ދިރާގުގެ މުވައްޒަފުން އީދު ދުވަހު ހަދިޔާ ބަހަނީ: ދިރާގުގެ އިޖުތިމާއީ ހިދުމަތްތަކުގެ ތެރެއިން އިންސާނިއްޔަތަށް އެހީވުމުގެ ގޮތުން ދިވެހި ރެޑް ކްރެސެންޓާ އެކު ވެސް އަންނަނީ މަސައްކަތްކުރަމުން.
20 އޯގަސްޓް 2024 - 06:30
ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމިއްޔާއިން ތައާރަފް ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް ދިރާގުން 2024 – 2025 ވަނަ އަހަރަށް އާކޮށްފި އެވެ.
މި ޕާޓްނާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުންދޭ ހިދުމަތްތަކުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ދިރާގަކީ ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރެޓް މެމްބަރެއްގެ ގޮތުގައި 2018 އިން 2022 ވަނަ އަހަރާ ހަމައަށް ހަރަކާތްތެރިވެ، އެ ޖައްމިއްޔާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކުންފުންޏެކެވެ.
ދިވެހި ރެޑް ކްރެސެންޓްގެ ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވްގައި ޕާރޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން، އެކި ކާރިސާތަކުގަ އާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެކަމަށް ދިރާގުން ބުންޏެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނެ އެވެ.
މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވަނީ ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށްޓަކާ ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުންދޭނެކަން ޔަގީންކަން ދެއްވާފަ އެވެ.
ފާއިތުވި އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮއްދޭ ހިދުމަތްތައް ދިނުމުގަ އާއި މަސައްކަތްތައް ފުޅާ ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރަމެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމުކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް20
20 August 2024
ދިރާގުގެ ފަރާތުން ރެޑް ކްރެސެންޓަށް ކަމެއް ކޮށްދެއްވަންޔާ، ހުޅޫމާލެއިން އެބައިމީހުންނަށް ލިބިފައިވާ ބިމުގައި ރަގަޅު ފެންވަރެއްގެ މިފަދަ މަސައްކަތަކަށް އެކަށޭން އިމާރާތެއް ކުރުމަށް އެހީތެރިވެދިނުމަކީ އަޅުގަނޑުގެ އެދުމެއް. އެތަނުގައި މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން، ރ.ކ. އަށް މިފަދަ އިމާރާތެއްގެ މުހިއްމުކަން ވަރަށް ރަނގަޅަށް އިނގޭ. އެތަނުން ދޭ އިންސާނީ އެހީ މުޅި މުޖުތަމައު ބަލައިގަނޭ!