11 ސެޕްޓެމްބަރ 2024 - 16:33
ބޭންކް އޮފް މޯލްޑިވްސް އިން މިއަހަރުގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުން ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް އެއް އަހަރުގެ މުއްދަތަކަށް ބީއެމްއެލްއިން ހިންގާ ޕްރޮގްރާމެކެވެ. ބީއެމްއެލްއިން ބުނީ މި އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބޭނެ ކަމަށެވެ. އަދި މި ޕްރޮގުރާމް ފުރިހަމަކުރާ ފަރާތްތަކަށް ބީއެމްއެލް އާއި އެހެން މާލީ އިދާރާތަކުން ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
މި އިންޓާންޝިޕުގައި ބައިވެރިވެވޭނީ ޑިޕްލޮމާ ނުވަތަ އެއަށް ވުރެ މަތީގެ ފާހެއް އޮތް އޮވެގެންނެވެ. އަދި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާއެއް އަދާކޮށްފައި އޮވެގެން ނުވާނެ އެވެ. އަދި ކިޔަވަމުންދާ ނުވަތަ ކިޔެވި ކޮލެޖަކީ ބީއެމްއެލްގެ އިންޓާންޝިޕް ޕްރޮގުރާމުގައި ބައިވެރިވެފައިވާ ކޮލެޖަކަށް ވާން ޖެހެ އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި އިންޓާންޝިޕް މުއްދަތުގައި ބައިވެރިންނަށް ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
Login - Careers
މި ލިންކުން އިންޓާންޝިޕަށް ހުށަހެޅޭނެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް މުސާރައިގެ ގޮތުގައި މަހަކު 6،000ރ. އާއި ރޯދަ ބޯނަހާއި ޕެއިޑް ލީވް ވެސް ލިބޭނެ އެވެ.
މި އިންޓާންޝިޕަށް އެދި ހުށަހެޅޭނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy