ބުޅަލެއް މަގުމަތީގައި ނިދައިފައި: ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ވަނީ ބޮޑުވެފައި.-- ފޮޓޯ: މިހާރު
21 އޯގަސްޓް 2024 - 19:55
ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެގެން އެކަން ނުކުރަން އެ ރަށު ކައުންސިލުން މިއަދު އަންގައިފި އެވެ.
ގައްދޫ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ އެ ރަށުގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރާކަން ކައުންސިލަށް ފާހަގަވެފައިވާ ކަމަށެވެ. ރަށުގެ ބޭރު މަގާއި އެކިއެކި ދިމާލުން މަރުވެފައިވާ ބުޅަލާއި ކާޅުތައް މިދިޔަ ހަފުތާގައި ފެނިފައިވާ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ބޭސް ބޭނުންކޮށްގެން ބުޅާ މަރާ މައްސަލަ ބޮޑުވެ، އާންމުންނަށް އޭގެ އުނދަގޫތައް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކައުންސިލުން ވަނީ މިއީ ވިއްސާރަ ވެސް ދުވަސްވަރަކަށް ވާތީ، އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރުމުގެ ބިރު އޮތުމުން އެކަން އެގޮތަށް ނުކުރަން އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
"ވީމާ، އާންމު ފަރުދެއްގެ ހައިސިއްޔަތުން މިފަދަ ކަންތައްތައް ނުކުރުމަށް އިލްތިމާސްކުރަމެވެ،" ކައުންސިލުން ބުންޏެވެ.
ބުޅާ މަރާތީ ގައްދޫ ކައުންސިލުން އިއުލާނެއް މި ނެރުނީ، މާލޭގައި ބުޅާތައް މަރައިގެން އޭގެން ބިދޭސީއަކު ކާތަކެތި ތައްޔާރުކުރާ ކަމުގެ މައްސަލައެއް ފެންމަތިވެފައި އޮއްވަ އެވެ. މުޑުދާރުކޮށް އެކި ވައްތަރުގެ ކާތަކެތި ތައްޔާރުކޮށް ވިއްކައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު އެ ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހޭ
23 August 2024
ބުނަން ވާހަކައެއް. ބުޅާވެސް އުޅެންވާނެ. އެކަމަކު ރާއްޖޭގައި ބުޅާ ގިނަވެގެން ބުޅަލުގެ ނަޖިހުން މީހުން ގަޔަށް އަރާ ބަލި ނިސްބަތުން ގިނަ. ބުޅާ ގިނަ ވީމަ މަދު ކުރުމަކަށް އެކަކުވެސް ނޫޅޭ. ދެން ރައްޔިތުން އަމިއްލަޔަށް ކަމެއް ކުރާއިރަށް ބަޔާން ނެރެ އެންގުން އަންގާނެކަމެއް ނެތް. ބުޅަލުގެ ރައިޓްސް އޮންނާނީ އިންސާނުންނަށް ގެއްލުން ނުވާ ހިސާބުން. ޒަހަރު ދީގެން މަރުވީމަ ނަގާ ވަޅުލަބަލަ. ބަޔާން ނެރޭނެ ކަމެއް ނެތް.
ދޮންބުޅާ
23 August 2024
ބުޅަލާ އިދިކޮޅުބަޔަކުވެސް ރާއްޖޭގައި އުޅޭ.. ބުޅާދެކެ ބިރުގަންނަމީހުން!
ކިންގް އިލްހާމް
23 August 2024
ހެޔޮނުވާނެ ތިޔަ ފަދަ ހިތްދަތިކަމާއި އެކު އެސޮރުމެން މަރާކަށް ﷲ ގެ އުޤޫބާތަށް ބިރުވެރިވެބަލަ.
ކިސްމަތުޚި
22 August 2024
ދެން މި ބުޅާތައް ބޭރުކޮށްފަ އަހަރުމެންއަށް ކެވޭ ކަހަލަ ޖަނަވާރެއް ރާއްޖޭގަ އާލާ ކޮށްބަލަ ' ބަކަރި ' ކުކުޅުކަހަލަ.
އެކްސްޓިންކްޓް
22 August 2024
ތީގަ ކޮބާ މައްސަލައަކީ
އިސްމާލި
22 August 2024
ކައުންސިލުން ކަންބޮޑުވަނީ ބުޅާ މަރުވެގެން ކުނިވެދާނެތީ ދޯ. ބުޅާތައް ގިނަވެގެން އޭގެ ގުއިތައް ތެރޭ ކުދިން ހިނގާ، މިކަމުން ބަލިމަޑުކަމެއް ފެތުރިދާނެތީ ކަންބޮޑެއް ނުވޭ ދޯ. ނުވިތާކައް އެ ބުޅާތަކަށް އަޅާ ކައިގެން މީދާތައް ފަލަވެ ގިނަވާތީ ކަންބޮޑެއް ނުވޭ ދޯ؟
ގިނވުނ
22 August 2024
ކޮންމެ އެއްޗެއްވެސް ވަކިވަރަކަށް ގިނަވީމަ ކޮންމެވެސް އުނދަގުލެއް ޖެހޭނެ ހެން ހީވަނީ....... މިޔަރު ގިނަވެގެން މަސްބާނަން އުނދަގޫ...... މާލޭގައި މީހުން ދިރިއުޅޭ ގިނަވެ އިންސާނުން ދިރިއުޅުމަށް އުނދަގުލަކަށް ވެއްޖެ.......
ބޮޑު އަނގަ
22 August 2024
އަޅެ އެ ބުޅަލުގެ ނަޖިސް މު ޅި ރަށުގައި. އަހަރުމެންގެ ދަރިންނަށް ފައި ނޭޅެ، އެއަށް ނޭރޭ ގޮތަކަށް. އެ ނަޖިހުން ދަރިންގެ ލޮލަށާ، ދަރިމައިވުމުގެ ސިއްހަތަށް ލިބޭ ގެއްލުމުން ދަރިން ސަލާމަތްކޮށްދޭން ކައުންސިލުން އެ ބުޅާތައް ނުވިހާ ގޮތް ހަދައި، އެ ވަކި ފަޅުރަށަކަށް ލާބަލަ. އެއަށް ކާންދޭ މީހުންނާ ވެސް އެކު.
އިޓްސް އޯކޭ
22 August 2024
ރަށުގައި މީދާ ގިނަ ނުވާވަރު ބަލައިގެން، ބުޅަލަށްވެސް ކުދި އަނިޔާ ނުކޮށް ހަމަ މަރަންވީ. އެއީ އޭގެ ސަބަބުން ވަރަށް ބޮޑެތި ބަލިތައް ޖެހޭތީ. މިސާލަކަށް ބުޅަލުގެ ނަޖިހުގެ ސަބަބުން ޖެހޭ ލޮލުގެ ވަރަށް ނުރައްކާރެރި ބައްޔެއް، މިހާރު ކިތަންމެ ބަޔަކަށް ޖެހިއްޖެ.
މިހާލު
21 August 2024
ޢިންސާނުން މަރާ އަނިޔާކުޜާބަޔަކައް ބުޅާވާނެތަ އެއްޗަކައް