މާލޭގެ އާސަހަރާގެ ފުރަތަމަ ބުރީގެ މަސައްކަތް ނިންމާފައި.-- އެކްސް ފޮޓޯ | މޭޔަރު އާދަމް އާޒިމް
29 ސެޕްޓެމްބަރ 2024 - 10:07
އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރުކުރަން ދެ ބުރީގެ އިމާރާތަކާ އެކު ތަރައްގީކުރަން ފެށި މަސައްކަތްތައް ނިންމައި އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އާޒިމް ވިދާޅުވީ މިސްކިތާއި ވެއިޓިން އޭރިއާ އެއްކޮށް ނިންމައި އަންނަ ހުކުރު ދުވަހު ހުޅުވައި، އެ ތަނުގައި ޖަނާޒާތައް ބާއްވަން ފަށާނެ ކަމަށެވެ.
އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމައި މި މަހުގެ ކުރީކޮޅު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ނަމަވެސް، އެއްކޮށް ނުހުޅުވާތީ ކަށުނަމާދު ކުރާކަށް ނުފަށަ އެވެ.
މާލޭގައި ޖަނާޒާގެ ހުރިހާ ކަމެއް ކުރަމުން އައި އާ ސަހަރާ ބޭނުންކުރުން މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން މާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ އަދި ވަޅުލަން ފަށާފައިވަނީ ހުޅުމާލޭ ސަހަރާގަ އެވެ.
އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ.
އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލު ކުރިޔަސް, އޭރު އެ ކުންފުންޏަށް އޮތީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ. އަދި މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކުރީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ.
އޭގެ ފަހުން މިދިޔަ އޭޕްރީލް މަހު އެ ތަނުގެ ފިނިޝިން މަސައްކަތް ހަވާލުކުރީ އެހެން ބަޔަކަށެވެ. މި މަޝްރޫއު އެއްކޮށް ނިމުނުއިރު 11 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
29 September 2024
ބަޔަކު ބުނި މިކަންވެސް ނުވާނެޔޭ. ރައީސް މުއިއްްޒް ކުރި ކަމެއް ވިއްޔާ ކުރާނެ. ނަތީޖާ ފެންނާނެ
އަހާލަން ރުޝްދާ
29 September 2024
ރައީސް މުއިއްްޒް ކުރި މަސައްކަތުގެ ނޭވާ މި އަޅަނީ.
އަފާފް ސައީދު
29 September 2024
އާދަމް އާޒިމް އަނެއްކާ މީގެ ކްރެޑިޓް ނަގަން ނޫޅޭތި. މީ ރައީސް މުއިއްްޒް ގެ ނިންމުން.
ހަމަދު ސަލީމް
29 September 2024
ޖާގަ ބޮޑުތަނުން އިތުރުވީ. އުފާވެެރި ހަބަރެއް
ހަމަދު ސަލީމް
29 September 2024
އުފާވެެރި ހަބަރެއް. ހުރިހާ ޝުކުރެއް އަދުގެ ރައީސް މުއިއްްޒް އަށް.
ޔަސްދާން
29 September 2024
ޖާގަ ތަނަވަސް މިހާރު. ރަނގަޅު އެހެންވީމަ
އަޒީން ރަސީދު
29 September 2024
މީގެ ސަބަބުން އެތައް ލުއިފަސޭހައެއް ވެގެންދާނެ. ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ފެއްޓެވި މުހިންމު މަސައްކަތެއް
އައިހަމް އަހުމަދު
29 September 2024
ރައީސް މުއިއްޒު ކުރެއްވި މުހިންމު މަސައްކަތެއް. މިމީހުން ލަސްކަމުން އަދިކިރިޔާ މި ނިންމާ ލެވުނީ
ޖަމްސީދުބެ
29 September 2024
މިހާރުގެ ކައުންސިލް ހާދަ ސްލޯއޭ.
އޮނަރަބަލް ހަރު ކުރުސީ
29 September 2024
ބޮޑު ކޮރަޕްޝަނެއް