އިޒްރޭލު ސަރުކާރާ ދެކޮޅަށް އިއްޔެ ތެލް އަވީވްގައި މުޒާހަރާކުރަނީ: އެ މީހުން ބުނަނީ ހަމާސް އިން ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް. -- ފޮޓޯ: އޭއެފްޕީ
02 ސެޕްޓެމްބަރ 2024 - 06:04
ހަމާސްއިން އިޒްރޭލަށް ހަމަލާދީ ރަހީނުކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ހަށިތައް ޣައްޒާގެ ޓަނެލްއެއްގެ ތެރެއިން ފެނުމާ އެކު، ރަހީނުން ސަލާމަތުން ގެނެވޭނެ އެއްބަސްވުމެއް ހަމާސްއާ އެކު ހެދުމަށް ގޮވާލައި އަދި ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުމަތަށް ނުކުމެއްޖެ އެވެ.
ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާ ދިން އިރު 251 މީހަކު ހައްޔަރުކުރި ނަމަވެސް ބައެއް މީހުން ކުރިން މިނިވަންކުރުމުންނާއި އަނެއް ބަޔަކު އެކި ގޮތްގޮތުން މަރުވެ މިހާރު ދުނިޔޭގައި ތިބީ 97 މީހެއް ކަމަށް ބެލެވެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ކުރި މަޝްވަރާގައި ވަނީ އެތައް ރަހީނުންނެއް މިނިވަންކުރި އެވެ. އެކަމަކު ރަހީނުކޮށްފައި ތިބި މީސްމީހުންގެ އާއިލާތަކުން ބުނީ ސަރުކާރުން އެކަމުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ.
ސަރުކާރާ ދެކޮޅަށް ނުކުތް މީހުން ވަނީ ތެލް އަވީވް، ގުދުސް އަދި ބޮޑެތި އެހެން ބައެއް ސިޓީތަކުގެ މަގުތައް ވެސް ފުރާލައިފަ އެވެ. އެ މީހުން ބުނަމުން ދަނީ ރަހީނުކޮށްފައިވާ މީހުން ސަލާމަތްކުރުމަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.
އިޒްރޭލު ސަރުކާރާ ދެކޮޅަށް އިއްޔެ ތެލް އަވީވްގައި މުޒާހަރާކުރި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން ދަމާފައި ގެންދަނީ. -- ފޮޓޯ: އޭއެފްޕީ
އިއްޔެ ކުރި މި މުޒާހަރާ ޖުމްލަ ގޮތެއްގައި ކުރިއަށްދިޔައީ ސުލްހަވެރިކޮށް ނަމަވެސް ބައެއް ހިސާބުތަކުން ވަނީ ފުލުހުންގެ ސަފުތައް ފަހަނަޅައި ދިއުމުން ބައެއް ހަމަނުޖެހުންތައް ހިނގައިފަ އެވެ.
މިއަދު ވެސް ބޮޑު މުޒާހަރާއަކަށް ހުރިހާ ހިސާބެއްގައި މީހުން މަގުމަތަށް ނުކުތުމަށް ވަނީ އެހެން ޕާޓީއަކުން ގޮވާލައިފަ އެވެ.
އިޒްރޭލު ސިފައިންނަށް އެންމެ ފަހުން ފެނުނު ހަ ރަހީނުން މަރާލާފައިވަނީ ސިފައިން ޓަނަލަށް ވަނުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ހަށިތައް ފެނުނީ ރަފަހްގައި ހަދާފައިވާ ބިމު އަޑީގެ ޓަނަލެއްގެ ތެރެއިން ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ވެސް ރަހީނުންގެ މައްސަލަގައި އިޒްރޭލު ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަސް
02 September 2024
އަނިޔާވެރިކަމުން އަނިޔާވެރިކަމެއް ނުހުއްޓުވޭނެ. ހަމާސްއިން ކުރީމަ ބޭރުގަ ހަކުރުލާފަ ޙަބަރު ތިގެންދެނީ މުނާފިގު ވީމަ
އަބީބާ
02 September 2024
ސުލްހައިން ހުއްޓުވޭނަމަ މިހާރު ހުއްޓިފައި ހުންނާނީ. އެތައް އަހަރަކު ގާޒާ ބަންދުކޮށްގެން އުޅުނު އިރު ކޮންތާކުބާ ތިބީ؟ ކުޑަކުދިން އިސްރާއީލުގެ ޖަލުތަކުގައި ރަހީނުކޮށް ގެންގުޅޭއިރު އެއީ މައްސަލައެއް ނޫން. ގެދޮރު އެޅުމަށް ބިމުން މީހުން ބޭރުކޮށް ގަދަ ދައްކާ މީހުންނަށް ހަމަލާ ދިނުންވެސް އެއީ މައްސަލައެއް ނޫން. ކަމަކާ ނުލާ އާއިލާ އެއްކޮށް މަރާލީމަ ސަލާމަތްވާ މީހާ ކައިރީ ތިބުނަނީ މައިތިރިވެ ހުރުމަށް. ސަލާމަތްވާ މީހާ ހަމަލާ ދިނީމަ އެވަނީ ޓެރަރިސްޓަކަށް
އަވަހޭ
02 September 2024
ދެން ހަނޑޫ ތަ ލާންވީ. އިޒްރޭލުން ބޭނުންގޮތެއް ހަދަން ދޫކޮއްލާފަ ހަމާސް މީހުން ކުޅިބަލަން ތިބެންވީތަ؟
ބޮކަރު
03 September 2024
ޔަހޫދީންގެ އަނިޔާވެރިކަމާއި މަކަރުވެރިކަމުން މާތް ރަސޫލާއާއެކު ހެއްދެވި ސުލްހައިގެ އެއްބަސް ވުމަކާވެސް އެއްގޮތަކަށް ނޫޅެވުނު..އެންމެ ފަހުން ރީތި ގޮތުގަ މަދީނާއިން ފައިބައިގެން ދާން ބުނީމަވެސް ނުދިޔަ..ދެން ޖެހުނީ ހަނގުރާމަކޮށް އެމީހުން ބަލިކުރަން..މިވަރުގެ ބަޔަކާ ސުލްހަވާ ވާހަކަ ތިޔަދައްކަނީ..ކީރިތި ޤުރްއާނުގަ ޔަހޫދީންނަށް ލައުނަތް ލައްވަވާފަވާ ވާހަކަ ތަކުރާރު ކުރައްވާފަ ވަނީ ކަމެއްވީމަ. އަދި ބައެއް ނަބީ ބޭކަލުންގެ ދޫފުޅުންވެސް ލައުނަތް ލައްވާފަވޭ