މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު: އޭނާގެ ވެރިކަމުގައި ހެދި ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) އިން ބަނީ ބޮޑެތި ހިޔާނާތްތަކެއް ހިންގާފައި.
29 އޯގަސްޓް 2024 - 06:01
ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ފަންޑް (1އެމްޑީބީ) ގެ 1.8 ބިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި ހިމެނޭ ޕެޓްރޯސައޫދީގެ ދެ އެގްޒެކެޓިވްއަކު ޖަލަށް ލާން އިއްޔެ ސްވިޓްޒަލެންޑުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ތެޔޮ ނެގުމާއި އުފެއްދުމުގެ މަސައްކަތްކުރާ ޕެޓްރޯސައޫދީ ޗީފް އެގްޒެކަޓިވް އޮފިސަރު ތާރިގް އުބައިދު ހަތް އަހަރަށް ޖަލަށް ލާން ފެޑެރަލް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އޭނާ އަކީ ސްވިސް/ސައޫދީ މީހެކެވެ.
ސްވިސް/ބްރިޓިޝް ޑިރެކްޓަރު ޕެޓްރިކް މަހޯނީ ވަނީ ހަ އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
އުބައިދާއި މަހޯނީގެ މައްޗަށް އުފުލާފައިވަނީ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ އެޑްވައިޒަރެއް ކަމަށްވާ ޖޯ ލޯ އިސްވެ ހުރެ ހިންގި ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ.
ފަނޑިޔާރުން ވަނީ ހިނާޔަތްތެރިވި އަދަދު މެލޭޝިއާގެ ޖީޑީޕާ އަޅާކިޔުއްވައި ސުވާލުތައް ކުރުމަތިކޮށްފަ އެވެ. ފަނޑިޔާރުން ވިދާޅުވީ މިއީ "ގަރުނުގެ އެންމެ ބޮޑު ސްކޭމް" ކަމަށާއި މި ހިޔާނާތުގައި ބައިވެރިވި މީހުންނަކީ ދަހި ބައެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.
ނަޖީބުގެ ވެރިކަމުގައި 2009 ވަނަ އަހަރު 1އެމްޑީބީ އުފެއްދީ އިންވެސްޓްމަންޓް ބޭންކެއްގެ ގޮތުގަ އެވެ. އެ ބޭންކުން ކޮރަޕްޝަން ހިންގާކަން 2015 ވަނަ އަހަރުން ފެށިގެން ފަޅާއަރަން ފެށި އެވެ. މެލޭޝިއާ އާއި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި 1އެމްޑީބީ އިން ވަނީ 4.5 ބިލިއަން ޑޮލަރު ވަގަށް ނަގައިފަ އެވެ. --އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަފި
29 August 2024
ރާއްޖޭގަ ހަދަންއުޅޭ ޑިވެލޮޕްމަންޓު ބޭންކުން މިކަހަލަކަމެއް ނުވާނެކަމަށް ހީކުރަން.
ރަދީފްއޮފިޝަލް
29 August 2024
ރާއްޖޭގެ އިންވެސްޓްމެންޓް ބޭންކް އަދި އުފަންނުވޭ ދެއްތޯ. އަދި 2 އަހަރު ފަހުން ނޫސްތަކުގެ ސުރުހީތައް ބަލާލަން އަހަރުމެން ތިބޭނީ. ހެހެހެހެހެހެ