އުރީދޫ ހެޑް އޮފީސް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 އޯގަސްޓް 2024 - 06:31
އުރީދޫގެ ކަސްޓަމަރުންނަށް ލަޔަންސްގޭޓް ޕްލޭ ތައާރަފްކޮށްފި އެވެ.
މިއީ ޕްރިމިއަމް ގިނަ ކޮންޓެންޓުތަކެއް ހިމެނޭ ސްޓްރީމިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގައި ބްލޮކްބަސްޓާ ފިލްމުތަކާއި އޮރިޖިނަލް ސީރީޒްތަކާއި މުނިފޫހިފިލުވުމުގެ ތަފާތު އެކި ކޮންޓެންޓު ސްޓްރީމްކޮށް ބެލޭނެ އެވެ. އުރީދޫން ބުނި ގޮތުގައި އެކި އުމުރުތަކުގެ މީހުންނަށް ކަމުދާނެ ތަފާތު ގިނަ ކޮންޓެންޓުތަކެއް ހިމެނޭ މި ސްޓްރީމިން ޕްލެޓްފޯމު ތައާރަފްކުރީ ދިވެހިންނަށް މުނިފޫހިފިލުވުމަށް ބޭރުގެ ކޮންޓެންޓުތައް ބެލޭނެ ރަނގަޅު ޕްލެޓްފޯމެއް ހޯދައިދިނުމަށެވެ.
މި ޕްލެޓްފޯމު އުރީދޫން ތައާރަފްކުރީ ހާއްސަ ޕެކޭޖުތަކަކާ ވެސް އެކު އެވެ. މިއީ 250ރ. ލަޔަންސްގޭޓް ޕްލޭ ސަބްސްކްރިޕްޝަނާ އެކު 100 ޖީބީ ލިބޭ ޕެކެކެވެ. މި ޕެކް އުރީދޫ ސުޕާ އެޕުން އެކްޓިވޭޓުކުރެވޭނެ އެވެ.
އުރީދޫން ލަޔަންސްގޭޓާ އެކު ގާއިމުކުރި ޕާޓްނާޝިޕާ ގުޅިގެން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ މިއީ އުރީދޫ ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެން ދާނެ ކަމެއް ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ މި ފަދަ ތަފާތު ތަޖުރިބާތައް ކަސްޓަމަރުންނަށް ހޯދައި ދިނުމަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy