އެޓާނީ ޖެނެރަލް އޮފީހުގެ ޕީއެސްގެ މަގާމަށް އައްޔަން ކުރި ސުލްތާނާ ޝާކިރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ސީއެސްސީގެ ރައީސް ނާސިހު --
09 ސެޕްޓެމްބަރ 2024 - 15:39
އެޓާނީ ޖެނެރަލް އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް މީގެ ކުރިން ވެސް އެ މަގާމު ފުރުއްވި ސުލްތާނާ ޝާކިރު މިއަދު އައްޔަންކޮށްފި އެވެ.
އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މަގާމުގެ ލިޔުން ސުލްތާނާއާ ހަވާލު ކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަލީ ނާސިހެވެ.
ސުލްތާނާ ވަނީ 2012 އިން 2019 އަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު އަދާކުރައްވައިފަ އެވެ. މިއަދު މަގާމާ ހަވާލުވުމާ ހަމައަށް އޭނާ ހުންނެވީ ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމުގަ އެވެ.
ޖުޑީޝަރީ ދާއިރާގައި ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފައިވާ ސުލްތާނާ ވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް ވައިކަޓޯއިން ބެޗެލާ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން މާސްޓަސް އޮފް ޕަބްލިކް ޕޮލިސީ ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގާބިލް
11 September 2024
ވަރަށް ގާބިލު، ހިންގުންތެރި، މޮޅު، ހިތްތިރި ކަނބަލެއް
މަހޭން
10 September 2024
އެއްބަޔަކު މުޅި އުމުރު ދުވަހު އެއް ވަޒީފާއެއްގަ ބަގުޑި ބައްދާން. ދިވެހިރާއްޖޭގެ ކުރިއެެރުން މިހާ ފަހަތުގަ މިއޮންނަނީ މިހެންވެ
ސަނަމް
09 September 2024
މިކުއްޖާއަށް ހަދާނެގޮތެއް ނޭގުނު ދޯ.
ރޔޒ ރށދ
09 September 2024
ގާބިލް މޮޅު ބޭފުޅެއް.
އަހަންމާކަލޯ
09 September 2024
2012 އިން ފެށިގެން ހަމަ އެއް ވަޒީފާއެއް ދެއްތޯ އެވެސް ޕްރޮމޯޝަނެއް އިތުރު ކުރިއެރުމެއް ނުލިބޭ ދެއްތޯ
ސުންދަރު
10 September 2024
ބަލަ ޕީއެސް އަކީ ސިވިލް ސަރވިސްގެ އެންމެ މަތީ ރޭންކް، އެއަށްވުރެ މައްޗަށް ދަންޏާާ ދެން ޖެހޭނީ މިނިސްޓަރކަމަށް ނުވަތަ އޭޖީއަކަށް ދާން، އެ މަގާމަކީ ޕްރޮމޯޝަނުްނ ދެވޭ މަގާމެއްނޫން
ސައިތާނާ
09 September 2024
މަރުހަބާ ސުލް ތޯނާ
އޭންޖަލް007
12 September 2024
ސުލްތޯނާ އެއީ އެއްކޮށްލިޔެފަ އިންނަ ނަމެއް.