26 އޯގަސްޓް 2024 - 14:19
އުރީދޫން އޮކިއުލަސް ކުއެސްޓް 3ގެ ވީއާރު ހެޑްސެޓެއް ދޭ ސޯޝަލް މީޑިއާ މުބާރާތެއް ފަށައިފި އެވެ.
އުރީދުން ބުނީ މި މުބާރާތަކީ އެ ކުންފުނިން ރާއްޖޭގެ 60 ޕަސެންޓަށް މިހާރު 5ޖީ ހިދުމަތް ފުޅާކޮށްފައިވާތީ ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ އުރީދޫ 5ޖީ ލިބޭ ސަރަހައްދަކުން ސްޕީޑް ޓެސްޓު ހެދުމަށް ފަހު އޭގެ ސްކްރީންޝޮޓް ސޯޝަލް މީޑިއާގައި ހިއްސާކޮށްގެންނެވެ. މި ސްކްރީންޝޮޓް ފޭސްބުކް އާއި އިންސްޓަގްރާމް ނުވަތަ ޓްވިޓާގައި އުރީދޫ ޓެގުކޮށް #5ޖީޖައްސާލާ ހޭޝްޓެގުގައި ޕޯސްޓުކުރުމުން މުބާރާތުގައި ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ.
އުރީދޫން ބުނީ އޮކިއުލަސް ކުއެސްޓު ލިބޭ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ހުރިހާ ބައިވެރިންގެ މެދުގައި ގުރުއަތު ނަގައިގެން ކަމަށެވެ.
އުރީދޫން 5ޖީގެ ހިދުމަތް ފުޅާކޮށްފައިވާކަން އިއުލާނުކޮށްފައި ވަނީ މި މަހު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy