖިލީހުގެ އިދާރާއިން ވެސް މިކަމާ ބެހޭގޮތުން ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެނިކުފަރީދާ
10 August 2024
އިވޭއަޑަކީ ދެމީހުން ދިޔައީ އެއް ފުލައިޓަކުންނޭ، ލޮލް
ސޭންޑް
10 August 2024
ރައީސް މުއިއްޒުއަށް ލަފާދެން މިދެމީހުން ހައްޔަރުކޮށް ދިގު މުއްދަތެއް ޖަހަން. އެހެންނޫނީ މަނިކުފާނަށް ހަމަޖެހިލައިގެން ވެރިކަމެއް ނުކުރެވޭނެ.
އަފްރާސިޔާބު
09 August 2024
ތިޔަ ބައްދަލުވުމުގައި ވިސްނާލަން ޖެހޭ ކަންތައްކެއްވޭ. އެއްކަމަކީ ގާސިމަކީ ކުރިންވެސް ބަޣާވާތެއްގައި އެންމެ ބޮޑަށް ފެންނަން ހުރި މީހާ. ދެވަނަ ކަމަކީ ވެރިކަމަށް ފައިނެގުން. މިހާރު އެހުރީ ކައިވަތަކާ ކައިރިއަށް ޖެހިލާފައި. ކުރިމަގު އޮތީ ބަނަކަމެއްގެ ތެރޭގައި. ދެމީހުން ގުޅިގެން ބަޣާވާތެއް ނުގެނެވޭނެޔޭ ބުނާކަށް ނުވާނެ.
އެޑްމުންޑޯ
10 August 2024
ބަޢާވާތެއް ގެނަޔަސް އަދި އަދި އެހެން ކަމެއްގައި ވިއަސް ރައީސް އިސްތިއުފާ ދެެއްވިއަސް ގާސިމަށް ރާއްޖޭގެ ވަރިކަމަށް ނާދެވޭނެ ، އެކަން ރައްޔިތުންވަނީ ތިންފަހރެއްގެ މަތިން ސާބިތު ކޮއްދީފައި ، ދެން ކޮން ކައިވަތަކަށް ކައިރި ކުރެވޭނީ ، ފިތުނަ އުފައްދާ ކޮމެންޓް ނުކޮށް މަޑުން ތިބޭ
އެމްސް
09 August 2024
ކުރަން އުޅެވެސް ގާސިމަށް އަދި ނުކުރެވި އޮތް 2 ކަމުން 1 ކަމަކީ މާމިގިލީގަ ޔުނިވަސިޓީއެއް އުފެއްދުމެވެ!
މެޓްރިކްސް ހުސެއިނާ
09 August 2024
ބަގާވާތެއްގެ ކޮޅުމަތި ފެށުނީ ބާ؟؟
ޖޮގިންސޫސް
09 August 2024
ބޭފުޅުން އަރަނީ އެއްވައްތަރުގެ ސޫސްއަށް ދި؟
ތަކުރަހާނު
09 August 2024
އަސްތާ! ބޮޑު ސުރުހީއެއް ފެނުން ގާތް