މި އިންސްޕެކްޝަންގައި 22 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ހަތް ބިދޭސީއަކުން ވަނީ ހިފަހައްޓައިފައި. އަދި އެ މީހުންނަށް ވަޒީފާ ދިން މީހުންނަށް ވަނީ ނޯޓިސް ފޮނުވައިފައި.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގަނީ.-- ފޮޓޯ: އިމިގްރޭޝަން
19 ސެޕްޓެމްބަރ 2024 - 13:19
މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަނެއްގައި މޯލްޑިވްސް އިމިގްރޭޝަނުން މިހާތަނަށް 22 ތަނެއް ބަލައި ފާސްކޮށްފި އެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެ ސަރަހައްދުގައި ހިންގާ ސެލޫނާއި ސްޕާތަކަށް ހާއްސަކޮށް އަދި އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާ އެއްގޮތަށް ރާއްޖޭގައި އުޅޭ މީހުން ކަން ޔަގީންކުރުމަށް ހާއްސަ އިންސްޕެކްޝަނެއް އިއްޔެ ހިންގާފައިވާ ކަމަށެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ އިންސްޕެކްޝަންގައި 22 ތަނެއް ބަލައި ފާސްކޮށް، އެ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ހަތް ބިދޭސީއަކު ވަނީ ހިފަހައްޓައިފަ އެވެ. އެއީ ހުސް އަންހެނުންނެވެ.
އެ ބިދޭސީންނަށް ވަޒީފާ ދިން މީހުންގެ ތެރެއިން ހަތް މީހަކަށް ނޯޓިސް ވެސް ފޮނުވާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވޭނަށް އަރުވަނީ.-- ފޮޓޯ: އިމިގްރޭޝަން
އެ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުންނާ އެކު ފުލުހުންގެ އިންޓެލިޖެންސް ޓީމް ބައިވެރިވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ފާސްކުރުމަށް ވެސް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ވަނީ މިދިޔަ ހަފުތާގައި ފަށައިފަ އެވެ.
ސެލޫނާއި ސްޕާތަކުގެ ހާއްސަ އިންސްޕެކްޝަންގައި އިމިގްރޭޝަންގެ އޮފިސަރުން އެ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ނަގަނީ.-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަފަލޯ
20 September 2024
އެގެއްލުނީ 7 ވޯޓު.
ރިސްމީ
19 September 2024
ޙާދަ މަދޭ. ތިޔަތަންތާގަ ގިނަވާނީ ޤަވާޢިދާ ހިލާފަށް އުޅޭ މީހުން.
ކޮމެންޓޭ1
19 September 2024
ތިތަންތާ ކުރާ ކަންތައް އެއީ އެންމެންނަށް އެނގޭ ބޮޑު ސިއްރު
ހަސަންސަދުރަ
19 September 2024
މި އެންމެންގެ މޫނު ފޮރުވަން ޖެހެނީ ކީއްވެތަ؟
ޑރ ވާންޗޯ
19 September 2024
7 ބިދޭސީންގެ ކޮން 22 ތަނެއް ތިބެލީ؟. ހާދަބައިވަރު ބަލާނެ ތަންތަންވެސް އެބަހުއްޓޭދޯ؟.
ސަޅިއިހުސާން
19 September 2024
އުމަރަށް ނުވި، އިމްރާނަށް ނުވި، ފިއުޗަރ ރައީސް މި ކުރަނީ.
ހާނިމްދިދީ
19 September 2024
އަހަރުން ދުވަހަކުވެސް ތިޔަ ބުނާ މީހާ ރައީސް އަކަށް ނުހޮވާނަން ، ހަދާން ނައްތާލާ
އެލީނާ
19 September 2024
ސާރާ ސެލޫން އެންޑް ސްޕާ ހިންގާ އާމިރު މިހާރު ހުންނާނެ ތެޅިލާފަ. ފުލުހުންނާ ވަރަށް ގުޅިގެން އުޅޭ މީހެއް އެއީ.
މިޑްސް
19 September 2024
ސްޕާ އާއި ގުޅުންހުރި އާޓިކަލް އެއް ވީމާ މީހަކު ކޮމެންޓެއް ނުކުރޭ ދޯ.
އެލީނާ
19 September 2024
ނޫނޭ ކޮމެންޓް އެބަ ކުރޭ.
ގޮބު
19 September 2024
ކީއްވެތަ މާލެއައް އެކަނި އިމިގުރޭޝަން ހުޅުމާލެ ސުޕާތައް ވަންނަތަނުން އެމެރިކާ ޓުރިސްޓަކު ހިފިދާނެތިތޭ
ކެޕްޓަން އެމެރިކާ
19 September 2024
އެމެރިކާމީހުންނާ ނުކުޅެވޭނެ ހޯމްމިނިސްޓަރަކަށް އިހުސާނު ހުރިހާދުވަހަކު. ތެޅިތެޅި ތިބެންޖެހޭނީ. އެއަރ ޕޯޓުގައި ދިވެހިމީހާކަންފަތް ދުއްވާލި އެމެރިކާމީހާއަށްވެސް ގޮތެއްނުހެދުނެއްނޫން. ދެން ލަލަލަލަލ
އާދަނު33
19 September 2024
ސްޕާއަށް ވަނުންމަނާތަ؟ ގައިމު މިނިސްޓްރީން ހުއްދަދީގެން ސްޕާ ހިންގޭނީ.