ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު: އޭނާ ބީއެމްއެލްގެ ޗެއާމަނަކަށް އައްޔަންކުރަން ޕީސީބީއަށް ވަނީ ހުށަހަޅާފައި. --ފޮޓޯ: މަޖިލިސް
17 ސެޕްޓެމްބަރ 2024 - 18:36
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއާމަންގެ މަގާމަށް ރައީސް އޮފީހުގެ ކެބިނެޓް ސެކްރެޓަރީ އަހުމަދު އަލީ ހަބީބު އައްޔަނުކުރަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ނަން ފޮނުވާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ބީއެމްއެލްގެ ބޯޑަށް އަހުމަދުގެ އިތުރުން މުހައްމަދު ޝާހިދާއި އަލީ އިރުފާންގެ ނަން ފޮނުވީ މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް އޮފީހުގައި ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންކަމަށް އަހުމަދު އައްޔަނުކުރަން ޕީސީބީއަށް ނަން ފޮނުވާފައިވާ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ އަހުމަދު އަލީ ހަބީބަކީ ވަރަށް ތައުލީމީ، އެ މަގާމަށް ވަރަށް ގާބިލު ބޭފުޅެއް،" ހީނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބޯޑަށް އައްޔަން ކުރަން ސަރުކާރުގެ ފަރާތުން ނިންމި އަހުމަދަކީ ޗާޓަޑް އެކައުންޓެންޓެއް ވެސް މެ އެވެ. ބ. އޭދަފުއްޓަށް އުފަން އަހުމަދު ވަނީ 2019 އިން 2021 އަށް އެޗްޑީސީގެ ބޯޑުގެ މެންބަރުކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2023 ވަނަ އަހަރާ ހަމައަށް އެޕޯލޯ ހޯލްޑިން ޕްރައިވެޓް ލިމިޑެޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމު ވެސް އަދާކުރެއްވި އެވެ.
ބީއެމްއެލް އިން ބުނީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެކްސްޓާ އޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް) ގައި ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ނަން ފޮނުވާފައިވާ ބޭފުޅުން އައްޔަން ކުރާނެ ކަމަށެވެ.
ބީއެމްއެލްގެ މި ފަހަރުގެ އީޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ މަހުގެ 10 ވަނަ ދުވަހާ ހަމައަށް އެ ބޭންކުގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓަރީ ވެފައިވާ މީހުންނަށެވެ. މިއީ މި އަހަރު ބީއެމްއެލް އިން ބާއްވާ ތިން ވަނަ އީޖީއެމް އެވެ. އޭގެ ކުރިން ބޭއްވި ދެ އީޖީއެމް ވެސް ބޭއްވީ، ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން އައްޔަން ކުރުމަށެވެ.
ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ މި މަހުގެ 8 ވަނަ ދުވަހު އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އޭނާ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވާފައި ވަނީ ވެސް އީޖީއެމް ބާއްވާ ތާރީހުގަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވާނީ އޭގެ ފަހުންނެވެ.
ބީއެމްއެލްގެ ބޯޑުގައި 11 މެންބަރުން ތިއްބަވަ އެވެ. އެއީ ސަރުކާރުން އައްޔަންކުރާ 8 މެންބަރުންނާއި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ތަމްސީލުކުރާ ތިން މެންބަރުންނެވެ. އެކަމަކު މިވަގުތު ބޯޑުގައި ތިއްބެވީ 8 ބޭފުޅުންނެވެ. އޭގެ ތެރެއިން ސަރުކާރުން އައްޔަން ކޮށްފައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ. ބޯޑުގައި އިންނަވާތާ އެތައް އަހަރެއް ފަހުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން މިދިޔަ މަހު ވަނީ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައުލީމީ އަޚްލާގް ހުންނަ ބޭފުޅުން ބަލައިގަންނާނަން
18 September 2024
އަހްމަދަކީ ތަފާތު ހިނގުންތެރި މީހުނާ ގުޅޭ، އަޚްލާގް ރަނަގަޅު ބޭފުޅެއް އިތުރު ކާމިޔާބަށް އެދެންް
މޯލްޑިވިޔަން ޕެޓްރޮއިޓް
18 September 2024
މިހާރު ޕީޖީ ވެސް ރައީސް އޮފީހުން، މިފަހަރު ޗެއަރމަންވެސް ރައީސް އޮފީހުން. މިސްރާބުމިހުރީ ރަނގަޅަށްބާ؟
ގޯސް ގޯސް
18 September 2024
މިއޮތީ ގޯހުން ގޯހައްގޮސްފަ. ސަރުކާރަކުން ކުރާނެ އެންމެވިއާނުދާނެ ކަންތައް މިއޮތީކޮށްފަ. އަދިހަމަ ވިއަފާރީގެ ތެރެއަށް އުދުނޅިބޭނުން ހުއްޓާލަން އެބަޖެހޭ. ދިވެހި ހިރިހާރައްޔިތުންނަށް އެނގޭނެ ނަންބުނީމަ ކުންފުނިތަކުގެ ނަޒާހައްތެރިކަން ހުރިވަރު އެކަހަލަކުންފުނިތަކުގަ އުޅޭނީއެކަމަށް ތާއިދުކުރާމީހުން.
މެލޭސިޔާ ހުސޭނު
18 September 2024
ބެންކު ސިޔާސީ ކުރަންވެގެން ގަވާއިދު ބަދަލު ކުރީ، މާލީ އެކި އިދާރާރާތަކަށް ސިޔާސީ މީހުންލާ ތަން ހަލާކު ކުރަން. މީދެން ވަރަށް ދެރަކަންކަން. ސިޔާސީ ނުވެ ހުރި ހުރިހާތަނެއް ސިޔާސީކޮށް ފަސާދަކޮށްފި.
ތަންދޮރު ނުދަންނަ ހުސޭނު
18 September 2024
ބަލަ ތި މަގާމު ތަކަކީ މީގެ ކުރިންވެސް އައްޔަން ކުރާ މަގާމުތަކެއް. އަބަދުވެސް އޮންނަ ސަރުކާރަކުން މީހުން އައްޔަން ކުރަނީ. އޭރު ނުވޭ ސިޔާސީ. މިހާރު ވީ؟
ގަދަ
18 September 2024
ޗާޓަރޑް މެޏެޖްމަންޓް އެކައުންޓެންޓަކަށް ވެވޭނީ ވަރަށް އުނދަގޫ ޓެސްޓު ތަކަކުން ފާސްވެގެން އެތަކެއް އަހަރު މަސައްކަތު ތަޖުރިބާ ހޯދައިގެން
ްުއުސްމާނުބެ
18 September 2024
މުހިންމެއް ނޫން ޗާޓަޑް ވިޔަސް ނުވަތަ އަދި ޑިގްރީ ނުވަތަ މާސްޓަރސް ވިޔަ ، މުހިންމީ ޒަންމާދާރު ކޮއް މަސައްކަތުގެ ޒިންމާނަގައިގެން އެކަން ވާނެތޯ.
ލަސް
18 September 2024
ނުކިޔަވާ ހުންނަމީހާއަށް ހިވާނީ ތިޔަހެން.
ކޮލަމާހުއްޓާ
17 September 2024
ސިޔާސީމީހުން އައްޔަންކޮށް ސިޔާސީ ކުރަން ވަކިކަހަލަ ތަންތަން ހުންނާނެ. މިދެން ބޮޑުވަރު
ނިލިސް
17 September 2024
ސިޔާސީ މީހުން ޤައުމީ ބޭންކުގެ ބޯޑަށް ޢައްޔަނުކުރުމަކީ ރަނގަޅު ގޮތެއްނޫން.
އޮނަރަބްލް އަފީފު ދީދީ
17 September 2024
ދެހާސް ނަވާރަ އިން ދެހާސް އެކާވީހަށް އެޗްޑީސީގެ ބޯޑު މެންބަރުކަންވެސް ކުރެއްވެވި ޗާޓަޑް އެކައުންޓެންޓެއް ކަމުގައިވާ އަޙްމަދު އަލީ ޙަބީބުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއާއިމެދު އެއްވެސް ޝައްކެއްނެތް. އެހެން ނަމަވެސް 2006 ކުން 2023 ހަށް ޖެނެރަލް މެނޭޖަރ ކަން ކުރެއްވެވި ކުންފުނީގެ ނަން އަޑުއިވުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދުނު ކަމުގައިވިޔަސް "ކިޔަވައިގެންހުރި ޒުވާނަކަށްވާތީ" ރަނގަޅުވާނެ ކަމަށް ބަލާފައި އަޙްމަދުއަށް މަރުޙަބާ ކިޔަން.
ެއެކަމަކުވާ
17 September 2024
އެޗް.ޑީ.ސީ ބޯޑު މެމްބަރުކަން ކުރީމަ ތިއޮތީ ޝަރުތު ހަމަވެފަ. އޮއްޓަރު ހުރިކަމެއް ކޮށްފައެއް ނެތް