ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ރާއްޖެ-އިންޑިއާ ގުޅުން އާ އުސްމިންތަކަކަށް ގެންދަން ރައީސްގެ ޔަގީންކަން

ރައީސް ޑރ. މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ މިއަދު ބައްދަލުކުރައްވަނީ. -- ފޮޓޯ | ރައީސް އޮފީސް

އިންޑިއާ އިން ރާއްޖެއަށް ވަމުން އަންނަ އެހީތަކަށް ޝުކުރުއަދާކުރައްވައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އާ އުސްމިންތަކަކަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ދެ ގައުމުގެ ތާރީހީ ގުޅުން އެމަނިކުފާނުގެ ސަރުކާރުގައި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ބަދަހިކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

މި ރަސްމިއްޔާތުގައި، އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ ހަވާލުކޮށްފަ އެވެ.

އިންޑިއާގެ އެހީގައި 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމްގެ މަޝްރޫއު ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ ޖައިޝަންކަރުގެ ދަތުރަކީ ދެ ގައުމުގެ ތާރީހީ ގުޅުން އިތުރަށް ހަރުދަނާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އަދި އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީ އާއި ރަށްރަށުގެ ކުރިއެރުމަށް އިންޑިއާއިން ވެދިން ވަރަށް މުހިއްމު އެހީއެއް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ރާއްޖެއަށް ވެދެމުން އަންނަ ދީލަތި އެހީތެރިކަމަށްޓަކައި ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ. އިންޑިއާ އަކީ އަބަދުވެސް ރާއްޖެ އާއި އެންމެ ގާތް އެއް ގައުމު ކަމަށާއި ރާއްޖެއަށް ބޭނުންވާ ކޮންމެ ވަގުތަކު އެހީ ފޯރުކޮށްދިނުމުގައި އަބަދުވެސް ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖައިޝަންކަރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ދެ ގައުމުގެ ތާރީހީ ގުޅުން އަންނަން އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާކޮށް އާ ހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުގެ ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ހަނދާން އާ ކުރައްވައި، އެ ދަތުރުފުޅުގައި އެމަނިކުފާނާ މެދު ބެހެއްޓެވި ގާތް ކަމާއި މެހްމާންދާރީއަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ދެ ގައުމުގެ އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވާއިރު، ރައީސް އަޑުއައްސަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ އެކު ބޭއްވެވި ބައްދަލުވުމުގައި ވެސް ދެ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދެއްކެވި ކަަމަށް ރައީސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ދިވެހިރާއްޖެ އާއި އިންޑިއާގެ ގުޅުން ރަނގަޅުވެ، އިތުރަށް ކުރިއަރަމުންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން މަސައްކަތް ކުރައްވާތީ އާއި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަބަދު ވެސް ތައްޔާރަށް ހުންނަވާތީ ރައީސް ވަނީ ޖައިޝަންކަރަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާތީ އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރަށް ވެސް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ ވެސް ރާއްޖެ އާއި އިންޑިއާ ގުޅުން ކުރިއަށް އޮތް ތަނުގައި ދަމަހައްޓައި ބަދަހި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

19 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 10%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލުފްޝާން

11 August 2024

ގައުމު މިނިވަންކަން ކޮމްޕްރިމައިޒް ނުކޮށް ގައުމަށް ރައްޔިތުންނަށް ފައިދާ. ރައީސް މުއިއްްޒް ގެ ހާރިޖީ ސިޔާސަތު ހަމަ ތަފާތު

The name is already taken The name is available. Register?

ހަނީފް

10 August 2024

އިންޑިއާ ސިފައިން ބޭލުވުމަށް ފަހު ވެސް ގާތް ގުޅުމެއް ބާއްވާތަން މި ފެންނަނީ. އިންޑިއާ އިން ރާއްޖެ ބަލާއިގެންފި.

The name is already taken The name is available. Register?

މާހިދް

10 August 2024

ޔާމީން ސަރުކާރުން ނުވެގެން އުޅުނު ކަންތައް ރީތި އުސޫލުގެ ތެރެއިން މި ކުރަމުންދަނީ. މިގައުމަށް އިންޑިއާ ގުޅިގެން ތަރައްގީ ގެންނާނީ ރައީސް މުއިއްޒު

The name is already taken The name is available. Register?

ސުފްޔާން

10 August 2024

އަލްހަމްދުﷲ. ރައީސް މުއިއްޒު ވައުދާ އެއްގޮތައް އިންޑިޔާ އަސްކަރީ ސިފައިން މިގައުމުން ފައިބައިގެން ގޮށްސި. ދެން އޮތީ އިހުނަށްވުރެ ބޮޑަށް އިންޑިއާ އެއްކޮށް ގުޅުން ބަދަހި ކުރުން

The name is already taken The name is available. Register?

ޖައިޝަމްް

10 August 2024

އިންޑިއާ އިން ތިބީ ރާއްޖެއަށް އެހީވެދޭން ތައްޔާރަށްކަން އެގައުމުން އެ އަންގަނީ. ދެގައުމުގެ ދޭތެރޭ އޮތް ގުޅުން އަބަދުވެސް ބަދަހިކޮށް ބާއްވަން ތައްޔާރަށް ރައީސް މުއިއްޒު ހުންނެވީ.

The name is already taken The name is available. Register?

މަރްޔަމް އަޙްމަދު

10 August 2024

ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުން ދިވެހިންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެސްދޭނެ.

The name is already taken The name is available. Register?

އަސްލުު

10 August 2024

ކޮންމެ ބަޔަކުވެސް ވެރިކަމަށް އަންނަނީ އެކިޒާތުގެ ވާހަކަ ދައްކައިގެން ވޯޓުހޯދައިގެން. ރައްޔިތުން މޮޔަވުމަކީ ސަރުކާރުތަކުގެ މައްސަލައެއްނޫން. ސަރުކާރުތަކުން އެބަލަނީ ރައްޔިތުންނަށް ރަނގަޅުގޮތް. ހުރިހާ ސަރުކާރުތަކަށް މަރުހަބާ!

The name is already taken The name is available. Register?

ހަހަހަހާ

10 August 2024

މިވަރު ނިކަމެތި ސަރުކާރެއް ރާއްޖޭގެ ތާރީޚުވެސް ނުދެކޭ. ޢަދިވެސް ގަދަ ބަސް ބުނާތި.

The name is already taken The name is available. Register?

ފަރު

10 August 2024

މިހާރު ބުލީ ނުކޮށް ފިރުމަން ފެށިތޯ

The name is already taken The name is available. Register?

ރާކަނިމަސް

10 August 2024

100% މުސްލިމުގައުމަކުން ގައިރު މުސްލިމު ގައުމެއްގަ އެލިގަނެގެން އުޅެންމިޖެހެނީ ކީއްވެޔޯ ރިޒްގު ދެއްވަނީ ﷲ އޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454