ރައްކާ ރޯޑް ޝޯއަށް 10 އަހަރު ފުރުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ
11 އޯގަސްޓް 2024 - 18:30
ފުލުހުންގެ ކޮންމެ ފިޔަވަޅެއް ނުވަތަ އަމަލަކީ ތިމަންނާގެ ހައްގެއް ނިގުޅައިގަތީ ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެހެންވެ ފުލުހުން މިހާރު ތިބީ "އެބިއުސް" ވާ ހިސާބަށް ގޮސްފައި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ "ރައްކާ" ރޯޑް ޝޯއަށް 10 އަހަރު ފުރުން ފާހަގަކުރަން ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރީ ޒަމާނުގައި ކުއްޖެއްގެ މައްސަލަ ރަށު އޮފީހާ ހަމައަށް ގޮސްފި ނަމަ، އެ ކުއްޖެއްގެ މަންމަ އަންނާނީ އިލޮށިފަތި ހިފައިގެން ކަމަށާއި ރަށު އޮފީހުން ނުކުމެ ދެތިން ފަހަރު ކުއްޖާގެ ގައިގާ އެއިން ޖަހާނެ ކަމަށެވެ.
ނަމަވެސް، މިހާރު ވަނީ ކަންކަން ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި މިހާރު ކުއްޖަކު ފުލުސް އޮފީހަށް ގެންގޮސްފި ނަމަ، ވީގޮތެއް ވެސް ރަނގަޅަށް ބަލައިނުލާ ބެލެނިވެރިން ދާނީ އެހެން ދެތިން ކޮމިޝަނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"...އެއީ އެ ކުއްޖާގެ ކޮންމެ ވެސް ހައްގެއް ނިގުޅައިގަތް ކަމަށް ބަލާފައި. އަދި ވީނުވީއެއް ވެސް ޔަގީނެއް ނުވާނެ ގިނަ ފަހަރަށް. މިއީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އައިސްފައި ހުރި ބަދަލު. މި ބަދަލު އަނބުރާ ކުރީގައި އޮތް ގޮތާ ގާތަށް ރުޖޫއަވާން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"ކޮންމެ ފުލުހަކު ކުރާ އެކްޝަނަކީ ތިމާ މީހާގެ ހައްގެއް ނިގުޅައިގަތީ ކަމަށް ބެލުމަކީ ވަރަށް ބޮޑު ގޯހެއް. އަޅުގަނޑު ނުދަންނަވަން ކޮންމެ ޕޮލިސް އެކްޝަނަކީ ހުރިހާ ހައްގެއް ކަށަވަރުވެފައިވާ ކަމެކޭ ވެސް. އެެހެންވެގެން ކޮމިޝަންތައް ހުންނަނީ ވެސް. އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް އެބިއުސްވާ ހިސާބަށް ގޮސްފައި ކަންނޭނގެ މި ތިބީ."
މިނިސްޓަރު ވިދާޅުވީ ގާނޫނު ނެގެހެއްޓުމަށްޓަކައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް އަންނާނެ ކަމަށާއި ގާނޫނާ ހިލާފުވާ ކުދިންނާއި މީހުންނަށް ފިޔަވަޅުތަކެއް ނޭޅި އިސްލާހު ނުވާނެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ނުކިއްސަރު މަގުންދާ ކުއްޖާ އިތުރަށް ރައްކާތެރިކުރަން ކަމަށް ބުނެ ބޮޑަށް އަމަލު ކުރެވެނީ ގޯސްކޮށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޫމްކޯ
15 August 2024
ފުލުހުންނަކީ ''ޓު ޕރޮޓެކްޓް އެންޑް ސަރވް'' މޮޓޯގައި ޢާންމު ރައްޔިތުންނަށް މިކަންކަން ކޮށްދޭ ބައެއް ނޫން. ޔުނިފޯމުގައި އިންސައިޑް ޖޮބް އަދާކުރާން ބޭނުންވާ މަގުމައްޗަށް ނިކުންނަން ބޭނުން ނުވާ ބައެއް.
ގޭންގްސް
12 August 2024
ފުލުހުން ދެކެ ނަފުރަތު އުފައްދާ އަގު ވައްޓާލަން ގޭންގުތަކުން ފުލުހަށް ވައްދާފަ ތިބި މީހުން ހޯދާ ބޭރުކޮށްލަންވީ
ކަލީމް
12 August 2024
8000 ފުލުހުން ވަޒީފާގައި ބައިތިއްބައިގެން ގައުމަށް މާ ބޮޑު ހިދުމަތެއް ނުކޮށްދެވެއޭ ބުނެވޭނީ. ފުލުހުން ގޯހޭ މީހުން ބުނަނީ ކަންކަމަމާ އަޅާނުލާ ފިޔަވަޅެއްވެސް ނާޅާތީ. ފިޔަވަޅު އަޅާތީކީނޫން.
އައިހަދު
12 August 2024
އެތަކެއް ފުލުހުންނެއް އެކަށީގެންވާ ހިދުމަތެއްނުކޮށް އެބަތިބި. ރަށުތެރެ ބެލެހެއްޓުމުގައި އެކަށީގެންވާވަރަށް ހަރަކާތްތެރިވާތަނެއް މާލެއަކުންވެސް ނުފެނޭ، މައްސަލައެއް ދިމާވުމުން ތަނައްއާދެވޭ ވަގުތު ގިނަ، މަސެއްކަތުގެ ޕުރޮފިޝަނަލްމިނަގަޑު ދަށް، އިހުމާލުން ދައުލަތުން މައްސަލަތައް ނާކާމިޔާބުވާ މިނަވަރު އިތުރު، އާންމުންގެ އިތުބާރު ކުޑަ. ރައްޔަތުން ކުއްވެރިނުކޮށް، އަދި ހައްގުތައް ހޯދަންކުރާ މަސެއްކަތަށް ހުރަސްނާޅާ، މިކަންކަމަށް އަޅާލަންވީނޫންތޯ؟
ހައިޝަމްވ
12 August 2024
ރައްޔަތުން ކުއްވެރިކޮށްގެން އިދާރާތަކުގެ ހިންގުމުގެ ހުރި ނާގާބިލްކަން ހައްލެއް ނުކުރެވޭނެ. ފުލުހުންގެ އިދާރާވެސް އެންމެ ރަގަޅަށް ނުހިގާކަމަށް ގަބޫލުކުރުން އެއީ ކަންތައް ރަގަޅުކުރުމުގެ ނިޔަތްއޮތްނަމަ އެންމެފުރަތަމަ ކުރނަްވީކަންތައް.
ފުރޯ
12 August 2024
އިހުސާނު ކަމެއް ކުރަންޏާ ހުޅުމާލޭ ނިރޮޅު މަގުގެ ދެފަރާތުގައި ޕާކު ކުރުން ހުއްޓުވަބަލަ. މި ސަރުކާރު ވެރިކަމަށް އައިއިރު ފުލުހުންގެ ވަރަށް ބޮޑު މަސައްކަތަކާއެކު އެ މަގު އޮތީ ވަރަށް ބޮޑަށް ތައްކަތު ކޮށްފަ. ފާކު ކުރުން ހަމައަކަށް އަޅުވާފަ. ނަމަވެސް މި ނުވަ ވަރަކަށް މަސް ތެރޭއަނެއްކާވެސް ކުރީގެ ހާލަތަށް ބަދަލުވެ މަގު ދެ ފަރާތުގައިވެސް ޕާކުރުން އާންމުވެ ބޮޑު ތަކުލީފަކަށް ވެއްޖެ.
ރަޙުމާ
12 August 2024
މިނިސްޓަރު ގާތު އަހާލަދީބަލަ ޕަބްލިކް ފޯރަމެއްގައި މިނިސްޓަރު ވިދާޅުވީމު ނޫންތޯއޭ ޖޫން 1 ން ފެށިގެން ފުލުހުންގެ ތެރޭގައި އުޅޭ އާންމު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެކަމަށް. ނަމަވެސް އެކަން އެގޮތަކަށް އަދިވެސް ކޮށެއް ނުދެއްވައޭ. ސަބަބަކީ ކޮބައިތޯއޭ. ދެން ކޮންއިރަކުންތޯއޭ ކޮށްދެއްވާނީ. އަހާލަދީބަލަ. މިނިސްޓަރަކީ ވަރަށް ރަނގަޅު ބޭފުޅެއްކަމަށް އަދި ފެންނަނީ.
އަކްމެޑް
12 August 2024
މިތާ މައްސަލައަކަށް ވެގެން މިއުޅެނީ ގާނޫނު. ޒާތް ޒާތުގެ އެމެރިކާ ގާނޫނު ތަރުޖަމާ ކޮށްގެން އުޅެނީ. މިހާ ރިސޯސް މަދު ތަނެއްގަ އެއެއްޗިސްް ނުހިނގާނެ ކަން ވިސްނޭވަރު މީހަކު ނެތްް. ދެން ސިޔާސީ މީހުން. ވޯޓަށް ޖޫރިމައިނާ މާފުކުރަނީ. ކިހިނެއް ކަމެއް ރަނގަޅުވާނީ؟
ކެލަމް
12 August 2024
މުއައްސަސާތަކުގެ އިހްތިރާމް އިއާދަކުރަންޖެހޭ. ޑިމޮކްރަސީގެ ނަމުގައި މުއައްސަސާތަކުގެ ވައްޓާލުމަކީ ގައުމަށް ދެވޭ ނިކަމެތިކަމެއް. ރައީސް މައުމޫން ގެ ވެރިކަން ނިމުނަސް، ނަޝީދުގެ ވެރިކަން ވެއްޓުނަސް ވަހީދުގެ ވެރިކަން ނިމި ދިޔައަސް ޔާމީނުގެ ދައުރު ފުރިހަމަވިޔަސް ޞާލިހުގެ މުއްދަތު ހަމަވިޔަސް މުއިއްޒުގެ ވެރިކަން ނިމެން ދިޔަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި އޭގެ ގަދަރު އޮވެގެން ގައުމު ދެމިއޮންނާނީ. އެހެން މުއައްސަސާތަކުގެ ގަދަރުވެސް ހިފަހައްޓަންޖެހޭ
އައިމިނާ
12 August 2024
ފުލުހުންގެ ތެރޭގަ އެބައުޅޭ ގޯސް ކަންކަން ކޮށްކޮށް ތިބެފަ އެތަނަށް ވަދެގެން އުޅޭމީހުން. އެހެންވީމާ އެ ތުހުމަތު ކުރެވެނީ.