އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް ފިލަން އުޅުނު ބިދޭސީންތަކެއް ކުޅުދުއްފުށިން ހުއްޓުވައި ނޯޓިސް ދެނީ. -- ފޮޓޯ | އިމިގްރޭޝަން
02 ސެޕްޓެމްބަރ 2024 - 10:55
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހުއްޓުވަން އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަނަށް ފިލަން ހދ. ކުޅުދުއްފުއްޓަށް ދިޔަ ބިދޭސީންތަކެއް އަތުލައިގަނެ، ގަވާއިދާ ޚިލާފަށް އުޅޭތީ އިމިގްރޭޝަނަށް ހާޒިރުވާން ނޯޓިސް ދީފި އެވެ.
އިމިގްރޭޝަނުން ބުނީ ކުޅުދުއްފުއްޓަށް އިއްޔެ ނުވަ ބިދޭސީއަކު ދިޔަ ކަމަށެވެ. މީގެ ކުރިން ވެސް ފިލަން އެ ރަށަށް ދިޔަ ބިދޭސީންތަކެއް ވަނީ އަތުލައިގެންފަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް ފުޅާކުރުމާ އެކު އެމީހުން ފިލަން ކުޅުދުފުއްޓަށްދާތީ އެ ރަށު ކައުންސިލުން ވަނީ އެކަން ހުއްޓުވަން އެ ރަށުގައި ހުންނަ އިމިގްރޭޝަނާއި ފުލުހުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.
އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް އެކި ރަށްރަށަށްދާ ކަމުގެ ރިޕޯޓު ލިބެމުންދާ ކަމަށެވެ. ކުޅުދުފުއްޓަށް އިއްޔެ ދިޔަ ބޯޓެއް ބަލައިފާސްކުރިއިރު އޭގެއިން ދަތުރުކުރި ބިދޭސީންގެ ތެރެއިން ނުވަ ބިދޭސީންނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ.
އެހެންވެ، އެ މީހުންނަށް ނޯޓިސްދީ ކުޅުދުއްފުށީ އިމިގްރޭޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ގަވައިދާ ހިލާފަށް އުޅޭ މީހުން ގޮވައިގެން ދަތުރުކުރުމުން ބޯޓުގެ ކެޕްޓަނަށް ވެސް ވަނީ ލިޔުމުން ނަސޭހަތް ދީފަ އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި ހާޒިރުވާން ދިން ނޯޓިސްއާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ އެވެ.
ބިދޭސީން ކުޅުދުއްފުއްޓަށް ފިލަންދާ މައްސަލާގައި އެ ރަށުގެ ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ގިނަ ބަޔަކު އެ ރަށަށް މިސްރާބު ޖަހާފައި ވަނީ ދަތުރުކުރުމުގެ ފަސޭހަ ނިޒާމެއް އޮންނާތީ ކަމަށް ބެލެވެ އެވެ. އިމިގްރޭޝަނުން ފެށި އޮޕަރޭޝަނަކާ އެކު އެ ރަށަށް ދާ ބިދޭސީންގެ އަދަދު އިތުރުވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ބިދޭސީން ފިލަން ރަށްރަށަށް ދާތީ، އޮޕަރޭޝަން އިތުރަށް ފުޅާކުރަން ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިމިގްރޭޝަނުގެ އޮޕަރޭޝަންތަކުގައި ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެ އެވެ. އަދި ހަށިވިއްކުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހުން ވެސް މިދިޔަ ނުވަ މަސް ތެރޭގައި ރާއްޖެ އިން ޑީޕޯޓްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
02 September 2024
ކުޅުދުއްފުށި ނަމޫމާޔަކަށް ބަލައިގެން އެހެން ކައުންސިލްތަކުންވެސް މިކަން ހަމަޔަކަށް އަޅުވަން ތެދުވަންވެއްޖެނު.
ކަނބިލި
02 September 2024
ވަކި ގައުމެއްގެ މީހުންގެ ފަހަތުން ތިޔަ ދުވަނީ. ދެ ގައުމުގެ ގުޚުމަށް ބުރޫއަރާވަރު ނުކުރާތި އަނެއްކާ. އެއްވެސް ދުރު ސްޓްރެޓެޖީއެއްގެ ދަށުން ހިންގާ ކަމެއްބާ ނޫނީ މީޑިއާގެ ފަލަ ސުރުޚީތަކްށް އަރުވަންކުރާ ކުރާކަމެއްބާ. ކޮންމެވެސް ދިމާއަކުން ފިއްތާލީމާ ތިޔަ ކަންތައްވެސް ނިމިދާނެ. ކޮބާ ކުށްކުރާ ގޭންގުތައް ފަހަތުން ދުއްވައިގަންނަނީ ކޮންއިރަކުން
ބުޖަޑާބީވާއިލިބެ
02 September 2024
ބަގަލާމީހުން ފިލަން އަރާ ރަށަކަށް ކުޅުދުއްފުށިވުމުގެ ސިއްރެއްވެސް ހޯދާބަލަންޖެހޭ. ކުޅުދުއްފުޓަކީ މިރާއްޖެގެ ކަންދަހާރު ނުވަތަ ތޯރަބޯރަ ތަ.
މުޑަހަންޖާ
02 September 2024
ހަނިމާދޫ ނުވަތަ ނޭކުރެންދޫއިން ގަވައިދާހިލާފަށްއުޅޭ ބިދޭސީއަކު ކުޅުދުއްފުއްޓަށް ގޮސްގެން ދުވަހަކުވެސް ބަޔަކު ކަންބޮޑުވިތޯ. ހަމައެކަނި ކ.މާލެއިން އެކަހަލަ ބަޔަކު ގޮސްގެންތޯ މައްސަލައަކަށް މިވަނީ. ކ.މާލެއިން ރަށްރަށަށްދާ ބަންގާޅީންވެސް މިހާރު މިގައުމުގަ މާހާއްސަ ބަޔަކަށްވާހިސާބަށް ކަންތައްދިޔައީތަ.
އަހަްމަދޫ
02 September 2024
ކޮންނަސޭހަސެއްތަ. ނުގަވާއިދުން އުޅޭ ބަންގާޅުން އުފުލުމަކީ ކުށެއް. ވަގުތުން ޖުރިމަނާ ކޮށްލާ. ތިމަސްއަލަ ހައްލުވެދާނެ
އަކަޔަންބޯ
02 September 2024
މިވެރިން މިޤައުމުގައި ވަކި ހިއްޕާފައިވާ މިންވަރު މިފެންނަނީ. ރަށްރަށުގެ ވަލުތެރޭގައި ގެ އަޅައިގެން އެތަންތަނުގައި ދަނޑު ހައްދައިގެން ކައިގެން ބޮއިގެން އާމްދަނީ ހޯދަމުންއަންނަ ބަންގާޅީންވެސް އުޅޭކަމަށްވަނީ. ރަށްރަށުގައި އެމީހުންގެ މުއްލާއިންތައް ތިބޭ. އެހެންކަމުން ފަސޭހަކަމާއެކު އެތަންތަނަށް ދުވަނީ. ބިދޭސީން ނުއުޅޭ އެއްވެސް ރަށެއް މިހާރު އޮތްހެނެއް ހިއެއްނުވޭ. ފަޅުރަށަކަސް އެތަންތަންވެސް ވެރިކޮށްގެން އުޅެނީ
މަމާމޮޅު މަމާދޮން
02 September 2024
ރަށްރަށުގަ އެމީހުންގެ މުއްލާއިން ތިބެނީކީނޫން. ރަށްރަށުގެ އެކިފަންތީގެމީހުން އެކިގޮތްގޮތުން މުށްދަށުލައި ކަމެއްނުކުރެވޭވަރަށް ރަނގަޅުވެ، ހެޔޮމީސްވެ ނާޖާއިޒުފައިދާ ނަގަނީ. ނޫނީ އެމީސްމީހުނާއި ޕާޓުނަރުހަދައި ކޮންމެވެސްއެއްޗެއްދީ އަނގަނުތަޅާވަރުކޮށް އެމީހުންގެ އަމިއްލަ ވިޔަފާރި ބޭނުންގޮތަކަށްކުރަނީ. މިހިންވީމަ ކައުންސިލުތަކަށް ކުރެވޭނެ އެއްކަމެއްވެސް ނުއޮވޭ. ރަނގަޅަށް ވިސްނައިބަލާބަލަ.
ނަތަންޔާހޫ
02 September 2024
ބަންގާޅުގެ މުސްލިމުނަށް ކުރާ އަނިޔާ ހުއްޓާލާ
އަހުމަދު އަތީގު
02 September 2024
ހޯހޯ ފަލަސްތީނުގަ އެކަނި މުސްލިމު އަހުން ތިބޭނީ. ހޯހޯ
ބާބް
03 September 2024
ބަންގާޅުގައި ތިބެނޫ މުސްލިމުން އެކަނިތަ؟
ބޮޅެއް
02 September 2024
ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަނީ އޭ ކިޔައިން ދުވާލަކު ދެއިރު ހަބަރަށް އެރިޔަސް ކޯޕަރޭޓް ރެސިޑެންސީ ވިސާއޭ ކިޔާފަ މިތާ ގައި ދިގުމުއްދަތަކަށް ބޭރުގެ މަހުޖަނުންނަށް ދިރިއުޅުމުގެ ފުރުސަތު ދޭން އުޅޭ ސަރުކާރަކަށް ތާއީދެއް ނެތް
ޖޫލިޔާ
02 September 2024
ކާކުކަން ނޭގޭ މީހުން ފަސިންޖަރުން އުފުލާ އުޅަދު ތަކުން ދަތުރު ނުކުރެވޭ ގޮތަށް ގަވައިދު އިސްލާހު ކޮށް ކެޕްޓަން ޒިންމާ ދާރު ކުރެވޭނެ އުސޫލެއް ގާއިމް ކުރަނިކޮށް ތިޔަކަންކަމަށްވެސް ހައްލު އަންނާނެ.
ސަންކޮއެ
02 September 2024
ކޮން ނޯޓިސްއެއް؟ ތިއެންމެން ޑީޕޯޓް ކުރަންވީ.