އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި އެސްޖީ ވަކި ކުރުމަށް ބައިވި ކައުންސިލް މެމްބަރުން އަތް ނަގައިގެން..-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
16 އޯގަސްޓް 2024 - 14:25
މާލެ ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމުގައި ހުންނެވި ވަޖީހު ނަސީރު އެ މަގާމުން ވަކިކޮށްފި އެވެ.
އިއްޔެ ބޭއްވި ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 158 ވަނަ ޖަލްސާގައި އެ ކައުންސިލްގެ އެސްޖީ ވަކިކުރުމާ މެދު ގޮތެއް ނިންމަން އެޖެންޑާކޮށް އެކަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.
އެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި އެސްޖީ މަގާމުން ވަކިކުރަން ހުށަހަޅާފައިވަނީ ގާނޫނީ ޒިންމާ އަދާނުކުރެވޭ ކަމަށް ބުނެ އެވެ. އާޒިމް ވިދާޅުވީ އެއީ ގާބިލް ބޭފުޅެއް ނަމަވެސް މަސައްކަތް ލަސް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެސްޖީގެ އެބަހުރި މަސައްކަތުގެ ލަސްވުންތަކެއް. އެކަމަކު ހަމައެކަނި އެސްޖީގެ މައްސަލަތަކެއް ނޫން އެއީ. މިތަނުގެ އެތެރޭގައި ސިވިލް ސިސްޓަމް އެތެރޭގައި ހުރި މައްސަލަތައް ވެސް އެބައުޅޭ،" އާޒިމް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މޭޔަރު ވިދާޅުވީ ވަޖީހުގެ މަސައްކަތް ލަސްކަމުގެ ވާހަކަ ދެކެވޭތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި އެކަމާ ކަންބޮޑުވުން ވެސް ފާޅުކުރުމުން މަސައްކަތްތައް އަވަސް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ނަމަވެސް ޑެޕިއުޓީ މޭޔަރު ނަރީޝް ވިދާޅުވީ ކައުންސިލަށް އާންމުންގެ މީހަކު ފޮނުވާ ސިޓީއަށް ޖަވާބު ނުލިބިގެން ދެ މަހަށްވުރެ ގިނަ ދުވަސްވާ ކަމަށެވެ. އެއީ އެކަން ވެގެންވާނެ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްޖީ ވަކިކުރަން ވޯޓަށް އެހި އިރު ޖަވާބުދާރީވާނެ ފުރުސަތު ދީފައިނުވާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ އެ ފުރުސަތު ދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް (ވ-2) ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
"އަޅުގަނޑުމެން މީހަކާ މެދު ކިތަންމެ ހިތްހަމަނުޖެހުނަސް ދޭން ޖެހޭ ފުރުސަތުތަކެއް ހުންނާނެ. އެހެންވެ މި ދަންނަވަނީ ލިޔުމުން މިތަނަށް ޖަވާބެއް ފޮނުމުގެ ފުރުސަތު ދެއްވާށޭ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް/ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލުން، އެސްޖީ ވަކިކުރުމަށް ފާސްކުރި އިރު ޑިމޮކްރެޓްސްގެ މެންބަރު ސައިފް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އާއިޝަތު ނާޒިމާ ވަކި ގޮތަކަށް ވޯޓެއް ނުދެއްވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
17 August 2024
ނަރީޝަކީ ވައްކަން ކުރުމުގައި އެތާގައި އަށަގެންފައިވާ ސަގާފަތް އެންމެ ރަނގަޅަށް ދަންނަ އެކަކު. ކޮންމެހެން ނަރީޝް ކުރެޔެކޭ ނޫން މިބުނަނީ. ސިޓީ ކައުންސިލުގެ ހުރިހާ ލިޔެކިއުންތައް އާދަމް ޝަރީފަށް ހަވާލު ކުރީތާ؟ އެއީ އެންމެ ފަސޭހައިން ލިޔެކިއުންތައް ނައްތާލެވޭނެ ގޮތަކަށްވާތީ އެގޮތަށް އަމަލު ކުރީ. ކޮބައިތަ މޭޔަރު ހުވާކުރުމުގެ ކުރީގައި 60 ދުވަހުގެ ތެރޭގައި ނުފަށާނަމަ ގެންނާނަމޭ ބުނެ ހަވާލު ކުރި ލިއުންތައް. އެކަން ހަނދާން ހުރިމީހަކު އެބަހުރިބާ؟
ދޮންހުސޭނު
17 August 2024
ކިޔަވައިދިނުމަށް މޮޅު ލެކްޗަރަރ އެއް. ހިއެއްނުވޭ ފަރުވާ ކުޑަ ވާނެހެނެއް. ސިޔާސީ ހާއްޔެއްގެ ތެރޭގައި އިންޓާނަލް ޕޮލިޓިކްސް ކުޅެން އެބޭފުޅާއަށް އެހާރަގަޅަށް ނޭންގުނީ ތޯއްޗެ. ކީހާ ބަތަކަށް ރިހަ ނުވީކަމަށް ތިޔަވާނީ
ހުސްނީވަގާރު
17 August 2024
އެސްޖީ ކިއެއްކުރަން މޭޔަރުވެސް މަސައްކަތްނުކުރެވޭނަމަ ވަކިކުރަންވީ. ރައްޔިތުން މަސައްކަތްކޮށް ހޯދާލާރިން މުސާރަދިނީމަ ކުރަންޖެހޭ މަސައްކަތްނުކޮށް ދެފައިދމައިލާގެން ތިބެގެން ނުވާނެ
މޯޑު
17 August 2024
މުއިޒު ކުރި ވައްކަންގެ އޮރިޖިނަލް ޑޮކިއުމެންޓްތަށް ބޭނުން ވަނީ, ހުރިހާފައިލްއެއް ކަޓުވާލަން, ޕާކިން ސްލޮޓުން ހުރީ ވަރަށް ވައްކަން ކޮށްފަ. ނަރީސް ބޭނުންވަނީ މިނިސްޓްރީގެ ބޭނުމަށް އެ ހަވާލު ކުރަން.
ވިސްނާވިސްނާ
17 August 2024
މިކަމުގައި މޭޔަރުގެ ވާހަކަތަކުންވެސް އެނގިގެން ހިނގައްޖެ އެސްޖީ މަގާމުން ވަކިކުރަން ކައުންސިލުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަން. އިދާރީ އެހެނިހެން މަސައްލަތައް އެސްޖީގެ ބޮލަށް ކަނޑާލާ އުސޫލުއޮތްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ. ދުރުގައި ބަލަންހުރި ލޯޔަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނީ މިކަމުގައި ކޭސްއަކަށް ގޮސްފިނަމަ ވަޖީހުއަށް މިކޭސް ވަރަށް ފަސޭހައިން ވިން ކުރެވޭނެކަން.
ތަރުޖަމަތިލް ހަޑޫނާޅި
17 August 2024
ބާ ކައުންސިލަށް އެސްޖީއެއް ނުލިބިގެން އުޅެނީ
ތަރުޖޫ
17 August 2024
ނަރީޝްކަހަލަ އޯލެެވެލް ފެންވަރުތަ
ކުރުސީމުހައްމަދު
18 August 2024
އައްޑޫސިޓީ ކައުންސިލް އެސްޖީ ވެސް ވަކިކޮށްފި. އެހެންވީމާ ބާރ ކައުންސިލާއި އެމްއެމްއޭ ވަޒީފާތަކަށް ބާރުބޮޑުކޮށްދާނީ.
ރައީސް ޔާމީން
17 August 2024
ރޫޅާލާނަން ރޫޅާލާނަން ރޫޅާލާނަން ....
މުހަނާ
17 August 2024
ތިއީ ކައުންސިލަށް އޮންނަ ބާރެއްބާ. ޢެސް.ޖީ އައްޔަންކޮށް ވަކިކުރެވެނީ ސިވިލް ސަރވިސް ކޮމިޝަނުންކަމަށް އަޑުއިވިފަ އޮތީ.
ދޮނެބެ
16 August 2024
ހައުސިން މިނިސްޓްރީ އެސްޖީވެސް އެބޮޑާ ކިބުރުވެރިކެލޭ ވަކި ކޮށްދީ
އެކަލޯ
16 August 2024
ތިއޮތީ ބޮޑު ސިޔާސީ ހާއްޔަކަށް ވެފަ ނު