ކުޅިވަރު / ރާޅާއެޅުން

ތުލުސްދޫން ބެހެއްޓި ގާތްކަމުން އޭޝިއާގެ ސާފިން ފެޑެރޭޝަނުން ރާއްޖެއަށް ދިން ބޮޑު ފުރުސަތު

19 އޯގަސްޓް 2024 - 11:14

ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވާ އޭޝިއަން ގޭމްސްގެ ކޮލިފައިން ބުރެއްގެ ގޮތުގަައި ބާއްވާ މިއަހަރުގެ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްޕްގައި އޭޝިއާގެ ސާފިން ފެޑެރޭޝަން (އޭއެސްއެފް) އިން ވަނީ ރާއްޖެ ތަމްސީލު ކުރަން ދެ ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު ރާއްޖޭގެ ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަށް ދިނެވެ.

މިއަހަރުގެ މުބާރާތަކީ ކޮލިފައިން މުބާރާތެއް ކަމަށް ވުމާ އެކު، މިދިޔަ އަހަރުގެ މުބާރާތާ އެއްގޮތަށް އެއް ގައުމުން މާ ގިނަ އެތުލީޓުންނަށް ވާދަ ކުރުމުގެ ފުރުސަތު ނުލިބޭތީ، ރާއްޖެއަށް ވެސް އޮތީ ލިމިޓެޑް ސްލޮޓްތަކެކެވެ.

މިއަހަރުގެ މުބާރާތަކީ ކޮލިފައިން އިވެންޓަކަށް ވުމުން ގިނަ ދިވެހި އެތުލީޓުން ބައިވެރި ކުރުމުގެ ފުރުސަތު ނުލިބުނުމުން، އޭއެސްއެފް އާއެކު އެމްއެސްއޭއިން ކުރި މަޝްވަރާތަކަށް ފަހު ރާއްޖޭގެ ދެ ޓީމެއް ބައިވެރި ކުރެވޭގޮތަށް ހަމަޖެހުނެވެ.

އެއީ، ރާއްޖޭގެ ގައުމީ ޓީމާއި "ޓީމް ތުލުސްދޫ" އެވެ.

◆ ޓީމް ތުލުސްދޫ (ފިރިހެން އޯޕަން): ހަސަން ނާސިހު، އިސްމާއިލް ރަޝީދު، އަހުމަދު ހިޝާމް ޝަހީމް

◆ ޓީމް ތުލުސްދޫ (ފިރިހެން ޖޫނިއާ): ކަޔާން އަބްދުﷲ އަރީފް، މުހައްމަދު އިނާން އަބްދުލް ހަންނާން، އަހުމަދު ޒަޔާން

އޭޝިއަން ގޭމްސް އަށް ކޮލިފައި ވުމުގެ ފުރުސަތު އޮތީ އޯޕަން ބައިގެ ގައުމީ ޓީމުގެ ސާފަރުންނަށެވެ.

◆ ގައުމީ ޓީމް (ފިރިހެން އޯޕަން): އަހުމަދު އާގިލް، ހޫދު އަހުމަދު، އިސްމާއިލް މިގްލާލް

◆ ގައުމީ ޓީމް (ފިރިހެން ޖޫނިއާ): ސައްޔިދު ސަލާހުއްދީން، ޔަސިން އަހުމަދު ނާޝިދު، ޔޫސުފް ކަޔާން ހަމްދާން ޒަކީ

◆ ގައުމީ ޓީމް (އަންހެން އޯޕަން): އާޔާ ނަސީމް، ޝާޒިޔާ ސައީދު

ދިވެހި ސާފިން ޓީމް، ތުލުސްދޫ ސާފިން އެސޯސިއޭޝަންގެ އިސްވެރިންނާ އެކު.-- ފޮޓޯ: ސާފިން އެސޯސިއޭޝަން ތުލުސްދޫ

މިދިޔަ އަހަރު ވެސް މުބާރާތް ބާއްވާފައި ވަނީ ތުލުސްދޫގަ އެވެ. އެ މުބާރާތް ވީ އޭއެސްއެފް އިން އިންތިޒާމް ކުރާ މުބާރާތެއް ރާއްޖޭގައި ހޯސްޓު ކުރެވުނު ފުރަތަމަ މުބާރާތަށެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި ތުލުސްދޫގެ ކައުންސިލާއި ރަށުގެ ރައްޔިތުންގެ އިތުރުން، ސާފިން އެސޯސިއޭޝަން އޮފް ތުލުސްދޫގެ ފަރާތުން އޭއެސްއެފް އާއި އެމްއެސްއޭ އަށް ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުމާ ގުޅިގެން، އޭއެސްއެފް އިން މިފަހަރު ނިންމީ ތުލުސްދޫގެ ފަރާތުން ޓީމެއް ބައިވެރި ކުރުމުގެ ފުރުސަތު ދޭށެވެ.

އެމްއެސްއޭ އިން ބުނީ ތުލުސްދޫ ކައުންސިލާއި ރަށުގެ ސާފިން ކޮމިއުނިޓީގެ އިތުރުން އާއްމު ރައްޔިތުންގެ ފަރާތުން ވެސް ލިބޭ އެހީތެރިކަމާއި އެއްބާރުލުން ވަނީ ފާހަގަކޮށް، ޝުކުރު އަދާކޮށްފަ އެވެ.

ދެކުނު އެފްރިކާގެ ކްލައިޑް މާޓިންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ މުބާރާތުގައި 17 ދިވެހި އެތުލީޓުން ވަނީ ވާދަ ކޮށްފަ އެވެ. އޭގެ ތެރޭގައި މުބާރާތް ހޯސްޓު ކުރާ ތުލުސްދޫ އަށް ވައިލްޑް ކާޑް އުސޫލުން ދެ ޖާގަ، އޭއެސްއެފުން ދިނެވެ.

ދިވެހި ދެ ޓީމާ އެކު މިއަހަރުގެ މުބާރާތުގައި 14 ދިވެހި އެތުލީޓުންނަށް މިވަނީ އޭޝިއާގެ އެންމެ މަތީ ފަންތީގެ ސާފަރުންނާ ދެކޮޅަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިފަ އެވެ.

ދިވެހި އެތުލީޓުންނަށް މިއަހަރު އިރުޝާދު ދޭނީ، އޭއެސްއެފް އޭޝިއަން ސާފިން ޗެމްޕިއަންޝިޕްސްގެ ކުރީ ދެ މުބާރާތުގައި ވެސް ފިރިހެން އޯޕަން ބައިން ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިން ހުސެއިން އަރީފް (އިބޫ) އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454