ޕީޖީ ޝަމީމް މިރޭ ޕީޖީ އޮފީހުން ނުކުމެވަޑައިގަންނަވާއިރު މުވައްޒަފުން އަތްތިލަބަޑި ޖަހަން: އޭނާއަށް އަރުވާފައިވަނީ ރަތްދޫލައިގެ ވަދާއުއެއް
22 އޯގަސްޓް 2024 - 21:14
ހަތަރު އަހަރުގެ ހިދުމަތަށް ފަހު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިރޭ ހުސެއިން ޝަމީމް ނުކުމެވަޑައިގެންނެވީ ރަތްދޫލައެއްގެ މަތިންނެވެ. އެ އޮފީހުގެ މުވައްޒަފުން ވަނީ ޝަމީމަށް ޝުކުރު އަދާކުރުމުގެ ގޮތުން ރަތްދޫލައިގެ އަލްވަދާއު ކިޔައިފަ އެވެ.
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމުން ޝަމީމް ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމައިފަ އެވެ. އެ މައްސަލާގައި ގޮތެއް ނިންމަން މިރޭ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނިކޮށް ޝަމީމް ވަނީ އޭނާ އިސްތިއުފާ އިއުލާން ކުރައްވައިފަ އެވެ.
ޝަމީމް މިއަދު ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރާއި އަށް މަސްދުވަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ދިޔައީ ގާނޫނުއަސާސީ އާއި، ގާނޫނުތަކާ އެއްގޮތްވާގޮތުގެ މަތިން، ތައައްސުބުން އެއްކިބާވެހުރެ މިނިވަންކަމާއެކު، އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ވަކި ފަރާތަކަށް މަންފާއެއްވެސް ހޯދައިދިނުމެއް ނެތި ކަމަށެވެ.
"އަޅުގަނޑަށް ނުފޫޒު ފޯރުވުމަށް އެކި ބޭފުޅުން ސީދާގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރެއްވި ނަމަވެސް، އަޅުގަނޑުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެ،" ޝަމީމް ވިދާޅުވި އެވެ.
ޕީޖީ ޝަމީމް މިރޭ ޕީޖީ އޮފީހުން ނުކުމެވަޑައިގަންނަވާއިރު މުވައްޒަފުން އަތްތިލަބަޑި ޖަހަން: އޭނާއަށް އަރުވާފައިވަނީ ރަތްދޫލައިގެ ވަދާއުއެއް
ޝަމީމް ވިދާޅުވީ:
- ފާއިތުވެދިޔަ ފަސް އަހަރު ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުން މައުލޫމާތާއި ތަފާސްހިސާބު ޢާއްމުކޮށްފައިވާ މިންވަރަށް ބައްލަވައިފިނަމަ، ޕީޖީ އޮފީހަކީ އާދަޔާ ޚިލާފަށް ހާމަކަން ބޮޑު ގޮތެއްގައި، ދެ ފުށްފެންނަ ގޮތެއްގައި މައުލޫމާތާއި ތަފާސްހިސާބު އާއްމުކުރަމުން އަންނަ އޮފީހެއް ކަމަށް
- ފޮރުވި ކަމެއް ނުވަތަ އޮޅުވާލި ކަމެއްވެސް ނޯންނާނެ ކަމަށް
- އޮފީހުގެ އަހަރީ ރިޕޯޓުގެ އިތުރުން، ޕީޖީ އޮފީހަކީ ރައްޔިތުންނަށް އަދާހަމަ މައުލޫމާތާއި ތަފާސްހިސާބު ފޯރުކޮށްދޭ އޮފީހަކަށް ހެދުމަށްޓަކައި، “aamahi.pgo.mv” ގެ ނަމުގައިވާނީ އެކަމަށް ހާއްސަ ވެބްސައިޓެއް އިފްތިތާހުކޮށްފައިވާނެ ކަމަށް
- ކޮންމެ ދުވަހަކު، ތަހުގީގީ އިދާރާތަކުން ޕީޖީ އޮފީހާ މަޝްވަރާކުރާ މައްސަލަތަކާއި، އޮފީހުން ކޯޓަށް ހުށަހަޅާ މައްސަލަތަކާއި، ކޯޓުގައި މައްސަލަ ތާވަލުކުރާ ގޮތާއި، މައްސަލަތައް ނިމޭ ގޮތާބެހޭ ހުރިހާ މައުލޫމާތެއް ވެބްސައިޓުން ފެންނާނެ ކަމަށް.
- ދުނިޔޭގެ ފެންވަރުގައިވެސް، ޓްރާންސްޕޭރަންޓް، އެފިޝަންޓް، ޚަރަދުކުޑަ، ފުރިހަމަ މަސައްކަތެއް ކުރެވޭ އޮފީހެއް އުފައްދައި، އެ އޮފީސް، ވަކި ނިޒާމެއްގެ ތެރެއިން ހިންގުމަށް މަގުފަހިކޮށްފައިވާނެ ކަމަށް.
ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަމީމް ވިދާޅުވީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާ އޭނާ ހަވާލުވުމުގެ ކުރިން، އޮފީހުގެ މަސައްކަތްތައް ތަރުތީބުވެފައި އޮންނަންވީ ގޮތާއި، މައްސަލަތަކުގައި ފިޔަވަޅު އަޅާނެ އުސޫލުތަކާއި، ނިންމާ ނިންމުންތަކަކީ ތަފްސީލީ ގޮތެއްގައި ލިޔެވިފައި އޮތް ކަންކަމެއް ނޫން ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ނިންމުންތައް ނިންމުމުގައި އެއްގޮތްކަން ކަށަވަރުކުރާނެ ނިޒާމެއް އޭރަކު ނެތް ކަމަށެވެ.
"އެހެންނަމަވެސް، އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށްފަހު އެންމެ އިސްކަމެއް ދީގެން ކުރި އެއް މަސައްކަތަކީ، މައްސަލަތަކުގައި ފިޔަވަޅު އަޅާނެގޮތުގެ އުސޫލުތައް ލިޔުމަށް ތިރިކުރުމުގެ މަސައްކަތް. ޔުނިޓްތަކުގެ މެންޑޭޓް އެކުލަވާލާ ކޮންމެ ޔުނިޓަކުންވެސް މައްސަލަތަކުގައި ފިޔަވަޅު އަޅާނެގޮތުގެ އެސްއޯޕީތައް މިހާރު ހުންނާނީ ލިޔެފައި،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މާދަމާ އޭނާ މަގާމުގައި ނެތަސްވެސް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ހިނގާނީ ވަކި ނިޒާމަކުން، ވަކި ހަމަތަކެއްގެ މަތިން، ލިޔެވިފައި ހުރި އުސޫލުތަކާ އެއްގޮތަކަށްކަން ޔަގީންކުރާ ކަމަށެވެ.
"ޕްރޮސިކިއުޓާ ޖެނެރަލަކީ ވަކި ފަރާތަކަށް ބުރަ ނުވެ، މުސްތަގިއްލުކަމާ އެކު މަސައްކަތްކުރާ މީހެއްކަން އަޅުގަނޑު ވާނީ ބަހާއި އަމަލުން ދައްކުވައިދީފައި،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަމީމް ވިދާޅުވި ގޮތުގައި:
- ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ދާއިރާއިންނާއި އެފިޝަންސީގެ ދާއިރާއިން، ލާމަސީލު އޮފީހެއް ގާއިމުކޮށްފައިވާނެ
- ޕީޖީ އޮފީހުން ޢާންމުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިންކޮށް ލިބެން ހުންނާނެ
- ކުށުގެ ރެކޯޑު، 10 މިނިޓުން ސާފުކުރެވޭނެ އަދި ދައުވާލިބޭ މީހާއާއި، މައްސަލައިގައި އަނިޔާ ލިބޭ މީހުންނަށް އެމީހުންގެ މައްސަލަތަކާބެހޭ މައުލޫމާތު އޮންލައިންކޮށް ބަލައިލެވޭނެ
- ޕީޖީ އޮފީހަށް ސިޓީއެއް ފޮނުވުމަށް ވެލާނާގޭ އޮފީހަށް ދާކަށް ނުޖެހޭނެ ކަމާއި ސިޓީއެއް ފޮނުވުމުން، ޖަވާބުދޭނެ ދުވަސް، އެސްއެމްއެސްއަކުން އަންގާނެ
- ޕީޖީ އޮފީހަށް، ދައުލަތުގެ 700 އަށްވުރެ ގިނަ އިދާރާތަކާ ސީދާ ކޮށް، އޮންލައިންކޮށް މުޢާމަލާތުކުރެވޭނެ ގާބިލުކަން ހުރީ ގާއިމުކުރެވިފައި.
- ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ ގާނޫނުތައް އެއްތަނަކުން ފެންނަ ވެބްސައިޓެއް ހެދާފައިވާއިރު ދުވާލަކު ހައެއްކަ ހާސް މީހުން އެ ވެބްސައިޓު އެބަ ބޭނުންކުރޭ.
ޝަމީމް، ޕީޖީ އޮފީހުގެ ވަކީލަކާ އެކު: އޭނާ މަގާމުން ވަކި ކުރަން ކޮމިޓީއިން ވަނީ ނިންމާފައި - ފޮޓޯ: ނިޝާން އަލީ / މިހާރު
ޝަމީމް ވިދާޅުވީ ޕީޖީ އޮފީހަށް ފޯނުކޯލެއް މިސްނުވާތާ އަހަރެއް ވެއްޖެ ކަމަށާއި ފޯނަށް ޖަވާބުދޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ހަމަ ކޮންމެ ފޯނު ކޯލަކަށް ޖަވާބުދޭނެ ނިޒާމެއް އެބައޮތް ކަމަށެވެ. މިފަދަ ނިޒާމެއް، ދައުލަތުގެ އެހެން އެއްވެސް އިދާރާއެއްގައި އަދިވެސް ނެތް ކަމަށެވެ.
"މި ކުރިއެރުންތަކަކީ ރާއްޖެއާއި ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކުރެވޭފަދަ ކުރިއެރުންތަކެއް. އަޅުގަނޑު ކުރާ މަސައްކަތް ވެސް ދުނިޔޭގެ ފެންވަރު،" ޝަމީމް ވިދާޅުވި އެވެ.
"މާތްﷲގެ އަމުރާއި އިރާދަފުޅުން، އަޅުގަނޑާ މަތިކުރި ކަންތައް އަޅުގަނޑު ކޮށްފީން. އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
24 August 2024
މަސަައްކަތަކާނުލާ ލިބޭފައިސާއިން ބައެއް މުއައްޒަފުންގެ އުފަލަށް ހަރަދުކުރަންޔާ މިފަދަ ފެއަރވެލްތަށް އޮންނާނެ އަދި ދެންއަންނަ ޕީޖީއަށް ޖެއްސުންވެސްކުރާނެ. ބަހާފައިސާއަކީ ހަލާލް ގޮތުގައި އެމީހަކު ހޯދިފައިސާތޯ ބަލާކަށް އަދި ވިސްނާކަށްވެސް ބޭނުމެއްނުވާނެ. ޜިސޯޓްތަކުގައި ހޭދަކުރާދުވަސްތަކަކީ ހަމަ އެވަޒީފާގަނެތަސް ލިބޭނެއެއްޗަކީތޯ..ކޭސް އެއް ކުރިޔަށްނުގެންދަން ނިންމުމަކީ ކިތައްމީހުންގެ ހައްޤަށް އެފަހަރާ އަރާގަނެވުންކަމުގައި ވެދާނެކަމަށް ވިސްނާލިންތޯ
ތި ހީކުރާ މީހާ
24 August 2024
ހާދަ ގަޑެއްވެސް ނެތް ބައެކޭ މި ކޮމެންޓް ކުރަނީ އެހެން މީހުން ނަމުގަ. ކިޔާ އެއްޗެއް ކުރިމަތިލައިގެން ކިޔާލުން ރަނގަޅުވާނެ. ކޮން ބައެެއްކަން ނޭނގޭނެކަމަށް ހިތާ ފަރުދާގެ ފުރަގަހުގައި ތިބޭނީ ފިނޑިން. #ނާތަހުޒީބު
ބަޑީ
23 August 2024
މަސައްކަތްނުކޮށް ކަންފަސޭހަކޮށް އުޅުމުގެ ސަޤާފަތެއް ޕީޖީ އޮފީހުގައި އުފައްދާފައި ޝަމީމު އެދިޔައީ. ދެން ތިތަން އިސްލާޙުކުރަން އުޅޭ މީހަކު ހަލާކުވާނީ.
ށަމްބެ
23 August 2024
ޜަތްދޫލަ އެޅީ އޭނަ އިސްތިއުފަަ ދޭނެކަން އަންގާފަ ތިބި އޭނަގެ ގަބީލާގެ މީހުން. ތިއޮފީހުގެ ހާލަތަކީ ޢެތަނުގެ ޕްރޮސިކިއުަތަރަކު ހުންނަނީ އެޗްއާރުކަންކަން ބަލަންލާފަ. ޢެއީ އެކަމުގެ އެއްވެސްް ތަޖުރިބާއެއްނެތް މީހެއް. މުޅިތަން ހަލާކުކޮށްލައިފި ޙިތްދަތިކަންތަޖުރިބާކުރި މުވައްޒަފުންވެސް މިއަދު އެތަނަށްދާނެ ފަހުބަސް އަޑުއަހަން ޙިތައްއެރިއްޔާ ހިތައްއެރި މުވައްޒަފަކަށް މެސެޖުގެޖަވާބުވެސް ދެނީ.ޢެކަމަކު އޭނަގެ ގަބީލާގެ މީހުން ބޭނުންއިރަކުގުޅޭނެ ބައްދަލުވެސްވޭ
ާލަމް
23 August 2024
ޢޭނައަކީ މުވައްޒަފުން ތަފާތުކުރާ ވެރިއެއް. ޥަކިވާކަން އެނގުނީމަ އޭނަ ރަން ކޮށްގެން އުޅުނު ކުދިން ރަތްދޫލަ އެޅީ. ޙުރީހާ ސްޓަފުބް ބައިވެރިވީ ސްޓާފް މީޓިންގ އަށްފަހު ނުކުތް މަންޒަރުވީމަ. ޢިސްތިއުފާ ދިނުމުގެ ކުރިން އެ އޮފީހަށްް ވަތްތާ އަހަރުނުވާ ކުދިން އެންމެ ބޮޑެތި މައްސަލަ ބަލާ ޔުނިޓަށް ލާން މެމޯ ނެރުނު. 4 އަހަރު ތެރޭ އިއްޔެ އަލަށް މުވައްޒަފުންގެ ބައްދަލުވުން ބޭއްވީ. ބައެއް ފަހަރު ބައެއް މުވައްޒަފުން ނުވެސް ފެންނާނެ އޭނަޔަށް. މީ ހަގީގަތަކީ.
ީޕީ ޖީ ސަމީމު
23 August 2024
ތިޔއިންފެނިގެންދަނީ ސަމީމު އޮފީހުގެ މުވަޒަފުން ސިކުޑިދޮވެލާފަ އޮތްވަރު. ބަދަލުކުރަންވީ ސަމީމު އެކަންޔެއްނޫން. މުޅި އޮފީސް ސާފުކުރަންވެފަ ތިއޮތީ. ގާނޫނު ހިންގަންތިބި ބަޔަކު ތިހާފާޅުކޮށް ސަރުކާރަށް ހަޖޫޖެހުމަކީ ވަރަށް ހުތުރު އަމަލެއް. ހަފްތައަކު 4 ދުވަހު އޮފީހަށް ނުކުމެފަ 5 ދުވަހު އޮފީހަށްދާ މީހާއަށް ވުރެ ބޮޑު މުސާރަ. އިންސާފުކޮބާ؟ ސިވިލްސާވިސްގެ ލީގަލް މީހުނަށް ހަދާފަ އޮންނަ އޮނިގަޑު ބަދަލު ކުރަންޖެހޭ. އިންސާފުން ކަން ނުވަންޔާ ސިވިލްސާވިސް އުވާލާ
ކޮރަލް
23 August 2024
ވަޒީފާ އިން ވަކި ކުރިއަސް މައްސަލަ އެއް ވާނަމަ ބަލަން ވާނެ އެވެ.
ސަތީރާ
23 August 2024
ވަރަށް ދެރަވޭ ވަކިވީމަ. ޑެން އަންނަ ޕީޖީ އަށް އިލްތިމާސް ކޮށްލަން ހަފްތާއަކު އެއް ދުވަހު އޮފީހަށަ އަންނަ ގޮތް ހަމަ ޖެއްސުމަށް ފަހު ނުކުން ދުވަހު ވެސް އޯޓީ ހިނގާގޮތަށް ހަދަން
މަޖިލިސް1
23 August 2024
ޑްރަގް މައްސަލަތަކުގައި ދައުވާ ކުރާ ބޮޑުންނާ ދޭތެރޭ ޝަމީމް ގޮތްނޭނގޭ ކަންކަން ކޮށްފައި އެބަހުރި. ކުރީގެ މޭޔަރ ޝިފާ އަދި މިނިސްޓަރ މަޚްލޫފް މައްސަލައިގައި ކަންކުރި ގޮތާމެދު ސުވާލު އުފެދޭ. ވަކި ޚާއްސަ މައްސަލަތަކުގައި ފުލުހުންނަށް ނޭނގި ނިއުސް ބްރީފިން ބާއްވާ ފުލުހުންގެ ދައުރަށް އަރައިގަންފައި އެބަހުރި. ތިބުނާ ދުނިޔެ ފެންވަރު ޕީޖީއެއްނޫންތީ.
ޕީޖީ މުވައްޒަފު
23 August 2024
ޕީޖީ އޮފީހުގެ މުވައްޒަފުން ހަފްތާއަކު ދެ ދުވަހު އޮފީހަށް އަންނަން ޖެހޭ ގޮތަށް ހަދައިފިއްޔާ، ދެން އަންނަ ޕީޖީއަށް އަކަށް ރަންދޫލައިގެ ވަދާއުއެއް ކިޔަން ހަމަޖެހިފައި އޮތީ.
އަހްރާމް
23 August 2024
އޮފީހަށް އަންނަން ހަފްތާއަކު އެއް ދުވަސް އޯކޭ. ދެން އަންލިމިޓަޑް އޯޓީ. ޕީޖީ އޮފީހަށް މިފަދަ އިންޤިލާބީ ބަދަލެއް ގެނެވޭނެ ދުނިޔޭގެ ފެންވަރުގައި ކަންތައް ކުރެވޭނެ ވެރިއަކު ބޭނުންވަނީ.