11 ސެޕްޓެމްބަރ 2024 - 15:23
ދިރާގުން ބޭއްވި އީއޭއެފްސީ މިނީ ސީރީޒް 2 ޑުއޯޒް ޓޯނަމަންޓުގެ ޗެމްޕިއަންކަން ޓީމު "ދަ ލޮޖް" އިން ހޯދައިފި އެވެ.
ޖުމްލަ 15،000ރ. ގެ ޕްރައިޒް ޕޫލަކާ އެކު ކުރިއަށް ގެންދިޔަ މި މުބާރާތުގެ ރަނާރަޕްކަން ހޯދީ ޓީމު "މޯލްޑިވްސް ޔުނިފައިޑް ގޭމިން" އެވެ. މި މުބާރާތުގެ ތިން ވަނަ "އިމިއުނިޓީ އެފްސީ"އިން ކާމިޔާބުކުރި އިރު ހަތަރު ވަނަ ހޯދީ "ބްލެކް އެން ވައިޓް" އިންނެވެ.
ދިރާގުގެ އީއޭއެފްސީ މިނީ ސީރީޒް 2 ޑުއޯ ޓޯނަމަންޓަކީ ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި މުބާރާތެކެވެ. ލައިވްކޮށް ބެލޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 120 ޓީމަކުން ބައިވެރިވި އެވެ. މުބާރާތުގައި ކޮންމެ ޓީމަކުން ދެ ކުޅުންތެރިން ވަނީ ވާދަކޮށް ކުޅެފަ އެވެ.
ދިރާގުން ބުނީ މި ގޭމިން ޓޯނަމަންޓުގައި ރާއްޖޭގެ ގޭމަރުންގެ ކުޅަދާނަކަމާއި ހުނަރު ފެނިގެން ދިޔަ ކަމަށެވެ. އަދި ދިރާގުން މަސައްކަތްކުރަމުން ދަނީ ގޭމަރުންނަށް އޮތް ފުރުސަތުތައް އިތުރުކޮށް، ވާދަވެރި މުބާރާތްތަކެއް ބާއްވާ ގޭމަރުންގެ ހުނަރު ތަރައްގީކުރުމަށް ކަމަށް ބުންޏެވެ.
ދިރާގުން ދާދި ފަހުން ވަނީ ރާއްޖޭގެ ގޭމިން ދާއިރާ ތަރައްގީކުރުމުގެ ގޮތުން "ދިރާގު ގޭމާސް ގިލްޑު" (ޑީޖީޖީ)ގެ ނަމުގައި ހާއްސަ ޕްލެޓްފޯމެއް ވެސް ލޯންޗުކޮށްފަ އެވެ. މި ޕްލެޓްފޯމުން ދިރާގުން ބާއްވާ ގޭމިން މުބާރާތްތަކުގެ ތަފްސީލާއި މުބާރާތަށް ރަޖިސްޓްރީކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy