ރައީސް މުއިއްޒާއި ގާސިމް ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
20 އޯގަސްޓް 2024 - 16:17
ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިތަކުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާބަން ސެންޓަރުތަކެއް ކަނޑައަޅައި ގާނޫނީ ގޮތުން ބާރު ދޭން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ ބަހުސްގައި ގާސިމް ވިދާޅުވީ، މިއަދު ދިމާވެފައި ހާލަތުގައި އެއް ބަޔަކާ އަނެއް ބަޔަކު ޖެހިގަނެ، ނަފުރަތު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު މި ހިސާބަށް ގައުމު ވެއްޓި ދަރަނި ބޮޑުވެގެން ދިއުމުގައި މަޖިލިހުގެ މެންބަރުންގެ ޒިންމާ ވެސް އެބައޮތް ކަމަށެވެ. އެ ނޫން ގޮތަކަށް ގަބޫލުކުރާ ނަމަ އެއީ މައްސަލައެއް ކަމަށާއި މަޖިލިހުގެ މެމްބަރުންގެ މަސްއޫލިއްޔަތުތަކެއް އަދާ ނުކުރެވި އެބައޮތް ކަމަށެވެ.
"އެހެންވީމާ ވެރިކަމަށް އައި ބޭފުޅުން އެކަންޏެއް ނޫން ގޯހެއް ހެދިފައި އޮތް ކަމަށް ވަންޏާ ވަނީ. އެކުވެރިކަމާ އެކު، އެއްބާރުލައިގެން މިއަދު އޮތް ހާލަތުން ސަލާމަތްވުމަށްޓަކައި އަދުގެ ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅަށް އިހުލާސްތެރިކަމާ އެކު، ވަފާތެރިކަމާ އެކު ސަޕޯޓު ކޮށްގެން ކުރިއަށް ދިއުން ނޫން އެހެން ގޮތެއް ނެތް،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަތުމަށްޓަކައި އެކަކު އަނެކަކަށް ނަފުރަތު ނުކޮށް، ގުޅިގެން މަސައްކަތް ކޮށް ރައީސް މުއިއްޒަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ.
އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރީމާ ނަފުރަތުގެ ހުޅުގަނޑު ރޯކުރީމާ އެ ދަންމަރުގައި ހިފައިގެން ދުވާން ތިބީ ކޮން ބައެއްތޯ. އަޅުގަނޑުމެން. އަޅުގަނޑުމެން އަމިއްލައަށް ހަލާކުގެތެރެއަށް މިދަނީ،"--- ގާސިމް
އެ ނޫން ގޮތަކަށް ކަންކަން ބައްޓަން ކުރާ ނަމަ ގައުމު އިތުރަށް ފަސާދަވާނެ ކަމަށާއި އެއް ރޫހެއްގައި އެއް އަޒުމެއްގައި މަސައްކަތް ކޮށްގެން ނޫނީ ސަލާމަތް ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ވަނީ އަޅަން ޖެހޭ ފިޔަވަޅެއް ވަގުތުން އަޅައި، ހަަރަދު ކުޑަކޮށް، ކުރަން ޖެހޭ ހަރަދެއް ކުޑަކޮށްގެން ދަރަނި ތަކުން ސަލާމަތް ވުމަށް އަވަސް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.
"އަޅުގަނޑުމެން ދެ އަހަރެއްހާ ދުވަހަށް ނުވަތަ ދޮޅު އަހަރެއްހާ ދުވަހަށް ހަމަ އަޅުގަނޑުމެން ކަމަރުތައް ބާރުކޮށްލައިގެން ބަނޑު ހިންދާލައިގެން ތިބެން ޖެހޭ ދުވަސް މި އޮތީ ކުއްތަން ވެފައޭ، ކައިރިވެފައޭ. އަޅުގަނޑުމެން އެ މަގަށް ނުގެންގޮސްފި ނަމަ އަޅުގަނޑުމެން ކިޔަވަން ގޮސް ހުރި ކުއްޖާ އަށް ލާރިކޮޅު ވެސް ނުފޮނުވޭނެ،" ގައުމުގެ އިގުތިސާދީ ހާލަތު ބަޔާން ކޮށްދެއްވަމުން ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަންނަން ޖެހޭ އިންޖެކްޝަން ވެސް ނުގަނެވޭނެ. އަޅުގަނޑުމެން އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރީމާ ނަފްރަތުގެ ހުޅުގަނޑު ރޯކުރީމާ އެ ދަންމަރުގައި ހިފައިގެން ދުވާން ތިބީ ކޮން ބައެއްތޯ. އަޅުގަނޑުމެން. އަޅުގަނޑުމެން އަމިއްލައަށް ހަލާކުގެ ތެރެއަށް މިދަނީ."
ގާސިމް މިއަދު މި މޭރުމުން ވާހަކަ ދެއްކެވި ނަމަވެސް، ސަރުކާރުގެ ބައެއް ނިންމުންތަކާއި ބިލްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން މިދިޔަ ހަފުތާގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގަ އާއި ބައެެއް ކޮމިޓީތަކުގައި ވާހަކަ ދައްކަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
22 August 2024
އަމިއްލަ ވިޔަފާރީގެ ފައިދާ 6 ގުނައަށް ޖެއްސޭނީ ތިޔަ ގޮތަށް
މަންޖުމަތު
22 August 2024
ގާސިމު އިބްރާހީމް މިއަދު އެގޮވަނީ ކުރީސަރުކާރޭ. ކުރީސަރުކާރޭ. ބަލަ މީނަ މީ ކުރީގަ ކޮންތާކު ހުރި މީހެއްތޯ؟ ކުރީސަރުކާރުން ހޭވި ހުރިހާ ހަޑިއެއްގައި މީނާއާ މީނާގެ އަނބިކަނބަލުން ހިމެނޭނޫންތޯ. މިއަދު ރައީސަށް އެއްބާރުލުން ނުދެވިގެން މޮޔަވަނީ. މީގެ 5 އަހަރު ފަހުން އެހެން ސަރުކާރެއް އައިމަ މީނާގެ އަނގައިން އަނެއްކާވެސް ގޮވާނެ ކުރީސަރުކާރޭ ކުރީސަރުކާރޭ. އެއްސަރުކާރަކަށްވެސް މިމީހުންގެ ފަރާތުން މޮޅެއް ނުވާނެ. ހުރިހާ މޮޅެއް މިމީހުން ނަގާނީ.
ފަހުދު.
21 August 2024
ގާސިމުމެންކަހަލަ ގައްދާރުން ނެތްްދުވަހަކުން ގައުމު އމިއްލެޔަކަށް ހަމަމަގަށް އެޅޭނެ
ސަލީމްބެެ
21 August 2024
ގައުމު މި ވައްޓާލީ ކޮންފަދަ ބޮޑު އަނދަވަޅަކަށް. މިކަން ހަމަ މަގަށް އަޅުވަން އެންމެންގެ އެއްބާރުލުން ބޭނުންވާނެ. ހުރިހާ ކައުންސިލްތަކުން ވިޔަސް، މަޖިލީހުން ވިޔަސް، ވުޒާރާތަކުންވިޔަސް އަދި އާންމުންގެ ކިބައިންވިޔަސް. މިއަދު އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތް އިސްކުރަންޖެހޭ
އަލީ ޒުބައިރްް
21 August 2024
ގާސިމުއަށް ނަސޭހަތެއް ދެންތަ ވަރަށް ރަނގަޅު؟ ހުންނަންޏާ ކޮންމެވެސް އެއްކޮޅެއްގަ ހުރޭ. ގާސިމް ހުއްޓަސް ނެތަސް މިގައުމު ހަމަ މަގަށް އަޅުވާނެ.
ފައިޒާން ޒާހިރުު
21 August 2024
ފައިސާއަށްޓަކައި މިގައުމު ކޮންޕްރޮމައިސްއެއް ރައިސް މުއިޒްއެއްނުކުރާނެ. ގާސިމް އަދި ކުރިޔަސް
އަލީމްް
21 August 2024
މިގައުމު މިހާލަތަށް ވެއްޓުނީ ގާސިމުގެވެސް އަތެއް އޮވެގެން. ގާސިމު އެއްބާރުލުން ދިނަސް ނުދިނަސް މިގައުމު ހަމަ މަގަށް ރައީސް މުއިއްޒު އަޅުވާނެެ
ވަސް
21 August 2024
އިގިލި ދިއްކޮށް އިލްޒާމް އަޅުވަނީ ތިބޭފުޅާ ނޫންތޯ؟
ގަދަރުވެރިޔާ
21 August 2024
ގާސިމާ ކަލޭ ތީ ވާ މީހެއް. ކޮންމެ ސަރުކާރެއް އަންނަ އިރަށް ސަނާ ކިޔަމުންގޮސް ހަމަ ފޮނިކޮޅު ބޯލާނެ. މޮޅުކަމަކީ ސަރުކާރުތަކުން ވެސް މިކަހަލަ "މނފގނ" ވެސް ބައިގަނޭ. ކަޓެއް ދެނީ ތޯއްޖެ އެންމެ މަތީ ލެވެލްއަށް ވެސް
ފާނަކޮށި
21 August 2024
މިސޮރު މީނީ ކުޑަވެފައެއްނު ތޯ....ހެހެހެހެހެ