އާ ޕީޖީ އޭސީސީގެ ރައީސް އާދަމް ޝާމިލް އާއެކު މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ: ޕީޖީ އޮފީސް
23 ސެޕްޓެމްބަރ 2024 - 17:57
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުން އަންނަ ކޮރަޕްޝަންތަކުގެ ތަހުގީގުތައް އަވަސް ކުރަން ޕްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.
ޕީޖީ އެގޮތަށް އެދިވަޑައިގަތީ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އޭސީސީގެ ރައީސް އާދަމް ޝާމިލްއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.
ޕީޖީ އޮފީހުންު ބުނި ގޮތުގައި އެ ބައްދަލުވުމުގެ ތެރެއިން، އޭސީސީން ކުރަމުން އަންނަ މަސައްކަތުގައި ޕީޖީ އޮފީހުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީން ކަން އައްބާސް ދެއްވި އެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި ކާމިޔާބު ކުރުމަށްޓަކައި ދެ މުއައްސަސާ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ މުހިންމު ކަން ފާހަގަ ކުރެއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ކޮރަޕްޝަން މައްސަލަތަކުގެ ތަހުގީގުތައް އިތުރަށް ހަރުދަނާކޮށް މިހާރަށް ވުރެ ވަރުގަދަ ކުރުމަށްޓަކައި އިންވެސްޓިގޭޓަރުންނަށް ޕްރޮސިކިއުޓަރުންގެ އިތުރު އެހީތެރިކަން ބޭނުންވާ ނަމަ، އެކަމަށް މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ޕީޖީ ދެއްވި ކަމަށެވެ.
މި އަހަރުގެ މިހާތަނަށް އޭސީސީން ތަހުގީގުކޮށް ހުށަހެޅި ފަސް މައްސަލައެއްގައި ދައުވާކޮށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މި މަހު 11 މައްސަލައެއް އޭސީސީން އެ އޮފީހުގެ މަޝްވަރާއަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ. މި އަހަރުގެ މިހާތަނަށް 85 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިޝަމްް
24 September 2024
އެމްއެމްޕީއާރްސީ ވައްކަންތަކާއި މިދިޔަ ސަރުކާރުގެ ޖަރީމާތަށް ހާމަވީމާ ދެން ރައްޔިތުން ދުވަހަކުވެސް އެމްޑީޕީއަށް ވޯޓު ދޭނެބާ؟ ، ޕާޓީއެއް ހުވާ އެއީ.
ދާއޫދްް
24 September 2024
ކޮވިޑްގައި ވެންޓިލޭޓަރާއި އަދި އެހެނިހެން ކަންކަމުން ކުރި ޖަރީމާތަށް ރައްޔިތުންނަށް އެނގުން މުހިންމު. އަދި މިކަމުގެ ޒިންމާވާ ފަރާތްތަކަށް ފިޔަވަޅު އެޅުންވެސް މުހިންމު. އަމީން ހެލްތް މިނިސްޓަރެއްގެ ގޮތުގަ ހުރެ ޖަރީމާ ނުހިންގާނަމަ މަގާމަކުންވެސް ވަކިނުކުރާނެ. އެހެންވީމާ މިކަންކަން އަވަހަށް ބަލަންޖެހޭ.
މާޒިންް
24 September 2024
ތި މައްސަލަތަށް ބަލާ އަވަހަށް ފައްޔާޒާއި، އަމީރާއި، ވަޑި މޫކޭ އަދި ފެނަކަ ސައީދުފަދަ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ. މިއީ ސިޔާސީ ގޮތުން ކުރާކަމެއްނޫން. މިއީ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފަ ތިބި މީހުންނަށް ހައްޤު އަދަބު ދިނުން.
ޒަރާހްް
24 September 2024
އޭސީސީއިން މައްސަލަތަށް ބަލާ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކަށް ދައުވާކުރުމަށް ކަންކަން އަވަސް ކުރުން މުހިންމު. މިއީ އެތަށް ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފަވާ މީހުން. މިމީހުންނަށް ނުހައްޤު މުއްސަދި ކަމުގައި އުޅުމުގެ ފުރުސަތު ދީގެންނުވާނެ.
މުރުޝިދްް
24 September 2024
ކޮރަޕްޝަންގެ ތުހުމަތުތަށް އަވަސްކުރުމަށް ގޮވާލީމާ އެމްޑީޕީ ކުދިން ވަރަށް ރުޅިގަދަވާނެ. އެހެންވިޔަސް މިކަން ކޮށް މިފަހަރު ހައްޤު އަދަބު މިމީހުންނަށް ދޭނެ. ފިލަން ދުވާނެކަމެއް ނެތް.
ހެވެނީހަމަ
24 September 2024
ޝަހީމް ވާޝަން 2
ޕުޓިން
24 September 2024
އެންމެ ފުރަތަމަ ފޮޓޯގައިވާ ބޭފުޅާގެ މައްސަލަ ބަލަން މިޖެހެނީ. ދެނޯ.
އެދުމޭވެދުމޭ
23 September 2024
ތިތަން އުވާލާ އުވާލާ އުވާލާ.
ޟިލިއަން 150
23 September 2024
ކޮންމެ އަހަރަކު 150 މިލިއަން ރުފިޔާ ދައުލަތުން އެސީސީއާއި ހަރަދުކޮށްގެން 9 މަސްތެރޭ 5 މައްސަލަ ދައުވާކުރަން ފޮނުވީމަ އެބައިނގޭ ތިޔައީ ބޭކާރު މުއަސަސާއެއްކަން.
އޭބީސީ
24 September 2024
ތިހާ ވާނުވާ މީހުން ކޮމެންޓް ކުރާތީ ދެރައީ. ޕީޖީ އޮފީހަށް ހުށަހަޅާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ނުކުރޭ. 5 މައްސަލައިގައި ދައުވާކުރަން ފޮނުވީމަ އޭގެ މާނައެއް ނޫން 5 މައްސަލައޭ އޭސީސީން ޕީޖީ އޮފީހަށް ހުށައެޅީ. އޭރު ހުރި ޕީޖީ ބެލީ ވީހާވެސް ދައުވާ ނުކޮށްވޭތޯ
ވޯލް
24 September 2024
މުއައްސަސާ ބޭކާރީކީނޫން، އެތަނުގެ ތިބި މެމްބަރުން އެއީ ބޭކާރު ބަޔަކީ. މިފަދަ މުައްސަސާތަކުގެ މެމްބަރުކަމަށް އަންނަވާނި ހަމަ އެކަނި މުސާރަކޮޅަށް ނޫން.
ޖީމު
24 September 2024
150 މިލިޔަން އޭސީސީއަށް ދޭހެނެއް ހީޔެއްނުވޭ. އެކަމު ތަޙްޤީޤް ތައް ކުރިޔަށް ދާލެއް ލަސް ކަމަށް ފާހަގަވޭ
ސީޒަން ޖެކްޝަން
23 September 2024
މީނާ ހާދަބަޔަކާ ބައްދަލުމިކުރަނީ. އާކޮޅު އުޅެވިދާނެ މިހެން ފަޔަށް ހިނިއަރައިގެން އުޅޭފާޑަށް. ދުވަސްކޮޅަކުން ހަމަޔަކަށްއެޅިދާނެ.