ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު: އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި. -- ފޮޓޯ | ރައީސް އޮފީސް
23 ސެޕްޓެމްބަރ 2024 - 10:47
ސައުދީ ސަރުކާރާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ކަަމަށް ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަސް ފާހަގަކުރަން ވިލާ ނޯޓިކާ މޯލްޑިވްސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ހެޔޮ އެދުންތައް ރައްދުކުރައްވައިފަ އެވެ.
ނައިބް ރައީސް ވިދާޅުވީ އާންމު އިސްލާމީ އާދަކާދައިގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިވީ ރައީސްގެ މަސައްކަތްޕުޅުން ކަމަށެވެ. މިދިޔަ ހައްޖު މޫސުމުގައި ވެސް ދިވެހި ހައްޖާޖީންނަށް ސައުދީން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހެމާންދާރީއަށް ނައިބް ރައީސް ޝުކުރު އަދާކުރެއްވި އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓު މެދުވެރިކޮށް ރާއްޖެއަށް ދެމުން އަންނަ އެހީތައް ވެސް ނައިބު ރައީސް ރައީސް ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.
ނައިބް ރައީސް ވަނީ އިސްލާމީ އެއްބައިވަންތަކަން ކުރިއެރުވުމަށާއި ދޭދޭ ގުޅުންތައް ބަދަހިކުރަން ސަފީރު މަތުރިކް އަބްދުﷲ އަލްއަޖަލައިން އަލްދޮސާރީ އާއި އެމްބަސީގެ ޓީމުން ކުރާ މަސައްކަތް ވެސް ފާހަގަކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަތީގު
25 September 2024
ސައުދީ މީހުން ކައިގެން ތިބީ މާ ފަލަސްތީނު މީހުން ކައިގެން އެތިބީ
ހަމަދު ސަލީމް
23 September 2024
ރައީސްގެ ހިކުމަތުއަމަލީ ހަމަ މޮޅީ، ސައޫދީ މީހުން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެން.
އަސްަރަފަ
23 September 2024
ކޮންމެ ކަމެއްގަވެސް ރައީސަށް ސަނާ ނުކިޔާ ވާނެގޮތެއް ނޯވޭދޯ
ރުމާލު
23 September 2024
ސަޢުދީ ޢަރަބިޔާ އާ އެކު ގުޅުން ރަނގަޅުވީ ތަނެއް، ނުވަތަ ގުޅުން ރަނގަޅުވެގެން ވީ ކަމެއް އަހަރެމެންނަމަށް ނުފެނޭ. އެ ޤައުމުގެ ރަސްގެފާނު ނުވަތަ ވަލީ ޢަހުދު ވަޑައިގަތީކީއެއް ނޫން. އެ ޤައުމަށް ވަޑައިގަންނަވަން މި ޤައުމުގެ ރައީސަށް ދަޢުވަތު ދިނީކީއެއް ނޫން. އަދި ކީއްތޯ! ބަނގުރޫޓުވާ ހިސާބަށް ގޮސް އެ ޤައުމަށް ވެސް ސަލާންޖަހަން ނާށިގަނޑު ހިފައިގެން ކަހަލަ ގޮތަކަށް ޚާރިޖީ ވަޒީރު ވަޑައިގަތަސް، އެއްޗެއް ދިނީކީއެއް ނޫން. ދެން ކޮބައި ތޯއޭ ގުޅުން ރަގަޅުވެފަ؟
ކޮލަމާހުއްޓާ
23 September 2024
ގުޅުން ރަނގަޅުވެގެންވީ ކަމެއް ކިޔައިދިންނަމަ ވަރަށް ފުރިހަމަވީސް.. ދޭދޭ ގައުމުތަކާ އޮންނަ ގުޅުމަކީ ވަކިމީހަކު ވެރިކަމަށް އައިސްގެންވާނެ ކަމެއްނޫން.
ނުކޔޭނެ
23 September 2024
ވީކަމެއް ނޭނގޭނަމަ ނުކިޔޭނެތާ. ކޮންމެ ވާހަކައެއްގަ ނަންގަންނަން އިޝާރާތްކޮށްފަ އޮތީމަ ކުރަނީ.
ނަނާ241
23 September 2024
ހައްޖު ވެއިޓިންގ ލިސްޓެއް ދެން ނޯންނާނެ ދޯ . ފައިސާދައްކާފައިތިބި އެންމެންނަށް މިފަހަރު ހައްޖަށްވެސް ދެވޭނެތާ ދޯ ގަދަ އިނގޭ
ހަސަން އަޝްފާގް
23 September 2024
މިކަމަށް ރައީސް އަށް ޝުކުރު ހައްގު
އަމީން މުހައްމަދު އަލީމް
23 September 2024
މިކަމަށް އެއްމެ ބޮޑު ހެއްކަކަށް ވާނީ އިތުރުވި ކޯޓާވެސް.
އަލިބެ.
23 September 2024
ރައީސް މުޢިއްޒަކީ އިޒްރޭލު ރުއްސަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ޖެހިލުން ނުވާނެ ލީޑަރެއް!
ހަމަދު ސަލީމް
23 September 2024
ގުޅުން ދަނީ ބަދަހިވަމުން. އަދި ރައީސް މުއިއްޒް ދަތުރެއް ކޮށްލާ އިރަށް އިތުރު އެހީވެސް ލިބޭނެ ކަން ޔަގީން