އުމުރުން 95 އަހަރުގެ ކެންޔާ ފިރިހެނަކު އޭނާގެ 90 އަހަރުވީ ލޯބިވެރިޔާއާ ކައިވެނިކުރި ހަފްލާ.
20 އޯގަސްޓް 2024 - 06:12
އުމުރުން 95 އަހަރުގެ ކެންޔާ ފިރިހެނަކު އޭނާގެ 90 އަހަރުވީ ލޯބިވެރިޔާއާ ކައިވެނިކޮށްފި އެވެ.
ސިޓިޒަން ޑިޖިޓަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިބްރާހިމް އެމްބޯގޯ އާއި ތަބީތާ ވަންގީ ކައިވެނިކުރީ ބައްދަލުވިތާ 60 އަހަރު ފަހުންނެވެ.
"އަހަންނާ ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ 1960 ވަނަ އަހަރު، އަޑުއިވޭތަ؟ ކެންޔާގެ ވެރިރަށް ނައިރޯބީގެ އިރު އުތުރުގައި އޮންނަ އަވަށެއް ކަމަށްވާ މުކުރްވެއިނީގައި ކުރި ކައިވެނީގެ ހަފްލާއަށް ފަހު އެމްބޯގޯ ދެއްކި ވާހަކައާ ހަވާލާދީ ބުނެފައިވެ އެވެ.
އެމްބޯގޯ އާއި ތަބީތާ ވަންގީގެ ލޯބީގެ ސިއްރާ ބެހޭގޮތުން ސުވާލު ކުރުމުން ވަންގީ، ސިޓިޒަން ޑިޖިޓަލްއަށް ބުނީ އަނބިން، ފިރިންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި އެކަން ކޮށްފި ނަމަ އުފަލުގައި އުޅެވޭނެ ކަމަށެވެ.
"ގޯސްކަމެއް ނުކުރާތި. ކުރެވުނަސް މާފަށް އެދެންވާނެ،" އޭނާ ބުންޏެވެ.
ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ހުދު ކުލައިގެ ތީމެއްގަ އެވެ. ވަންގީ ހުދު ކުލައިގެ ވެޑިން ޑްރެސްއެއްގައި ހުރި އިރު އެމްބޯގޯ ހުރީ އަޅި ކުލައިގެ ސޫޓެއް ލައި ރިހި ކުލައިގެ ޓައިއެއް އަޅައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފެދޭ ސުވާލު
20 August 2024
60 އަހަރުވަންދެން ކައިވެނި ނުކޮށް މަޑުކުރަންޖެހުނީ ކީއްވެބާ؟ ހަގީގީ ލޯބިކަން ޔަގީންކުރަން 60 އަހަރުނެގީބާ؟ ތިވަރުގެ ވަރުގަދަ ވާހަކައެއް ގެނެސްދޭއިރު ސަބަބު ނުލިއުނީމާ ދެން ކިޔާ މީހުން ތިވާހަކަ ނިންމަދޭނެ ހިތުހުރި ގޮތަކަށް
888888
20 August 2024
މަރުހަބާ އިބުރާހީމް. މަރުހަބާ ތަބީތާ.
ބީރުބޮލް
20 August 2024
ތި ދެމީހުން ބަލާފަ ކެންޔާ ދެމީހުން ވައްތަރެއް ނުޖަހާ!
މާމަކާފަ
20 August 2024
ދެން މިއޮތްހާދުވަހު ދެމީހުން ކީއްކުރީ..
އައިނު
20 August 2024
މަ މިދަނީ އައިނެއް ހައްދަން. މަށަށް ހުދުކުލައިގެ ވެޑިންގ ޑްރެސް ފެންނަނީ އަޅިކުލައިގަ. ކަލަރ ބްލައިންޑް އައިއެމް
އަސްލުތަ
20 August 2024
ތިއީ ހަމަ ކެންޔާ ބައެއްގެ ފޮޓޯތަ؟
ބިސްބެ
20 August 2024
މީ ހަގީގީ ލޯތްބަކީ.