އެމްއައިބީގެ މެނޭޖިންގް ޑައިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ އާއި ކްލީން މޯލްޑިވްސްގެ ރައީސާ ހަފްސްތު އަލީމް.
21 އޯގަސްޓް 2024 - 21:05
މާލެ ސަރަައްދުގައި ދަތުރުދާ ރަށް، ކުޑަގިރީގައި އެމްއައިބީން 1،000 ގަސް އިންދަން ކްލީން މޯލްޑިވްސްއާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެމްއައިބީގައި އޮތް ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، މުފައްދަލް އިދުރީސް ހުމްރީ އެވެ. ކްލީން މޯލްޑިވްސް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސާ ހަފްސްތު އަލީމް އެވެ.
އެމްއައިބީން ބުނި ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގައި 1،000 ގަސް އިންދުމުގެ އިތުރުން އެ އެމްއޯޔޫގެ ދަށުން ހޭލުންތެރިކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ގަސް އިންދައި ފެހިކުރަން، އެކި ރަށްރަށުގެ ރައްޔިތުން އަހުލުވެރިކުރުވުމާ އެކު އެ ރަށްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.
އެމްއައިބީން އަންނަނީ މުޖުތަމައަށް ދެމެހެއްޓެނިވި ގޮތުގައި ފައިދާކުރާނެ މިފަދަ އެކި މަސައްކަތްތައް ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy