ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ: ޕީޖީގެ މާގާމަށް ގާތް މީހަކު ގެންނަން ނޫޅުއްވާ ކަމަށް ވިދާޅުވި.-- ފޮޓޯ: ޕީޕީއެމް
28 އޯގަސްޓް 2024 - 10:11
ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) ގެ މަގާމަށް ގާތް ބޭފުޅަކު ގެންނަން ހުށަހަޅުއްވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
"ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއެއްގައި އެމަނިކުފާނު މިހެން ވިދާޅުވީ ވަކި މައްސަލަތަކެއް ތަހުގީގުކޮށްފާނެތީ ޕީޖީގެ މަގާމަށް އާއިލީ ބޭފުޅަކު ގެނައުމަށް އަބްދުއްރަހީމް މަސައްކަތްކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރެއްވުމުންނެވެ.
"އަޅުގަނޑު ލޮބީއެއް ނުކުރަން. އަނެއްކަމަކީ އެ ބޭފުޅުންނަށް ހީވަނީ ވަކި ބޭފުޅަކު، މިސާލަކަށް އަޅުގަނޑާ ގުޅުން އޮތް ބޭފުޅަކު އެ މަގާމަށް އަތުވެދާނެއޭ. އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ޕީޖީގެ މަގާމަށް އަޅުގަނޑުގެ ގާތް މީހަކު ގެންނާކަށް މަސައްކަތެއް ނުކުރަން،"
އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ބިރު ހީވެފައި ވަނީ އެ މަގާމަށް އާއިލީ ބޭފުޅަކު އަތުވެއްޖެ ނަމަ، ބައެއް މައްސަލަތައް އަވަސް ސްޕީޑުގައި ކުރިއަށް ގެންގޮސްފާނެތީ ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގުކޮށްފާނެތީ އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި އެ ފައިސާގައި ޖެހިފައިނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑު ކަންބޮޑުވުމެއް ނުވޭ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާފާނެ ކަމަށް. އަޅުގަނޑަށް 100 ޕަސެންޓް ޔަގީން އެ މައްސަލައިގައި އަޅުގަނޑުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް،"
އަބްދުއްރަހީމް ވިދާޅުވީ ޕީޖީގެ މަގާމަށް ޔާމީން ވަޑައިގެން އެ މައްސަލަތައް އިންސާފުވެރިކަމާ އެކު ތަހުގީގު ކުރެއްވިޔަސް، ކުށެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.
މުޅި ސަރުކާރުގައި އޮތީ އަބްދުއްރަހީމްގެ އާއިލާކަމަށް ބުނެ ދެކެވޭ ވާހަކަތައް ރައްދު ދެއްވައި ވިދާޅުވީ އާއިލާގެ ބޭފުޅުން ސަރުކާރުގައި ތިބުމުން އުފާކުރައްވާ ކަމަށާއި އެކަމަކު މަގާމުތަކުގައި ތިއްބެވި އާއިލީ ބޭފުޅުންނަކީ ވެސް ކިޔަވައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ.
"މިސަރުކާރަކީ އަޅުގަނޑުމެންގެ މަސައްކަތުން ގެނައި ސަރުކާރެއް. މި ސަރުކާރުގައި އަޅުގަނޑުމެންގެ މީހުން ތިބޭނެ. އެކަމަކު ތިބޭނީ ކިޔަވައިގެން ތިބި މީހުން. ތަންދޮރު ދަންނަ މީހުން ތިބޭނީ،"
އެއީ އުސޫލުތަކުގެ ދަށުން، އިލްމީ ގާބިލު ބޭފުޅުންނަށް ފުރުސަތު ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގަތުމުން ދެއްވި ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ދަރިކަލުން އިބްރާހިމް ފައިސަލަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވުމަށް ރައީސަށް ހުށަހެޅުއްވި ކަމަށާއި އެ މަގާމު ފައިސަލަށް ލިބިވަޑައިގަތީ ރައީސްގެ ޔަގީންކަމާއި އިތުބާރު ފައިސަލަށް އޮތުމުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއްޔެ.
28 August 2024
މަގޭ ހިތަށްއަރަނީ މި އަދުރޭގެ މަޤާމު ގެއްލޭ ދުވަހަކު މީނާގެ އަރިހުގައި މިއަދު ތިބި މީހުން މީނާއަށް ކުރާނޭ މަލާމާތާއި ފުރައްސާރަ.
މީމި
28 August 2024
ގާތް މީހެއްނޫން.. އާއިލާ މީހަކު.. އެހެއްނު
ޓީނޭޒް
28 August 2024
ތިހިން ވިދާޅުވެއްޖެތަ؟ ޝައްކެއް ވަސްވާހެއް އަދި ބަލާނެކަމެއްވެސް ނެތް. އެއުޅުއްވަނީ، އެކަންކުރަން. އަދިކިއެއްތަ، އެކަންވެއްޖެނަމަ އެއީ އެކަމާއިމެދު އެންމެންވިސްނަންވާވަރުގެކަމެއް. ގޮންޖަހާފަ އެހެރަވިދާޅުވަނީ ސިޔާސީކުޅި އެތުރުމުގައި ކުރިހޯއްދެވުމުގެވާހަކަ. ހުސްގޮނޑިިއާއި ބޮޑުފޮޓޯފުޅު ބަހައްޓައިގެން އެއަތުރާލެއްވި ކުޅިބައިގެ ނަތީޖާއަށްބެލީމަ އެކަންވަރަށްވެސް ސާފުކޮށްފެނޭ.
ކޯޓު2
28 August 2024
ހައިލަމް ގެންނަހަރޯ އުޅެނީ.. ކުރީގެ ކުރިމިނަލް ކޯޓުު ޤާޟީ
ކަނބިލި
28 August 2024
މީނާގެ ކަންތައް ވަރަށް މައްޗަށް ގޮސްފި. މުޅި ދައުލަތް ރަހީނުކޮށްފި. މުއިއްޒުގެ ބަލިފައި
މިސްޓަރ ޓިނޭ
28 August 2024
މިކަމުގަވެސް އޮންނާނީ ހަމަ، އަދުރޭ ސަރ ވިދާޅުވާގޮތެއް، އަދުރޭ ސަރ މެންނަކީ ދުވަހަކުވެސް ދޮގެއް ހައްދަވާނޭ ބައެއްނޫނިއްޔާ
ކުދުބެއްޔާ
28 August 2024
"އެމައްސަލައިގައި އަޅުގަނޑުގެ މައްޗަށް އެއްވެސް ކަމެއް ސާބިތު ނުކުރެވޭނެ ކަމަށް،" ބެއްޔާއެއް ނުބުނާނަށް. އެކަމަކު ބެއްޔާ ބުނާނީ އެމައްސަލައި ބެއްޔާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެޔޭ.
ގޮއްޔެ
28 August 2024
''އެއީ އެވަރުގެ އިލްމީ ގާބިލު މީހުން އަޅުގަނޑުގެ ފެމިލީގައި ތިބީމަތާ އެ ޝައްކު އުފައްދަން ޖެހޭނީ،" ބޭފުޅާއަށްވުރެ ޢިލްމީ ޤާބިލް ބޭފުޅުންވެސް ޢާއިލާގައި ތިބީތޯ؟؟ ތިވަރުގެ މަޤާމެއްގައި ހުންނަ ބޭފުޅަކީ ހާދަ މަތީ ސަނަދުތަކަކާއި ޤާބިލުކަމެއްވެސް ހުންނާނެ ބޭފުޅެކޭ ހިތަށް އަރަނީ
ފާއްޑެ
28 August 2024
ޔާމީންގެ ސޯޓު ބޭލޭކަށް މާ ދުވަހެއް ނެތް.
އޮނަރަބްލް އަފީފު ދީދީ
28 August 2024
އަދުރޭގެ ދަނބިދަރިއެއް ތިޔަ މަޤާމަށް ވަރަށް އެކަށޭނަކަމަށް ޤަބޫލުކުރެވޭ. ޤާބިލު ބޭފުޅެއްނަމަ ކޮން ޢާއިލާއެއްތޯ ބަލާކަށް ނުޖެހޭނެ. ޤައުމަށް ބޭނުންނީ ޤާބިލު ބޭފުޅުން. އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމަކަށް ނުދެކެން. އަދުރޭގެ ހިތްވަރާއި ފަންވަރަށް ސާބަސްދެން. ޤައުމަށް ބޭނުންވަނީ ތިކަހަލަ ދަރިން.