އެމްކިޔުއޭގެ މެންބަރުން: ޓީޗިން ދާއިރާގެ ފޭކް ސަނަދެއްގެ މައްސަލަ ވެސް ފުލުހަށް ހުށަހަޅަން ވަނީ ނިންމާފައި.
30 އޯގަސްޓް 2024 - 10:42
ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދޭ ދެ މަރުކަޒަކުން ދޫކޮށްފައިވާ ކަމަށް ބުނާ ފޭކް ސަނަދުތަކެއްގެ މައްސަލަ ތަހުގީގުކޮށްދޭން ޕޮލިހަށް ހުށަހަޅަން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން ނިންމައިފި އެވެ.
އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީގެ ހިދުމަތަކަށް އެދި ދެ މީހަކު ހުށަހަޅާފައިވާ ލިޔުންތަކަކާ އެކު މަތީ ތައުލީމްދޭ ދެ މަރުކަޒެއްގެ ފޭކް ސަނަދެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން އެ ފަރާތްތަކާ ކުރެވުނު މަޝްވަރާތަކުގައި އެއީ ފޭކް ސަނަދުތަކެއް ކަން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެތެރެއިން އެއް ސަނަދަކީ ޓީޗިން ދާއިރާއާ ގުޅުންހުރި ސަނަދެއް ކަމަށްވާތީ، ވަޒީފާ ދޭ ފަރާތްތަކުން ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އެމްކިޔުއޭ އިން އެދެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމްކިޔުއޭ އިން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑްރޭ
01 September 2024
އެންމެން ޔޫ ގެ ލެކްޗަރުން ނަމޫނާ އެސައިންމެންޓޭ ވިދާޅުވެ ލެކްޗަރ ދެމުން އެބަހުރި އެއް އެސައިންމެންޓެއް އެކި ނަމުގައި ހަތަރު ފަސްފަހަރު ދައްކާ ކިވަވައިދެއްވާފައި. މި ދަރަޖައަށް ކަންކަން ދިޔައިމާ އަމިއްލަ ކޮލެޖުތަކުގެ ހާލަތު ހުންނާނީ ކިހިނެއް.
އާބާތުރަ
31 August 2024
ތީގަ ކުރެވުނު ކަމަކީ ކޮބައި؟ ޕޮލިހަށް ހުށަހެޅީކީ ވެސް ނޫނޭ. ހުށަހަޅަން އުޅެނީ. ކަމެއް ނުކޮށް ސުރުޚީ ހަދާލަން.
ހަބީބުހަސަން
30 August 2024
އެހެން މީހުންނަށް އެސައިންމެންޓް ހަދާދިނިއްޔޭ ކިޔާއިރު އެއީ ކިހާ ވަރެއްގެ ނުބައި ކަމެއް ކަންވެސް ނުދަންނަނީ ދޯ؟ 10 މީހުންނަށޯ! 10 ވައްކަމުގައި ބައިވެރިވެފައި!!
ކީއްކުރާނީ
30 August 2024
އެމްއެންޑީއެފް ޕޮލިސް މަތީރޭންކުތަކަށް ގޮއްސަތިބީވެސް ފޭކްސެޓްފިކެޓް ހިފައިގެން ތިބިމީހުން، ބައެއްމީހުން ބަސްޓްވެގެން ކަޑައިލީ ދައުވާނުކޮށް މިތަނުން އެކެއް އެއީ އެމްއެންޑީއެފް މެޑިކަލްކޯގަ އުޅުން ފ.ނިލަންދޫ ސޮރެއް، މިހާރުވެސް އެތަނުގަ މަގާމާއިނުފޫޒުން އިންޓަރން ނަހަދާ ދަތުގެޑޮކްޓަރެއް އެބައުޅޭ ރޭންކުޖަހައިގެން، މީގެ އިތުރުން ފިޒިއޯޑިޕާރޓްމަންޓްގަވެސް
ޚޖގގ ުުުހ
30 August 2024
ކީއްވެ ސައި.ދޭން ޖެހެނީ. ބޭކާރު.ޚަރަދު.ހުއްޓުމަށް ގޮވާލަން. ދިވެހިންނަކީ ހާދަ އެންޓައިޓްލްޑް ބައެކޭ ޙަރުދަނާ ވެރިން ލައްވާ
ވަގު ބުޅާ
30 August 2024
މިގައުމު ހަލާކުވެ ސުންނާފަތިވެގެން މިދަނީ ތިކަހަލަ ސެޓްފިކެޓުތައް ގެންގުޅޭ ފޭކުމީހުންގެ ސަބަބުން. ޑިޕްލޮމާ ޑިގްރީ މާސްޓާސް ނިންމާ މީހުންގެ ފެންވަރެއް ނުހުރޭ. ކޯހުގަ ހަދަންޖެހޭ ގިނަ އެސައިންމެންޓުތައް ހަދަނީ މީހަކު ލައްވައި ފައިސާކޮޅެއް ދީގެން. މިއީ ހަގީގަތް..
އެޑްމުންޑޯ
30 August 2024
ޝުކުރިއްޔާ ހަގީގަތް ހާމަކޮއްލަދިނީތީ
ާއހރނ
30 August 2024
އަހުރެންނަކީ ޑިޕްލޮމާ ސެޓްފިކެޓް އޮންނަ މީހެއް. އެހެނަސް އަހުރެން ލައްވާ އެސައިންމެންޓް ހަދައިގެން ބެޗްލާސް ޑިގްރީއާއި މާސްޓާސް ސެޓްފިކެޓް ހާސިލުކުރި މީހުންގެ އަދަދު، 10އަށްވުރެ ގިނަވާނެ.
ރިބަން
31 August 2024
"ާއހރެން" ވެސް ތިހިރީ ޤާނޫނުގެ ދަށުން ގޮޅިއަށް ފެތިފަ.