ރައީސް މުއިއްޒު ކެބިނެޓުގެ ބައްދަލުވުމެއް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
30 އޯގަސްޓް 2024 - 22:44
އެ މަނިކުފާނުގެ އަމާޒަކީ ސަރުކާރުން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ދީ ނިންމުން ކަމަށާއި ރާއްޖޭގެ ތަރައްގީއަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ސަންގު ޓީވީ އަށް މިއަދު ދެއްވި އިންޓަވިއުއެއްގަ އެވެ.
ކުރިން ރެކޯޑްކޮށްގެން މިރޭ ދެއްކި އެ އިންޓަވިއުގައި ރައީސް ވިދާޅުވީ، ސަރުކާރުން ނުދީ ހުރި ފައިސާތައް މި ދެ މަސް ތެރޭގައި ދެމުން ގެންގޮސް ނޮވެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރުމަކީ އަމާޒެއް ކަމަށެވެ.
"[އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާގެ] ބޮޑު ބައެއް ނިންމޭނެ. މަސްވެރިންނަށް [ދޭން ޖެހޭ ފައިސާގެ] ބޮޑު ބައެއް އެ އޮތީ ނިންމާފައި. އޯކޭ، މިދިޔަ މަހެއްހާ ދުވަހުގެ ފައިސާ އަދިވެސް [މަސްވެރިންނަށް ދޭން ޖެހިފައި] އެބަހުރި. އެކަމަކު، ބިލިއަނެއްހާ ރުފިޔާ ދެވިއްޖެ މަސްވެރިންނަށް ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު ވެސް އަންނަނީ ރަނގަޅުވަމުންނެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ނިންމަން މި އަހަރަށް ކަނޑައެޅި ބައި ނިންމުމުގެ އިތުރުން ގެދޮރުގެ މަޝްރޫއުތަކަށް ވެސް އިންޑިއާ އާއި ޗައިނާ އިން "އެކި ކަހަލަ ފުރުސަތުތައް" ހަމަޖެހެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މި ކަންކަމުގައި އިނީޝަލް ސްޓޭޖުގައި ސަރުކާރެއްގެ ތެރޭގައި، ސަރުކާރު ހިންގުމުގައި އުޅުއްވި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ އިނީޝަލް ސްޓޭޖުގައި ވަަރަށް ގިނަ ވަގުތު ދާކަން،"--- ރައީސް
ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެއް މަޝްރޫއަކީ މާލޭގެ މަގުތައް އަލުން ހެދުމަށް ޗައިނާ އިން ދޭ ހިލޭ އެހީ އެވެ.
"މި ކަންކަމުގައި އިނީޝަލް ސްޓޭޖުގައި ސަރުކާރެއްގެ ތެރޭގައި، ސަރުކާރު ހިންގުމުގައި އުޅުއްވި ކޮންމެ ބޭފުޅަކަށް އެނގިލައްވާނެ އިނީޝަލް ސްޓޭޖުގައި ވަަރަށް ގިނަ ވަގުތު ދާކަން. ޕްރިމިލިނަރީ ސްޓޭޖު، ދެން ގޮސް ބައިވަރު ސްޓޭޖުތަކުން ގޮސް ފައިނޭންސިން ހަމަޖެހިގެން ގޮސް ގިނަ ފަހަރު ހަމަ އަހަރެއްހާ ދުވަސް ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ފަރުދާގެ ފުރަގަހުގައި ބައިވަރު މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި އެއީ އެ މަނިކުފާނު އެކި ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގެ ވެސް ނަތީޖާ ކަމަށެވެ. އޭގެ ތެރޭގައި ތުރުކީ އާއި ޗައިނާ އަދި އިންޑިއާގެ ދަތުރުފުޅުގެ ކާމިޔާބީ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ ހާރިޖީ ގުޅުން ރަނގަޅު. އިގުތިސާދު ރަނގަޅު ބިންގާގެ މަތީގައި ބިނާވަމުން އެ ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މެދު އަދި ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖެ ތަރައްގީ ވަމުން އަންނަ ތަން ކުރިމަގުގައި ފެންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައިރޫޒްް
01 September 2024
ކޮންމެޔަކަސް މިއީ ވަރަށް އުންމީދީ ސަރުކާރެއް. ޔާމިނުން ފެށިގެން އިބޫ ސަރުކާރުގެ ފުރަތަމަ 2 އަހަރުވެސް ދިޔައީ ކަންކަން ނިންމުމަށް ކުރަންޖެހޭ ޑިއުޑިޖިލެންސް ފުރިހަމަ ކުރަމުން. މިސަރުކާރުންވެސް މިދަނީ އެބީދައިން މަސައްކަތް ކުރައްވަމުން. މީގެ ނަތީޖާ އިސާހިތަކު ރައްޔިތުންނަށް ފެންނާނެ.
އަފާފް ސައީދު
31 August 2024
އަސްލުވެސް. ކަންކަން އޮތީ ކުރިޔަށް ރޭވިފައި. ދެން ދާނީ ރަނގަޅަށް. ގައުމު ރަނގަޅު ހިސާބަކަށް ގެންގިސްފަ ދެން ތަރައްގީ މެކުހަށް ޖަހާނީ
އާކިފް ސާއީދު
31 August 2024
މިދިޔަ އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ބުރަ މަސައްކަތް ރެސްޓެއް ނެތި ކުރަމުން މިދަނީ އަދުގެ ސަރުކާރުން. މުޅި އިގްތިސާދް ގަ ބުންވަރު ޖައްސާ ކަންކަން ފަށަން ތައްޔާރުވަމުން ދަނީ
މަހާޒް
31 August 2024
ވަރަށް ރަނގަޅު ވާހަކައެއް މިއީ. މިދިޔަ ސަރުކާރުން ގައުމު ވައްޓާލި އަދަވަޅުން ނަގާ މަޑު މަޑުން ކޮޅަށް ޖަހަމުން ދަނީ މިހާރު. ދެން ދާނީ ބާރަށް ކުރިޔަށް.
އާތްކުކުޅު
31 August 2024
ފަރުދާގެ ފުރަގަހުގަ ކަންތައްތައް ކުރާބަޔަކު މާރަގަޅެއްނުވާނެ.
ޖީހާންް
01 September 2024
ކަނޑައެޅިގެން ގައުމުގެ ރައީސް އެހެން ސިފަކުރެއްވީ ކީތްވެކަންވެސް އެނގޭނެ. ސަބަބަކީ ކަންކަން އަމަލީ ގޮތުން އަދި ނުފެށުނަސް އެކަންކަމުގެ ވަރަށް ބައިވަރު މަސައްކަތް ކުރިޔަށްދާ ވާހަކަ އެދައްކަނީ. އަމަލީ ގޮތުން ފެށުނީމާ އެކަނި ރައްޔިތުންނަށް އެއްޗެއް ފެންނާނީ. އެހެންވީމާ އެވާހަކަ އެބުނީ.
ކަންކުރާ
31 August 2024
މިސަރުކާރުއައިފަހުން ކަމެއްކުރަނީ ހޯމް މިނިސްޓަރާއި އެމަނިކުފާނުގެ ދަށުންހިންގާ އިދާރާތަކުން. ހިންގުންތެރިިން އެބަފެނެއެއްނު؟
ސުކުރިޔާ
31 August 2024
....ގިނަ ފަހަރު ހަމަ އަހަރެއްހާ ދުވަސް ގޮސްގެން ބޮޑެތި މަޝްރޫއުތައް މި ފެށެނީ،" އެ ހިސާބަށް ދެވުނު ތަނާ އމސގެ ވެރިކަމުގައި ކޮވިޑް އައިސް މުޅި ދުނިޔެ ބަންދުކޮށްލީ. ލޯނުތައްނަގައިގެންވެސް ރައްޔިތުން ބަނޑަށް ނުޖައްސައި ސަލާމަތްކޮށްދިން. ސުކުރިޔާ ރައީސް ސޯލިހު
ދޮން ހަސަނު
31 August 2024
އަޅުގަނޑަށް ހޯވަނީ ފަރުދާ އެޅިފައިވަނީ ރައްޔިތުންގެ ލޮލުގައިހެން. އެހެންނާފަހެ ކުރާ ކަމެއް ފެންނަނީކީނޫން އެކަމު އިންތިހާބެއް ބާންވައިފިއްޔާ ނަގަނީ ޕީ.އެން.ސީ
ހާސަރު
31 August 2024
މާލޭގެ މަގުހެދުމުގެ ޕްރޮޖެކްޓް ޗައިނާއިން ފެއްޓިއަސް އެކަމުން އިގްތިސާދަށް ކުރާނީކޮންފައިދާއެއްބާ؟ މިހާތަނަށް ޗައިނާއި އިން ހިންގި އެއްވެސް ޕްރޮޖެކްޓެއްގައި ލޯކަލް ކުންފުއްޏަކަށް އެއްޗަކަށް ވާނެ އެއްޗެއް ލިބުނުތޯ؟
އަބޫ އައިސާ
31 August 2024
ލޯކަލް ކުންފުނި ނަގަނީ ތަންކޮޅެއް އެކަށީގެންވާ މާތް ބަހުރުވައިން ބުނެފިއްޔާ ނޫހުގަ މަ ކޮމެންޓެއް ނުޖަހާނެ
މިރިހަންދޫ
31 August 2024
ވަރަށް ރަގަޅުވާހަކަ ފުޅެއްކމަށް ގަބޫލުކުރަން.އެކަމަކު މިވެރިކަމަކީ އަދްރޭގެ ކަމެއްގެ ގޮތުގައި އޭނާއަށް ދޫނުކޮއްލާތި. ވަރަށް ގޮތްކުޑަކޮށް އެއުޅެނީ.