ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

ދިވެހިންގެ އަހްލާގީ ދަންމަރު އަލުން ހުޅުދާން ކުރާނަން: ރައީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

04 ސެޕްޓެމްބަރ 2024 - 11:36

22 comments

ދިވެހިންގެ އެންމެ އަގުހުރި ތަރިކައަކީ ރިވެތި އަހުލާގާއި އިސްލާމްދީނަށް ކުރާ ލޯބި ކަމަށާއި އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގެ ބާޖަވެރިކަމުގައި އިސްލާމްދީން އަދާކުރާ އެންމެ މުހިންމު އެއް ދައުރަކީ އަހުލާގުގެ ދައުރު ކަމަށާއި މުޖުތަމައުއެއް އިސްލާހު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ވެސް އެ ބައެއްގެ އަހުލާގު ކަމަށެވެ.

"ގައުމެއްގައި ނަމަ، އެ ގައުމެއްގެ ކޮންމެ ފަރުދެއްގެ އަހްލާގު. ދިވެހި އައިޑެންޓިޓީގެ ވާހަކަ ދައްކާއިރު މިއީ އަޅުގަނޑު ވަރަށް ބާރުލާން ބޭނުންވާ ނުކުތާއެއް. އިސްލާމްދީން ބުނަނީ އެކަކު އަނެއްކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނާށޭ. ބުނާނެ ހެޔޮ ބަހެއް ދުލަަށް ނާންނަ ނަމަ، ހަނު ހުންނާށޭ. އަދުގެ މުޖުތަމައު އޮތީ ކިހިނެއްތޯ؟،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ހަގީގީ އައިޑެންޓިޓީއަކީ ދީނީ އަދި ގައުމީ ވާޖިބު މަތިވެރި އަހްލާގެއްގެ މަތީ ބިނާކޮށްގެން އައުން ކަމަށެވެ. ދިވެހިންނަކީ މާތް ބައެއް ކަމަށް އިބުނުބަތޫތާ ލިޔުއްވީ އެހެންވެ ކަމަށާއި ދިވެހިންގެ ގަހަކުން ވެއްޓޭ މޭވާއެއް ހުއްދަ ހޯދައިގެން ނޫނީ ނުނެގުމަށް ބޭރުގެ ނިޔަވީން އެމީހުންގެ ފަޅުވެރިންނަށް އަންގާފައި އޮތުމުން ވެސް އެނގެނީ ދިވެހިންގެ އުޅުމާއި އާދަކާދައިގައި ހުރި މަތިވެރި އަހްލާގު ކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އިޔާދަކުރަން ބޭނުންވަނީ އެ ދިވެހިންގެ މާތް ސިފަތައް. އެ އަހުލާގު. އެއީ މިއަދު އަޅުގަނޑުމެންގެ ގައުމީ އަދި ދީނީ ވާޖިބެއް،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވީ:

- މުސްލިމުން މާތް ބަޔަކަށް ވާނީ އެމީހުންގެ ހަޔާތުން މާތްކަން ދައްކާ ނަމަ، ހެޔޮ ކަންކަމަށް އަމުރުކޮށް ގޯސް ކަންކަމަށް ނަހީކުރާ ނަމަ

- އެގޮތަށް އަމަލުކުރިއިރު، ދިވެހިރާއްްޖެ އޮތީ ވަރަށް ވެސް އުފާވެރިކޮށް، ސުލްހަވެރިކޮށް ކަމާއި ރަށްފުށް އޮތީ ހިމޭންކޮށް އަދި ހިތްތައް ގުޅިފައި އޮތީ ލޮބުވެތިކޮށް ކަމަށް

- އިރާދަކުރެއްވިއްޔާ އެންމެންގެ މަދުވެރިކަމާ އެކު ދިވެހިންގެ އަހްލާގީ ދަންމަރު ރާއްޖޭގައި ހުޅުދާން ކުރައްވާނެ ކަމަށް.

ރައީސް ވިދާޅުވީ އިސްލާމީ އަހްލާގާ އެކު އިސްލާމީ އާދަތައް ވެސް ރާއްޖޭގައި ދިރުވާ އާލާކުރަން ޖެހޭ ކަމަށާއި ބޭނުން ވަނީ އިހުގެ ދިވެހިން ފަދައިން ފަތިހު ހޭލާ، ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފުރާލާ މުޖުތަމައުއެއް ކަމަށެވެ.

"ފަތިހު ހޭލާ ދިވެހި ގައުމެއް ބޭނުން. ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ގުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުގުވެރިކަމާ އެކު އުޅޭ ދިވެހި ގައުމެއް އަޅުގަނޑު ދެކެން ބޭނުން. ފަރުޟު ނަމާދުގެ ޖަމާއަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިހްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިހްތިރާމު އަލުން ގެންނަން ބޭނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ވަކި އައިޑެންޓިޓީއެއް އެބަ އޮތް ކަމަށާއި އެކަންކަން ގެއްލިގެން ގޮސްގެން ނުވާނެ ކަމަށެވެ. ގައުމީވަންތަ ކަން ދަމަހައްޓަން އެންމެ ފުރަތަމަ މަސައްކަތް ފައްޓަންވީ އަމިއްލަ މީހާއާ ހިސާބުން ކަމަށާއި އެއަށް ފަހު އެހެން މީހުންނަށް ވިސްނައިދީ، އެކަންކަން ކުރިއަރުވަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ގައުމުގެ އެއް މާނައަކީ މީހުން ކަމަށާއި ގައުމެއް ސަލާމަތް ކުރުމުގައި އެންމެ މުހިންމު ކަމަކީ މީހުން ސަލާމަތް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ މީހުންނަށް އަމާޒުކޮށް ހިންގާ ދީނާ ހިލާފު، މިނިވަންކަމާ ދެކޮޅު ކަންކަމުން ގައުމު ސަލާމަތްކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ: އިހުގައި ދިވެހިންގެ މެދުގައި އޮތް އަހްލާގީ މަތިވެރި ދަންމަރު އަލުން ހުޅުދާން ކުރައްވާނެ ކަމަށް - ފޮޓޯ: ރައީސް އޮފީސް

"ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މިކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ބާރުތަކުގެ ވާދަވެރިކަމުގައި ހަމަލާތައް ރައްދުވާ އަދި އެ ހަމަލާތައް ރޫޅާލައި އެ ހަމަލާތަކުން ސަލާމަތްވެ ގަންނަ ބަޔަކު އުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހީން އަޅުވެތިކުރުމަށް ޕޯޗުގީޒުން ފޮނުވި ލަޝްކަރާ ދެކޮޅަށް ދިވެހީން ތެދުވެ، އެ މީހުން ބަލިކޮށް، އަލުން މިނިވަންކަން ހޯދައިގަތްގޮތް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ:

- ދިވެހީންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުން ކަމާއި އެމަނިކުފާނުގެ މުޅި ސިޔާސަތު ބިނާކުރައްވާފައި ވަނީ ވެސް މި އަސާސުގެ މައްޗަށް ކަމަށް.

- ރާއްޖޭގައި ބޭރުގެ ސިފައިން މިހާރު ގާއިމުވެ ނެތުމުގެ ސަބަބަކީ ވެސް އެއީ ކަމަށާއި އަދި އެންމެ ޒަމާނީ ޓެކްނޯލޮޖީ ބޭނުންކޮށްގެން ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ގައުމިއްޔަތުގެ ހާއްސަ ނިޒާމެއް ތައާރަފުކުރެވި ދާއިރާގެ ތައުލީމާ ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދަވަނީ ވެސް އެ ބޭނުމުގައި ކަމަށް.

- ދިވެހި މަސްކަނޑުތައް ދިވެހީން ޒަމާނުއްސުރެ ސަލާމަތްކުރާ ތޮބީއީ ސިއްރަކީ ބަނޑުފުރާނަ މުއްތިކުރާ މައިރޯއްޖަކީ އެ ކަނޑުތަކުން ލިބޭ ރިޒުގު ކަމަށާއި އެހެންކަމުން ގައުމަށް ވަފާތެރި ދަރީން ބިނާކުރުމަށްޓަކާ މަސައްކަތްތެރި ޖީލުތަކެއް ބިނާކުރަން ޖެހޭ ކަމަށް.

- ދިވެހީންގެ މަސްކަނޑާއި ފަސްގަނޑާ އިހުއްސުރެ ގުޅިފައިވާ ގޮތަށް އަންނަން އޮތްތާނގައިވެސް ގުޅިފައި އޮންނަންޖެހޭ ކަމަށް.

ރައީސް ވިދާޅުވީ މިއަދު ބޭނުން ވަނީ ދިވެހިންގެ ކާބަފައިންގެ ކެރުމާއި ހިތްވަރު އަދި ގައުމީ ހިދުމަތާއި ރޫހު ކަމަށެވެ. ފިކުރުތަކާއި ނުރައްކާތަކުގެ ދުނިޔޭގައި މިއަދު ގައުމު ބޭނުން ވަނީ އެކަންކަމުން ފިލާވަޅު ލިބިގަނެ، ގައުމުގެ ހައްގުގައި ހޭލާ ތިބޭނެ ދަރިން ކަމަށެވެ. އަދި ގައުމުގެ ގަމިއްޔަތު ހިމާޔަތްކޮށް، އެކަތިގަނޑެއް ގޮތުގައި ކުރިއަށް ދިޔުމުގެ އަޒުމު ކަނޑައަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ. ހަމަ އެހެންމެ އަމިއްލަވަންތަކަން ދިފާއުނުކުރެވޭ ނަމަ، މިނިވަންކަން ދިފާއެއް ވެސް ނުކުރެވޭނެ. އެހެން ކަމުން ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.

"ގައުމެއް ދެމި ތިބުމަށް ޓަކާ، ނުވަތަ މާދަމާގެ ސަލާމަތް ކަށަވަރުކުރުމަށް ޓަކާ، އެންމެ އިސްކަމެއް ދެނީ އެބައެއްގެ ރާއްޖެ އެބައެއްގެ މިލްކުގައި ބާއްވާން. މިއީ ވެސް ތޮބީއީ ކަމެއް."

22 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާބެ.

05 September 2024

ތަންތަނައް މީހުންލާފަ އެމީހުން ގަނަތެޅުވިޔަކަސް ނުވާނެ ތިކަމެއް ، މީހުން ތަންތަނައް ޕާޓީޔައް ލޯސަލް ލާފަ އެމީހުން ގަނަތަޅުވަނީ ، ޕާޓީތެރޭން ނިކުންނަނީ ހަމަނުޖެހުން. މިވެރިކަމާ ދެކޮޅުހެދި އެތައްބަޔަކައް ފުރުސަތުދީ ޕާޓީގެ މީހުން ބޭރުގަ. މިއީ ވިސްނުންތެރިކަމޯ ދައުރުގެ ފަހުކޮޅު މިމީހުން ތިބޭނީ އެތެރޭން މިޗެރިކަން ނިންމަން

The name is already taken The name is available. Register?

ކަނބިލި

04 September 2024

ތިޔަކަން ކުރެވޭނީ ވަރަށް ހިތްވަރާއި ކެރުމާއި ލީޑަރޝިޕު ދައްކައިގެން. ކައިރީ އުޅޭ މީހުންގެ ނުފޫޒުގައި ޖެހި މަގާމުތައް ގާތް މީހުންނަށް ދީގެން ތިޔަ ކަމެއް ނުވާނެ

The name is already taken The name is available. Register?

ސުހޭލް

04 September 2024

ގައުމިޔަތެއް, މިނިވަންކަމެއް އިހުސާސް ނުވޭ, ތެދު ދޮގު ވަކިކުރަން ނޭގެ, ކިތަށްމެ ބޮޑު ތެދެއްހެދިޔަސް ގަބޫލު ނުކުރެވޭ, ކޮރަޕްޝަން އިންތިހާއަށް, އެއްމެ ކުޑަމިނުން އައިޖީއެމް އެޗްގައި ރޫމުވެސް ކޮރަޕްޝަނަށްގޮސް ހުސްވެފަ, މަތިން ނުބުނަނީސް އާދައިގެ މީހަކަށް ރޫމު ނުލިބޭ, ވައިޓިންގަ 15 ދުވަސް ވާއިރު ބައެއްމީހުންނަ ލިބެނީ މަތީން ގުޅީމަ ނޫނީ ލާރިގަނޑެ ދީގެން މީގައިމުގެ ހާލަތަކީ.

The name is already taken The name is available. Register?

ދަރުމަވަންތަ

04 September 2024

ދިވެހިން ޑިސިޕްލިންވާން ވަރަށް ގިނަކަންތަކެއް ކުރަންއެބަޖެހޭ. ފުރަތަކަމަކަށް އިރުއޮސުނީމަ ގެއަށްދާންޖެހޭކަން އަނބިންނާ ދަރިން އެބަތިބިކަން. ހޮޓާތަކާ މަގުމަތީ ބޭރާކު އަނގަނުތަޅާ ކުދިންނަށް ނާމޫނާއަކަށް ވާންޖެހޭކަން. ދަރިންކުރިމަތީ އެކަކުއަނެކަކާ ޒުވާނުނުކުރުން. ކުދިންގެ އުމުރާ ނުގުޅޭ އެއްޗެހި ބަލަން އެކްސެސް ނުދިނުން. މިކަހަލަ އެތައްކަމެއް. ވާނެ. އެންމެން ގުޅިިގެންވާނީ.

The name is already taken The name is available. Register?

އެޗް އެމް

04 September 2024

އިހުގަ އޮތް އަޚްލާގަކާއި އާދަކާދަ އެއް ދެެނެއް އާލާއެއް ނުވާނެ އެވެ. ޒަމާނީ ތަހިޒީބު އާލާ ކުރެވިދާނެއެވެ. އެކަންވެސް ހާސިލު ކުރެވޭނީ އެންމެ ފުރަތަމަ ފުދުންތެރި ކޮރަޕްޝަނުން ސަލާމަތްވެ ހަމަހަމަ އިންސާފް ލިބިދޭތަނަކަށް މިގައުމު ވެގެންނެވެ. ގާބިލުކަމެއްނެތަސް ބަލަދުއަރާ މީހުންނަށް ބާރާއި ހިމާޔަތް ލިބިދޭ ސިޔާސަތު ނެތިކޮށް ލާފަ ބަސް ބުނާށެވެ. އޭރުން ގަބޫލުކުރަން ފަސޭހަވާނެއެވެ.

The name is already taken The name is available. Register?

ސްލީޕީ މޯލްޑިވްސް

04 September 2024

ތިވިދާޅުވަނީ މުނާޖާގޮވާ ގަޑީގަ ނިދަން އޮށޯއްނަ ބައެއްގެވާހަކަ. ފުރިހަމަ ނިންޖެއްނެތެލި ދެދޯ ބަޑިގޮއްވައިގެން ރަތްކުލައަރުވައިގެންން ތިބޭ ބައެއްއެއީ. ރައްޔަތުން ޚިދުމަތް ހޯދަން ދިއައިމަ ތިބެނީ ކުނިމޫނު ދައްކައިގެން. ރީއްޗަކަށް ވާހަކަ ނުދައްކާނެ. އޮފީސްތެރޭން އިވޭނީ ހޭއަޑާ ޓިކްޓޮކް ބަލާއަޑު. މިހާރުގެ އޮފީސްތަކުގެ ހާލަތު. އެވަރަށް ފެގުޖަހާނެ. ފުރަތަމަ އަމިއްލަ ސިއްހަތައް ހުރުމަތްތެރިކޮށް ހިތަގެންދޯ އެހެންކަމެއް ރަގަޅުވާނީ.

The name is already taken The name is available. Register?

ސިސް

04 September 2024

ދަންމަރުތައް ރޯނުކޮއް ބޯހިޔާ ވަހިކަމެއް ހޯއްދަވާދެއްވާ ފުރަތަމަ ބޮޑުކުލީގަ ހަނާވަނީ

The name is already taken The name is available. Register?

ކޮލަމާހުއްޓާ

04 September 2024

ތިވާހަކަ ދިމާވާނީ އެންމެ އަރިހުގަ ހުރި އަދުރޭމެން ވެރިކަމުގެ ތެރެއިން ދުރުކުރެވިގެން.

The name is already taken The name is available. Register?

ބަކުރުުބޭ

04 September 2024

މުސްކުޅިން ބުނެޔޭ ކިޔާފާ އަހަރެންގެ ކާފބުނި ދަރިފުޅާއޭ ދުނިޔެއަކީ އެނބުރެމުން ނިޔުޅެމުންދާ އެއްޗެކޭ. އެގޮތަށް ބަލާއިރު މުއިއްޒަށްވެސް ދުނިޔެ ރިވައިންޑް ކުރުމަކީ ވާނެކަމެއްނޫން. އެއީ މުސްތަޙީލްކަމެއް. އަބްދުﷲ ހަމީދު އެޑިޔުކޭޝަން މިނިސްޓަރުކަމުގައި ކޮންމެ ސްކޫލެއްގައި ނަމާދުކުރާތަނެއް ހަދާ ދެނަމާދުދޭތެރޭ ޔާސީންސޫރަތް ކިޔަވަން ކުދިން ސްކޫލަށްގެންގޮސް މަސައްކަތްކުރި.ފަހުން މިނިސްޓަރު ބަދަލުވެ އެކަންތައްވެސްދިޔައީ ބޮނޑުނަގުލަށް. އެންމެފަހުން ހުއްޓުނީ.

The name is already taken The name is available. Register?

ޖާދޫ

04 September 2024

މަނިކުފާނު ތިޔަ ވިދާޅުވާ ދަންމަރު ހުޅުދާން ކުރަން ބޭނުންވާނަމަ މަނިކުފާނު އެންމެ އަރިހުގައި ތިބި މިސަރުކާރުގެ އެންމެ މަތީގަފަޑިގައި އެބައުޅޭ އެއްވެސް ވަރަކަށް އަހްލާގުގެ ކަންފުޅެއްނެތް މީހުންވެސް، ފުލުހުންނަށް އައުގުރާނަ ގޮވާފަތިބި މީހުންވެސް، މަނިކުފާނު ފުރަތަ އެމީހުންގެ އަހްލާގު ދަންމަރު ހުޅުދާން ކުރޭ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454