ބަންޑާރަ ނައިބު އުޝާމް: ބާ ކައުންސިލްގައި ބަންޑާރަ ނައިބު ނުހިމެނޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު މިއަދު ވަނީ ތަސްދީގުކޮށްފައި
03 ސެޕްޓެމްބަރ 2024 - 15:24
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަ ނައިބަށް ނުހުންނެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި މިހާރު ތިއްބަވަނީ ނުވަ މެންބަރުންނެވެ. އެއީ ބަންޑާރަ ނައިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަ މެންބަރެކެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ޑްރާފްޓްކޮށް، ސަރުކާރުގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު ހުސައިން ޝަރީފް މަޖިލީހަށް ހުށަހަޅުއްވައި ފާސްކުރި ބިލްގައިވާ ގޮތުން، ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި އިތުރު ހަތް މެންބަރެކެވެ.
އޭގެ ތެރޭގައި ބަންޑާރަ ނައިބު ނުހިމެނެ އެވެ. ބާ ކައުންސިލްގައި ބަންޑާރަ ނައިބު އިންނެވުމަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ގަބޫލު ކުރައްވާ ކަމެއް ނޫނެވެ. ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަން ލިބޭނީ، ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ގޮތަށް އެކްސްކޯ އިން ބަންޑާ ރަނައިބު އުނި ކުރުމުން ކަމަށް ބާ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
ރަސްމީ އިދާރާތަކުގައި ރަޖިސްޓްރީ ކޮށްގެން ކިޔަވައިދޭ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައި ދިނުމާއި ރައްޔިތުންނަށް ދޫކޮށްފައިވާ ރަސްމީ ލިޔުންތައް ނުވަތަ ތައުލީމީ ސަނަދުތައް ބޭރު ގައުމުތަކުގައި ބޭނުން ކުރުމަށް އެ ގައުމުތަކުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުން ވެސް އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޭ
03 September 2024
ކުރަން ބޭނުން ކަންކަން ފެން މެޓަލެއްހެން ނިންމާލެވޭ. ޖޭއެސްސީ ބަދަލުކުރުން ކޮބާ؟ މިސަރުކާރުންވެސް ޖުޑިޝަރީއަށް ޕަޕެޓުން ލާން ބޭނުންވޭ. އެހެންވީމަ އެކަން ނުކުރަން އެތިބެނީ. ޖޭއެސްސީ ބަދަލުނުކުރާތާ ސަރުކާރު ކޮންޓްރޮލް އޮވެގެން ޖުޑިޝަރީ ރަނގަޅުކުރަން ކަމެއް ނުކުރޭ. ކޯޓުތައް ތަތްކަމުގަ ކަހާތަން ހިރުވާނުލާ. ރައްޔިތުން ހަނާވެފަނާވަނީ
ހަސީނު
03 September 2024
ރަނގަޅު ފިޔަވަޅެއް. ދެންއެންމެއަވަހަށް ކުރަންވީކަމަކީ ޖޭއެސްސީ ސިޔާސީނުފޫޒުން މިނިވަންކުރުން. އިޚުލާސްތެރިކަމެއް ހުރިއްޔާ ނިކަންއަވަހަށް ޖޭއެސްސީ މިނިވަންކޮށްފަ ޟަރުއީނިޒާމު ހަރުދަނާކޮށްލަ ދެއްވާ.
ތުއްތޭ
03 September 2024
ތިކަމަކީ އިބިލީހު ކާވެނިހެންވާ ކަމެއް. އެއްވެސް ބަޔަކު ތިކަން ނުކުރާނެ