ކޮލެޖެއްގެ ގްރެޖުއޭޝަން ހަފްލާއެއް: ސަރުކާރުން ސްޓޫޑެންޓް ލޯނަށް ފައިސާ ނުލިބޭ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި. -- ދޮޓޯ: ފަޔާޒް މޫސާ / މިހާރު
16 ސެޕްޓެމްބަރ 2024 - 12:13
މިއަހަރު ސްޓޫޑަންޓް ލޯނު ހަމަޖެހުނު ދަރިވަރުންނަށް ލޯނު ފައިސާ ދޫކުރުން ވަރަށް ބޮޑަށް ލަސްވެ، ޝަކުވާ ބޮޑުވެއްޖެ އެވެ.
މިއަހަރު ލޯނަށް ހުޅުވާލި 500 ފުރުސަތަށް އެދި 1،709 ދަރިވަރަކު ކުރިމަތިލި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި އޮތީ މި ހުރިހާ ދަރިވަރުންނަށް ލޯނު ދޭށެވެ. އޭގެ ތެރޭގައި އަމިއްލަ ހަރަދުގައި ބޭރުގައި ކިޔަވަމުންދިޔަ ބައެއް ދަރިވަރުން ވެސް ލޯނަށް އެދި ކުރިމަތިލުމުން ޝަރުތު ހަމަވާ ކަމަށް ނިންމައި ލޯނު ދޭން އޮތީ ނިންމައިފަ އެވެ.
އެކަމަކު ރާއްޖެއިން ބޭރުގެ ގިނަ ޔުނިވާސިޓީތަކެއްގައި ސެޕްޓެމްބަރު/ އޮކްޓޫބަރު އިންޓޭކްގެ ކިޔެވުން ފެށެން ކުޑަތަންވެފައި އޮތްއިރު ވެސް އަދިވެސް ދަރިވަރުންނަށް ފައިސާ ނުލިބެ އެވެ. ނަމަވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.
މެލޭޝިއާގައި ކިޔަވަމުން އަންނަ ދަރިވަރަކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާއަކީ އަމިއްލަ ހަރަދުގައި ކިޔަވަން ގޮސް، ފަހުން ލޯނަށް ހުށަހެޅުމުން ލޯނު ލިބުނު ދަރިވަރެކެވެ. އެކަމަކު ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން ވެސް މިނިސްޓްރީން ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.
"ދެ ހަފްތާ ތެރޭގައި ފޮނުވާނެ ކަމަށް ގަވައިދުގައި އޮންނަ ފޯމު ލިބުނީ މަސް ދުވަސް ފަހުން. ތިން ދުވަސް ތެރޭގައި ހުރިހާ އެއްޗެއް ހަމަކޮށްފައި ފޮނުވީމާ މަސް ދުވަސްވިއިރު ވެސް ޖަވާބެއް ނައި. އެކްނޮލެޖްމަންޓް މެއިލް އެއް ނާދެ. އޭރުންތާ އެނގޭނީ އަޅުގަނޑު ހުށަހެޅި މައުލޫމާތު ރަނގަޅު ކަމެއް ވެސް. އިތުރު ލިޔުމެއް ބޭނުންވާ ކަމެއް ވެސް. އެއްކަމެއް ވެސް ނާންގާ،" އެ ދަރިވަރު ކިޔައިދިނެވެ.
"ވާނުވާގައި އަޅުގަނޑު ހުރީ. ގާތްގަނޑަކަށް 12 މެއިލް ފަހުން އަޅުގަނޑު ކުރިން ވެބްސައިޓުގައި އިން މެއިލް އަށް ޖަވާބެއް ނާދެ،" އޭނާ ބުންޏެވެ.
މިކޮޅުން ދަނީ ހަމަ ސްޓޫޑަންޓް ލޯނަށް ހޮވިފައި ތިބޭ ދަރިވަރުންނަށް ފީ ޝީޓާއި އެގްރީމެންޓް އަދި ޕޭމަންޓް މަސައްކަތް ކުރަމުން. ފައިސާ ދާނީ އަބަދުވެސް ލޯނުގެ ދަރިވަރުންނަށް ދޫކުރަމުން. އެކަމަކަށް އެއްވެސް އިރަކު ހުއްޓުމެއް ނުގެނޭ،"--- މިނިސްޓްރީގެ އޮފިޝަލް
އޭނާ ބުނި ގޮތުގައި ރާއްޖެއިން ބޭރުގައި އެވަގުތު ހުރުމުގެ ސަބަބުން މިނިސްޓްރީގެ ނަމްބަރަށް ނުގުޅިގެން، ފަހުން އާއިލާގެ މީހުން ލައްވައި ވެސް ގުޅި އެވެ. އެކަމަކު ހަތްދިހައެއްހާ ފަހަރު ގުޅިއިރު ވެސް އެ މިނިސްޓްރީން ޖަވާބެއް ނުދޭ ކަމަށް ބުންޏެވެ.
ޔުނިވާސިޓީގެ ޗުއްޓީ ދުވަސްކޮޅެއް ކަމުން އެ ދަރިވަރު މިހާރު ހުރީ ރާއްޖޭގަ އެވެ. އަދި ފަހުން މިނިސްޓްރީއަށް ގޮސްގެން، އެކަންވީ ގޮތެއް ބެލިއިރު އެ މެއިލް ނުވެސް ހުޅުވާ ކަމަށް ބުނެ އެ ދަރިވަރު ކަންބޮޑުވުން ފާޅުކުރި އެވެ.
އޭނާ ބުނި ގޮތުގައި ލޯނަށް ކުރިމަތިލީ ވެސް އަމިއްލަ ހަރަދުގައި ކިޔެވޭނެ ގޮތެއް މިވަގުތު ނެތިގެން ކަމަށެވެ.
"އެއް އަހަރުގެ ކޯސް ފީ އަމިއްލަ އަތުން ދައްކާފައި އޮންނާނީ. ދެން ކުރިއަށް އޮތް ކޯސް ފީ ދެއްކޭނެ އެއްވެސް ގޮތެއް ނެތް. ސޭވިންގައި ހުރި ފައިސާ ހުސްވެއްޖެ. އެެހެންވެ ލޯނަށް ލީ،"
އޭނާ ބުނީ ލޯނުގެ އުސޫލުތަކުގައި އޮންނަ ގޮތުން ނަމަ މިއީ ލޯނު ހަމަޖެހިފައި އޮންނަންޖެހޭ މުއްދަތެއް ކަމަށެވެ. އެކަމަކު އޭނާ ބުނީ ލޯނުގެ ފައިސާ ދޫކުރެވޭނެ ވަކި ދުވަހެއް ވެސް ނޭނގޭ ކަމަށް މިނިސްޓްރީން މިހާރު ބުނެ އެވެ.
"އަޅުގަނޑުގެ ވިސާ ހަމަވަނީއޭ އަންނަ މަހު. މި ހުރިހާ ވާހަކަތަކެއް ކިޔައިދިން އެތަނަށް ވެސް. ބުނެފިން ހަމަޖެހޭނެ ވަކި މުއްދަތެއް ބުނެދޭށޭ. އޭރުންނޭ އެނގޭނީ މީހެއް އަތުން ވިޔަސް ލޯނެއް ނަގަން ވެސް. ނޫނީ ކޯސް ހުއްޓާލާނީތޯ. މިތާ މަޑުކުރާނީތޯ، އަނބުރައި ވިސާ ރިނިއު ކުރަން ނުގޮސް. އެކަމަކު އެމީހުންނަށް ލޯނު ދެވޭނެ ވަކި ދުވަހެއް ވެސް ބުނެ ނުދެވުން،" އެ ދަރިވަރު ބުންޏެވެ.
މި ޝަކުވާތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނު ހަމަނުޖެހިގެން ދަރިވަރުން އަނބުރާ އަންނަ ކަމުގެ މައުލޫމާތު ނުލިބޭ ކަމަށެވެ. އަދި ދަރިވަރުންގެ ލޯނު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"މިކޮޅުން ދަނީ ހަމަ ސްޓޫޑަންޓް ލޯނަށް ހޮވިފައި ތިބޭ ދަރިވަރުންނަށް ފީ ޝީޓާއި އެގްރީމެންޓް އަދި ޕޭމަންޓް މަސައްކަތް ކުރަމުން. ފައިސާ ދާނީ އަބަދުވެސް ލޯނުގެ ދަރިވަރުންނަށް ދޫކުރަމުން. އެކަމަކަށް އެއްވެސް އިރަކު ހުއްޓުމެއް ނުގެނޭ،" އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯނު ލިބުނު ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުންގެ ކިޔެވުން މި މަހު ފެށޭއިރު ލޯނުގެ ފައިސާ ނުލިބިގެން އަމިއްލަ ހަރަދުގައި ބައެއް ދަރިވަރުން ވަނީ އެ ގައުމުތަކަށް ގޮސްފަ އެވެ. އެކަމަކު ސްޕޮންސާ ލެޓާ ވެސް ދަރިވަރުންނަށް ނުލިބެ އެވެ. އަދި ކޯހަށް ފައިސާ ނުދައްކައިގެން ބައެއް ދަރިވަރުންނަށް ޔުނިވާސިޓީތަކުން ފައިނަލް ނޯޓިސް ފޮނުވާފައިވާކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްޓިވިސްޓުންގެ ޖަގަހަ
18 September 2024
30 ސިޔާސީ މީހުން ލާފަ ތަނުގެ ހުރި މީހަކުވިއްޔާ އުނދަގޫކޮށް ބޭރުކުރީ، ނޫނީ ރިޓަޔަރކުރީ، ހިންގުމުގެ ތަރުތީބެއް މިހާރަކުނެތް. މިނިސްޓަރެއް ޕީއެސް އެއް ކިޔާނެކަމެއްނެތް. ކުރީ ސަރުކާރުން ލޯން ސެކްޝަން އެފުށްމިފުށަށް ޖަހާލީ، އެތައް ޒަމާނެއްވަމްދެން ތިބި ލޯން ސެކްޝަން މުވައްޒަފުން އެސަރުކާރުގަ މިނިސްޓްރީ ދަށުން ހުރި އެހެން އިދާރާތަކަށް ބަދަލުކުރީ
އަންދަލޫސިޔާ
17 September 2024
ތިޔަ ހަޔަރ އެޑިއުކޭޝަނަކީ ކަމެއް ކުރާތަނެއް ނޫން. ފައިސާ ޖަމާނުވެގެން 20 އީމެއިލް 2 މަސްތެރޭ ފޮނުވައިގެން ވެސް އެކަމެއް ނުވޭ. އަމިއްލަޔަށް މިޖެހެނީ އެހެން ހުރިހާ ތާކަށް ގުޅަން. ރައްޓެހިން މެދުވެރިވެގެން ކަންކަން ކުރަން. މުޅިން ވެސް ހަދަނީ ދޮގު. ޑޮކިއުމަންޓް ނުފޮނުވާ ފޮނުވީކަމަށް ބުނޭ. ފައިސާ ޖަމާކުރަން ނުވެސް ފޮނުވާ އެބަބުނޭ ޖަމާވެފައޭ ހުންނާނީ.
މީ ރައްޔިތު މީހާ
17 September 2024
ސަރުކާރު ފެއިލް ވެއްޖެ! ރައީސްކަން ދީފަ މުޅި މަޖިލިސް ވެސް ދީފިން! ތި ލޯނުގައި ޝަރުތު ހަމަވެ ބާކީކޮށްލާފައި ތިބި ކުދިން ވެސް ވަކި މަދެއް ނޫން! މިނިސްޓްރީ އިން ދޮގުނުހެދުމަށް ގޮވާލަން. ރައްޔިތުންނަކަށް ނޫޅެ ކަލޭމެން އޮޅިގެނެއް.
އާމިންދީ
17 September 2024
މިވަރުން ކިހިނެތް ބޭރު ތަންތަނަށް ކިޔަވަންދާނީ. ސެމިސްޓަރ ވެސް ފެށިއްޖެ. އެކަމަކު މިނިސްޓްރީ އިން އަދިވެސް ފޯނަށް ޖަވާބެއް ނުދޭ. ސާބަސް.
ސަހަރޯހީވެ
17 September 2024
ކޮންމެ ސަރުކާރެއް އޮތަސް މިވެސް އަހަރަކު ދެތިން ފަހަރު ޚަބަރު ޖަހައިގެން ނޫނީ ހައްލުނުވާ ކަމެއް ދޯ... ރާއްޖެއިން ކިޔެވެން ހުންނަ އެއްޗެހި ކިޔަވަން ބޭރަށް ކުދިން ނުފޮނުވަންވީނު، ބޭސްފަރުވާވެސް ލިބެނީ ރާއްޖެއިން ކުރެވެން ނެތިއްޔާ ވިއްޔާ.... އަދި މިފަރު އޭލެވެލް ފެށި ގިނަ ސްކޫލުތަކަށް އަދިވެސް ވައުވަރ ނުލިބޭ.. ކުދިން ޖެހެނީ އަމިއްލައަށް އެއްޗެހި ގަންނަން.. އެވެސް ސާފުކޮށްފަ ޚަބަރގަ ޖަހާލަންވީނު، އޭރަށް ކަންނޭންގެ ވައުޗަރު ވެސް ލިބޭނީ
ގުލް
17 September 2024
ބަލަ އަމިއްލަ ޚަރަދުގައި މެލޭޝިޔާއަށް ދިޔައީ ކޯހުގެ ތިންބައި ކުޅައެއްބައި ނިންމާލެވޭނެހާ ފައިސާވެސް އަތުގައި ނެތީސްބާ.
އާމިންދީ
17 September 2024
ތިބޭފުޅާ އަކަށް ނޭގޭނެ ދޯ މިއަދު ވާވަރަށް ލާރި ހުއްޓަސް މާދަމާ ވާނެ ގޮތެއް. ލާރި ނެތީމައެއްނު ލޯނު އެއްޗެހި މި ނަގަނީ.
ބެއްޔާގެ ދަރި
17 September 2024
ވެދާނެ ދޯ ލޯނު ހަމަޖެހުނީމާ ކުރިން ފައިސާ ލިބެމުން އައި މަގު ބަންދުވީ ކަމަށް. މިސާލަކަށް ފުރަތަމަ އަހަރު ލޯނު ނުލިބުނަސް ފެށުމުން ލޯނު ލިބޭކަން އެނގޭތީ ވެސް ބައެއް ކުދިން މުޅި ކޯހަށް ފައިސާ ނެތި ވެސް ކޯސް އެބަ ފަށާ. ލޯނު ހަމަޖެހި ލޯނުގެ ފައިސާ ލަސްވާ ނަމަ އެއީ މައްސަލައެއް
1206
17 September 2024
އަޅުގަނޑު ބޭރުގައި ކިޔަވަން ހުރެ، ކިޔެވުން ނިމެންދަނިކޮށް، ހަޔަރ އެޑިއުކޭޝަން އަށް ފޮނުވި އީމެއިލް އަށް ތަފާތު ދެ ތިން ހަތަރު ފަހަރެއްގެ މަތިން ފޮލޯއަޕް ހަދައިގެން ވެސް މެއިލް އަށް ޖަވާބެއް (އެވެސް ޖަވާބަކަށް ހަމަ ހިލާ ނުވާ ޖަވާބެއް) ލިބުނީ ދެކެފަރިތަ ސްޓޭޓް މިނިސްޓަރަކު އަރިހުގައި 2 ފަހަރެއްގެ މަތިން އާދޭސް ދަންނަވައިގެން ޖަވާބު ލިބުނީ 9 މަސް ފަހުން. އީމެއިލް ކުރީ 18 ނޮވެންބަރު 2023. ޖަވާބު ލިބުނީ 11 ޖުލައި 2024 ގައި. ހެކި އެބަހުރި ލިޔުމުން.
އާރީ
17 September 2024
އަހަރަމެން އޭރުވެސް ބުނިން ރަށްއިތަކަށް އެއްޗެއް ދީފަ އޮތީ އެމްޑީފީ ސަރުކާރުންނޭ ހެޔޮނުވާނޭ އެމްޑީފީއާއި ދެކޮޅަށް ނުނިކުންނާށޭ. އެމީހުން ހޮވާށޭ. މިއަދު މިއޮތީ އެދުވަސް އައިސް ރަށްއިންތުން ކިހާ ހާލެއްގަ ތޯ މިއަދު މި އުޅުނި. އާސަންދަ ހޯދަށް އެހާ އުދަގޫ. ދަރިވަރުން ލޯނު ހަމަނުޖެހޭ. ތަކެތީގެ އަގު އިންތިހާ އަގުބޮނޑް. ޑޮލަރު ހުރީ ވަހުގަ ޖެހިފަ. ކުންފުނިތަކުގެ މުއަށްޒަފުންގެ ފުރޮމޯސަނާ އިނާޔަތް ހުއްޓްވާަފަ މިހެން ކިއިދާނެ ކިތައްމެ ބައިވަރެއް ވެސް..
އަޒްރާ
17 September 2024
ތިބުނާ އެމްޑީޕީ ވެރިކަމަށް އައިއްސަ ގައުމު ބަގުރޫޓް ކޮއްފަ ބައިތުލްމާލު ހުސްކޮއްފަ ދެން އަންނަ ވެރިއަކަށް އެކަން ނުކުރެވޭވަރަށް ގައުމު ދަރުވާލާފަ
މޯޑް
17 September 2024
ސަރުކާރު ކުންފުނިތަކުން ބޮނޑް ހަރަދު ކޮށްފަ ފުޓްސަލު ކުޅެވޭ. ބޭރުން ކުޅުންތެރިން ގެނެސް. އެކަމް ކިޔަވާ ދަރިވަރުން ލޯނު ހަމަ ޖަންސާ ނުފެވޭ
މޫސާފުޅު
17 September 2024
އެކަހަލަ ކަންތައް ބަރާބަރަށް ކުރާނެ. މިހާރު އެނޫން ކަމެއް ނޯވޭ ވިއްޔާ.
ނަފީސާ
16 September 2024
ތިތަނުން ސެޓްފިކެޓް ކޮޕީއެެެއްގަ ތަތްގަނޑު ޖަހަން ނަގާ އެބަ އެތައް ދުވަހެއް. ދެން ލޯނުތައް ހަމަޖައްސަން ކިހާ ދުވަހެއް ނަގާނެބާ؟