މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް
25 އޯގަސްޓް 2024 - 22:03
ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސްރޫމްތަކާ އެކު މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް، ކުރީގެ ދަރުމަވަންތަ ސްކޫލް ހުރި ބިމުގައި އަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލްގެ އާ އިމާރާތް ހިމެނޭ ކަމަށެވެ.
އެ އިމާރާތް އަޅަން ނިންމާފައިވަނީ މަޖީދިއްޔާ ސްކޫލާ ޖެހިގެން އޮންނަ، ކުރީގެ ދަރުމަވަންތަ ސްކޫލް ހިނގި ބިމުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ތަނުގައި އަޅަން ނިންމާފައިވަނީ 40 ކްލާސް ރޫމްގެ އިމާރާތެކެވެ. އެ ކްލާސް ރޫމްތަކުގެ ތެރެއިން ބައެއް ކްލާސްރޫމްތަކަކީ ރާއްޖޭގެ ފުރަތަމަ ސްމާޓް ކްލާސް ރޫމްތަކަށް ވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މަޖީދިއްޔާ ސްކޫލްގެ ފަހުރު ކަމަށްވާ ދާރުލްއުލޫމް ނޭޝަނަލް އެޑިއުކޭޝަނަލް މިއުޒިއަމްއެއްގެ ގޮތުގައި ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެ ތަނުން ރާއްޖޭގެ ތައުލީމީ ހަޔާތުގެ ތާރީހު ދައްކުވައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
26 August 2024
ކިތައްމެ ސްމާޓް ކުރިޔަސް ހަރު ދަނގަޑު ގަނޑެއް ކަހަލަ ގޮނޑިޔެއްގައި ކޮށްމެ ދުވަހަކު 6 ގަޑިއިރު ބައިންދާ ކަމަށް ވަންޔާ ކުދިން ކިޔަވަން ދާހިތެއް ނުވާނެ. އޮފީސްތަކުގައި މިކަހަލަ ގޮޑިތައް ބަހައްޓަބަލަ ވަޒީފާ އަދާކުރާ ބަޔަކު ވޭތޯބަލަން. ކުދިންނެއް ކަމަކު އެއީވެސް އިންސާނުން. 10 އަހަރުން ކިޔަވާ ނިމޭއިރު ޓެއިލްބޯން އިންނަނީ ފުނޑިފަ. އިނަގަޑުގެ ސާޖަރީ ކުރަން ވެފަ. މިއީތޯ ގައުމު ބިނާކުރުމަކީ. މިއަށް ކިޔަން ރަނަގަޅީ އަނިޔާ. ސްކޫލަށްދާން މަޖުބޫރު
ބަކުރުބެ 1234
26 August 2024
ލޮބުވެތި ރައީސް ! މިނިސްޓަރ ވިދާޅުވި އިސްކަންދަރު ސްކޫލް ވެސް ސްމާޓް ކްލާސް ރޫމަށް ބަދަލު ކޮށް އާ ކްލާސް އަޅަން. އެކަމަކު ތަން ވެއްޓިއްޖެ ބޮލަށް. ހަމަ ހުވާ އެ ސްކޫލް މަޖީދިއްޔާ އަށްވުރެ ވެސް ހާލު ދެރަ. އެކަމަކު ވާކަމެއް އަދި ނުވާ ކަމެއްވެސް ނެތް. ޕްލީޒް
އިހްސާސް
26 August 2024
މީގެ ކުރިން އަޅަންޖެހި ނުފަށާހުރި ސްކޫލުތައް ފުރަތަމަ ނިންމާލަމާ. އިސްކަންދަރު ސްކޫލުވެސް ނިކަން ބާވެއްޖެ. އެކަމާވެސް ވިސްނާލައްވާ. ރަސްމާލެ ޕުރޮޖެކްޓަކީ މިހިނދަށް ކުރިޔަށް ގެންދިއުން ރަގަޅު ޕުރޮޖެކްޓެއްނޫން. ދަރަނި އިންތިހާއަށް ބޮޑު.
ކަމާާލް
26 August 2024
ބަޖެޓް ނެތި ކިހިނެތް ތި ޚަރަދު ކުރަނީ
ހަސަނުބޭ
26 August 2024
އަޅަންބުނި ޢަރަބިއްޔާ ސްކޫލްގެ ކަންތައް އުޅެނީ ކިހާ ހިސާބެއްގަ؟
ޓަކު
26 August 2024
މިހާރު 3 ފްލޯނިމިއްޖެ. 2025 ގައި ކިޔަވާދޭންފަށާނެ
ކަލާސީ
27 August 2024
ތިކަން ކުރާނީ ޔޫސުފް
ޖަޑިބު
26 August 2024
ތި މިއިލުޒިއަމްގެ ސްޓަޑީ ހަދަން ސޮހުން ތަކަކަށްނުދީ ރިސާރޗް އެންޑް ކޮންސަލްޓަންސީ މޯލްޑިވްސް ކަހަލަ ގާބިލު ޓީމަކާ ހާވާލުކުމަށަ ގޮވާލަން!!!
އަސްލު...
25 August 2024
މިނޫންކަމެއްކުރައްވާތަނެއް ނުފެނޭ، ރަސްމާލެ ވެސް ހަމަތިގޮތަށް، ކިއަވާކުދިންނަށް 1200 ވެސް ހަމައެގޮތަށް، ބާޒާރުގައި ޑޮލަރ އަގުބޮޑުނުވާނެ އެވެސްހަމައެގޮތަށް، ފުލެޓުތަށް ދެއްވާނެކަމުގެ ވައުދުވެސް މިގޮތަށް، އައްޑޫ ބުރިޖް ސާވޭވެސް މިގޮތަށް، ސާބަސް.
ޑިސްއޮނަރަބަލް ޑީޑީ
25 August 2024
މުޅިރާއްޖެގެ ހުރިހާ ސްކޫލެއް އެކޯނުކުރުމުގެ ވައުދު ފުދުމުގެކުރިން ކުރިން ތިޔަވައުދުނުވެ ހަމަ ކެތްނުކޮށްލެވުނީތަ؟
ދޮންލުނބޯ
28 August 2024
ސްކޫލު އެއަރކޮން ކުރުން އެއީ މިހާތަނަށް އެންމެ މޮޅަށް ރާވާފައިވާ ޕްރޮޖެކްޓް... މިނިސްޓަރަށް އޮތީ ހަމަ އިޢުލާނުކޮށްލުން.... އެއަރކޯން ކުރަން ހުރިހާ މަސައްކަތަކާ ޚަރަދެއް ކުރަންޖެހެނީ ބެލެނިވެރިން ނުވަތަ ކައުންސިލުން... ނަމުން މިނިސްޓަރު ކުރާ ކަމެއް... ހުރިހާ ޒިންމާއެއް ބެލެނިވެރިންނާ ކައުންސިލަށް، މިނިސްޓަރު ބައިސާ ކަނޑާފަ މާފުށީ ސްކޫލު އެއަރކޮން ކުރުން ފާހަގަކުރަން ދިޔައީ ހުރިހާ ޚަރަދެއްކުރީ ކައުންސިލުންަ