ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން "މިހާރު"އަށް އިންޓަވިއު ދެއްވަނީ: މަގުމަތި އަމާން ތަނަކަށް ހެދުމަށް އެންމެން ވެސް، އެކަކު އަނެކަކުގެ ފުރާނައަށް ރައްކާތެރިވެ ވެހިކަލް ދުއްވަން ރައީސް މިއަދު ވަނީ އެދިވަޑައިގެންފައި. ---ފޮޓޯ: ނިޝާން އަލީ | މިހާރު
18 ސެޕްޓެމްބަރ 2024 - 12:49
އެކްސިޑެންޓްތަކުގައި ހިތާމަވެރި ހާދިސާތައް މި ފަހުން ހިނގާފައި ވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ދެއްވީ ވަރަށް އަސަރުގަދަ މެސެޖެކެވެ؛ އެއީ، މުޖުތަމައު މިހާރު އޮތް ހާލަތަށް ބަލައި ވަރަށް މުހިންމު ވެސް މެސެޖެކެވެ.
"ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ،" ރައީސް ވިދާޅުވި އެވެ.
މި މެސެޖު ރައީސް ދެއްވީ މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހަދާފައިވާ ހާއްސަ އެނިމޭޓެޑް ވީޑިއޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައިފަ އެވެ.
އެ ވީޑިއޯގައި ދައްކަނީ ބައްޕައަކު އޭނާގެ ދަރިފުޅަށް ހަދިޔާއަކަށް ގަޑިއެއް ދިނުމަށް ދަރިފުޅު ދިރިއުޅޭ ގެއަށް ދިއުމަށް ސައިކަލެއްގައި ދާ ތަނެވެ. އޭނާ ސައިކަލެއްގައި އެ ގެއަށް ދަނިކޮށް ވަންވޭއެއް ފަޅައި، ވަރަށް ބާރަށް ދުއްވި ކާރަކުން ސައިކަލުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގަ އެވެ. އެ ކާރު ދުއްވަން އިނީ އޭނާގެ ދަރިފުޅެވެ. އެކްސިޑެންޓުގައި ބައްޕައަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
"Life is Precious, Drive Safely!"
— Dr Mohamed Muizzu (@MMuizzu) September 18, 2024
Let us all put a concerted effort to make our roads safe for us! We may not get a second chance to make right what we do wrong with our own hands!
Thank you, Yamin Rasheed & cellmin Animation Studio, for this creation. pic.twitter.com/az1ILez6XH
އެ އަސަރުގަދަ ވީޑިއޯ ހިއްސާކޮށް ރައީސް ވަނީ މަގުތަކަކީ އެންމެންނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ.
"އަހަރެމެންގެ އަމިއްލަ އަތުން ހެދޭ ގޯހެއް ރަނގަޅުކުރަން ދެވަނަ ފުރުސަތެއް ނުލިބިދާނެ،" ރައީސް ވިދާޅުވި އެވެ.
މި ވީޑިއޯއަކީ މަޝްހޫރު "މާކަނާ" ޝޯ ގެނެސްދިން ޔާމީން ރަޝީދުގެ މަސައްކަތެކެވެ. އޭނާއަށް ވަނީ ވިޒުއަލް އާޓްސްގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމް 2015 ވަނަ އަހަރު ލިބިފަ އެވެ.
ރައީސް މި މެސެޖު މި ދެއްވީ ރާއްޖޭގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަރަށް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ވަނީ މީހަކު މަރުވެފަ އެވެ. އަދި އޭގެ އިތުރުން ވެސް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގައި، އެތައް ބަޔަކު އަންނަނީ ފުރާނައާ ހަނގުރާމަކުރަމުންނެވެ.
އެކްސިޑެންޓުތައް ގިނަވުމާ ގުޅިގެން ރައީސް މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅަން ފަށައިފަ އެވެ. ގަވާއިދާ ހިލާފަށް ދުއްވާ މީހުން ހުއްޓުވުމަށް ފުލުހުން މިހާރު އަންނަނީ 24 ގަޑިއިރު މާލެ ސަރަހައްދުގެ މަގުތަކުގައި ފޯރިމަރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަލަފް
19 September 2024
ވަރަށް އަސަރުގަދަ ވަރަށް އިބުރަތްތެރި މެސެޖެއް. ކަރުނަ ފާއްދާލައިފި
އީޒާން މުހައްމަދު
19 September 2024
އަސްލުވެސް. މިކަމާ ދޭތެރޭ ވިސްނައިގެން ނޫން ގޮތަކަށް ހައްލު ނުލިބޭނެ.
އަފާފް ސައީދު
19 September 2024
ވަރަށް ފުރިހަމަ މެސެޖެއް ރައީސް ތިދެއްވީ.
ގޯތިތަކާއި، ފްލެޓްތައް ނުލިބިގެން ވެސް ފުރާނަދާވަރުވޭ.....
18 September 2024
ރ. ޞޯލިޙްގެ ސަރުކާރުން އެތައްހާސް ބަޔަކަށް ހިބަކޮށް ދެއްވާފައި ވާ، ގޯތިތަކާއި ފްލެޓްތައް ނުދެއްވައި ރ. މުޢިއްޒު ހިފަހައްޓަވާފައި ވާތީ އެ އެންމެން ވަނީ ނަފްސާނީ ބަލިމަޑު ކަމެއްގެ ތެރޭގައެވެ. ބައެއްމީހުން މިހާރު މިދުނިޔެއިން ވަކިވެއްޖެ އެވެ. އަނެއް ބަޔަކު ވަނީ ފުރާނަދާވަރު ވެފަ އެވެ.
ވަހީދުގެ
18 September 2024
ސަރުކާރުގެ އެންމެ މަތީ ފެންވަރުން މިވާހަކަ ދައްކާއިރު ބައެއް މީހުން ޖަހަނީ ޖޯކު. މީހުން މަރުވާއިރު ވެސް ސީރިއަސް ނުވެވޭ. ކިހާ ދެރަ
ލޮލް، ލޮލް
18 September 2024
ނުކަތާވަރަށް އެއްތަނަކަށް މީހުން އަންނަން މަޖްބޫރުވާ ގޮތައް ތަރައްގީ ގެނެސް، އެމީހުން ހިނގާބިގާ އުޅެން އޮތް ތަންކޮޅު ހަމައެއް ލަމައެއް ނެތި ވެހިކަލް ބާއްވަންދީފަ، ގަވާއިދާ ހިލާފުވީމަ ކުރަން އޮތް ކަންތައް ބޮލާލާޖަހައި ފޮންޏަކައް ސްޓިކާއެއް ނުޖަހާނަމޯ ކިޔާ ޅެން ފަރިހި ކިޔަމުން އިސްތިހާރު ކުރަމުން އައީ އާންމު ރައްޔިތުނެއް ނޫން. ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ވުރެ ބޮޑަށް ސިޔާސީ ބާރު ހޯދަން ވެސް ތިމާއަށް މިކިޔޭ އެތި އިނގޭ ނަމަހީ.
ޑރ ވާންޗޯ
18 September 2024
ތިޔަކަންތަށް ހައްލުކުރެވޭނީ ކުށްކުރާމީހާޔަށް އެކަށީގެންވާ އަދަބުދެވެންފެށުނީމަ. ތިޔައީ އެއްވެސް ގައުމެއްގަ އަސަރުގަދަ ވާހަކަޔަކުން ހައްލުކުރެވުނު ކަމެއްނޫން.
މެއިޑް ލަކްޝްމީ
18 September 2024
ތިޔަ ވިދާޅުވީ ހެޔޮކޮށް
ބާސިލް
18 September 2024
މާލޭގައި ދުއްވާ އުޅަނދުތަށް މަދުކުރަންޖެހޭ. ލިމިޓެއް ގާއިމު ކުރަން އެބަޖެހޭ. ދުއްވާ އެއްޗެހި ގިނަވުމަކީވެސް އެކްސިޑެންޓްތަށް ހިނގުުމަށް މެދުވެރިވާ ސަބަބެއް
ފަރުދީ
18 September 2024
ބަލަ ބުރިޖު އެޅީމާ ހުޅުމާލޭން ގުޅިފަޅުން ތިލަފުށިން ގިރާވަރުން ވެހިކަލް މާލެ ނާރާނެ ގޮތެއް ނޯންނާނެ. ވަކި މީހަކައް ވެހިކަލް ބޭނުން ނުކުރެވޭނެ ގޮތެއް ނުހެދޭނެ.
ސޯލިހް
18 September 2024
ޒޮން ހަދަފަ ޓެރިފް ކަންދައަޅާފަ ހަމަ ލިމިޓް ކިރަންވީ!!
މަށަށްހީވާގޮތް
18 September 2024
މާލޭގައި ތޮއްޖެހިފައތީމަ އެކްސިޑެންޓްތައް މަދީ. ހުޅުމާލޭގައި ބާރަށް ދުއްވާނެތަންއޮތީމަ އެކްސިޑެންޓް ގިނަވަނީ.
ޙަސީބު
18 September 2024
މަގުތަށް އަމާން ވާނީ މަގުތަށް ބޭނުންކުރާ އެންމެން ފަރުވާތެރިވެގެން