ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
25 އޯގަސްޓް 2024 - 21:50
ގޮތް ހުސްވެގެން މައިދާން ދޫކޮށް ނުގޮސް، ކުރިމަތިވާ ހުރިހާ ގޮންޖެހުންތަކާ ކުރިމަތިލާ މީހަކަށް ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި އެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން މޮނިއުމަންޓް ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކޮންމެ މީހަކު ވެސް ހިތުގައި ބިންވަޅު ނަގަންވީ، އެއްވެސް ކަމެއްގައި ފަހަތަށް ނުޖެހުމުގެ އަޒުމު ކަމަށެވެ.
"ތިމަންނަ ނުވާނަމޭ ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ހިލާފަށް ކުރިމަތިވާ ހުރިހާ ޗެލެންޖްތަކަށް ކުރިމަތިލައިގެން ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ އަޒުމުގައި ކުރިއަށްދާށޭ ތިމަންނަ މި ހުރީ،" ރައީސް ވިދާޅުވި އެވެ.
"ވިސްނުން ބަދަލުކޮށްލަންވީ. ކޮންމެ ދިވެހި ރައްޔިތަކު އެ މީހެއްގެ ހަޔާތުން ކުރަން އޮތް ކަމެއްގައި ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައަޅަންވީ. އޭރުން އިރާދަކުރެއްވިއްޔާ ކަންތައްތަކުގައި ކާމިޔާބު ލިބޭނެ."
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖީދިއްޔާ ސްކޫލްގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އެ މީހަކަށް މަތިވެފައިވާ ޒިންމާއެއް އަދާކުރުމަށް ގާބިލިއްޔަތު ކަން ލިބިފައިވާ އެންމެ ބޮޑަކަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މާތްﷲ އަންގަވާފައި ވަނީ އެ މީހަކަށް ކެރިކުޅަދާނަވީ ވަރަކުން ހިކުމަތްތެރިކަމާ އެކު މަސައްކަތް ކުރަން ކަމަށާއި އެ މަގަށް މަސައްކަތް ކުރުމުން ކާމިޔާބު ޔަގީންވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ވަރުގަދަ އަޒުމެއްގައި ބުރަ މަސައްކަތްކޮށްފިއްޔާ ކާމިޔާބު ހާސިލްވާނެ، ދަތި އުނދަގޫ ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހަކީ ވެސް މުޖުތަމައު އަދި ގައުމަށް ކަމެއް ކޮށްދޭ މީހަކަށްވުމުގެ އަޒުމު ވެސް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެ އަޒުމުގައި މަސައްކަތް ކޮށްފި ނަމަ، ރައީސް ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާނިމް
26 August 2024
އެމްޑީޕީ މީހުން ކަޑަވާނެ. މި މީހުން ހީކުރީ ރައީސް މުއިއްޒު މި މީހުން އެއްޗެއް ބުނެގެން ފިޑިވާނެ ކަމަށް. ކޮންމެވެސް އެހެންކަމަކާ އުޅޭ
ބަރަވެލި
26 August 2024
ރައީސްގެ ވާހަކަ ކޮޅަށް އަޅުގަނޑުވެސް ވަރަށް ތާއިދުކުރަން. ޢަދި ގިނަ މީހުންވެސް ތާއީދު ކުރާނެ. އެކަމަކު ކޮންމެ އާރޓިކަލް އަކަށް ހެން ސަނާ ކިޔަން މިތާ މިއުޅޭ ބޮޓުންގެ ގްރޫޕްގެ ފޫހި ރިޕީޓް ކޮމެންޓްތަކާއި ހެދި އުނަދަގޫވެ ގިނަ މީހުން ފޫހިވެގެން ޑިސްލައިކް ދޭހެން ވަރަށް ހީވޭ.
ޔާނިއު
26 August 2024
ރައީސްގެ ވާހަކަފުޅުން އުންމީދު އައުވެއްޖެ
ޖަނާބު
26 August 2024
މިކަހަލަ ވެރިން މި ގައުމަށް ބޭނުންވަނީ. މީ ކުޅަދާނެ ވެރިންނަކީ
އަސީލާ
26 August 2024
ރަނގަޅު ވާހަކަފުޅެއް ރައީސް އެދެންނެވީ!
ނައްފާޒް
26 August 2024
އަހަރެމެން ބޭނުންވަނީ ރައީސް ކަހަލަ ހިއްވަރުގަދަ ވެރިއެއް. ކަމެއް ދިމާވާއިރަށް ކީރިތިކުރާ ވެރިއެއް ނޫން
ޒަޔާނު
26 August 2024
ގައުމުދެކެ ލޯބިވާ ޒުވާނުންތަކެއް އުފެއްދުމަށް މިސަރުކާރުން ކުރާ މަސައްކަތަށް ސާބަސް ހައްގު
އަނީސް
26 August 2024
ރައީސް މުއިއްޒުއަކީ ކަމެއް ދިމާވާއިރަށް މަައިދާން ދޫކޮށްދާނެ ވެރިއެއް ނޫން
ހަސީނާާ
26 August 2024
އަސްލުވެސް މި ގައުމުގައި މިއަދު މިހުރި ވެރިޔާ އަކީވެސް ގޮންޖެހުންތަކާއި ކުރިމަތިލާގެން ކުރި ހޯދާފައިވާ ރައީސެއް.
ޢައިސް
26 August 2024
ސާބަހޭ ރައީސްޑރ.މުޢިއްޒު..މައިދާންދޫކޮއްފައި މަނިކުފާނު ފައިބާނެ ވަގުތަކަށް އިންތިޒާރުގައި ދަތްކުނޑިވިކަންބަޔަކު އެބަތިބި.. ވެރިކަން ކޮންމެގޮތަކުން ހޯދައިގެންވިޔަސް އެހެންބަޔަކުވެރިކަންކުރާތަން ދެކެންބޭނުންނުވާ..މިސަރުކާރު ބަގާވާތަކުންވިތަސް ވައްޓާލާން ސައްލާއެބަކުރޭ.!!ޔާﷲޑރ.މުޢިއްޒުގެ ވެރިކަންރައްކާތެރިކުރައްވާންދޭވެ..އާމީން.ބާގާވާތްތެރިންބަލިކޔރޢްވާ!