ޚަބަރު / ދިވެހި ގައުމީ ޔުނިވަސިޓީ

ރާއްޖޭގައި ދުވަސްވީ ގިނަ މީހުން އާއިލާއާ އެކު އުޅުނަސް އެކަނިވެރިކަން އިހުސާސްކުރެވޭ: ދިރާސާ

އުމުރުން ދުވަސްވީ މީހަކު ގޮވައިގެން ހިނގާލަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުމުރުން ދުވަސްވީ ގިނަ މީހުން އުޅެނީ އާއިލާއާ އެކުގައި ކަމަށް ވިއަސް އެކަނިވެރިކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ ކަމަށް އެމްއެންޔޫ އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެ ޔުނިވާސިޓީން ހެދި "ރާއްޖޭގައި އިސްރަށްވެހިން އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކު ދުޅަހެޔޮ ގޮތުގައި ދުވަސްވުމާ ބެހޭގޮތުން ދެކޭ ތަސައްވުރުތަކާއި ގޮންޖެހުންތައް" ތީމަށް ހެދި ދިރާސާގައި މާލެ އާއި ރާއްޖޭގެ ތިން ސަރަހައްދަކުން 1،178 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި 18 އަހަރާއި 65 އަހަރުން މަތީގެ މީހުން ހިމެނެ އެވެ.

ގާތްގަނޑަކަށް އެއް އަހަރުގެ މަސައްކަތަށް ފަހު އެމްއެންޔޫ އިން ވަނީ އިއްޔެ އެ ދިރާސާ ރިޕޯޓު ނެރެފަ އެވެ.

އޭގައި ބުނާގޮތުން 67.9 ޕަސެންޓް މީހުން އުޅެނީ ކައިވެނިކޮށްގެންނެވެ. ފިރިމީހާ ނުވަތަ އަނބި މީހާ އާއި ދަރިންނާ އެކު ދިރިއުޅޭ ކަމަށް 32 ޕަސެންޓް މީހުން ބުނާއިރު 22.6 ޕަސެންޓް މީހުން ބުނެފައިވަނީ އެ މީހުން ދިރިއުޅެނީ ހަމައެކަނި ދަރިންނާ އެކު ކަމަށެވެ. ސާދަ ޕަސެންޓް މީހުން ދިރިއުޅެނީ އާއިލާގެ އެހެން މީހުންނާ އެކު އެވެ.

ނަމަވެސް، ދިރާސާގައި ބައިވެރިވި 568 މީހުން ބުނެފައިވަނީ ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެކަނިވެރިކަން ކަމަށެވެ. ދެ ވަނައިގައި، 475 މީހުންނާ އެކު އެންމެ ގިނަ މީހުން ގަބޫލުކުރަނީ އިޖުތިމާއީ ގުޅުންތަކުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާއިރު 441 މީހުންނަށް އެންމެ ބޮޑު އަސަރެއް ކުރަނީ ހާސްކަން/ޑިޕްރެޝަނާ ހެދި އެވެ.

އެ މީހުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް އަސަރުކުރަނީ ހަރަކާތްތެރިވެ އުޅެވޭނެ ގޮތެއް ނެތުމުންނެވެ. އެ އުނދަގޫތައް ދިމާވާ ކަމަށް 650 މީހުން ބުނާއިރު ދިގުދެމިގެންދާ ސިއްހީ ހާލަތާ ހެދި އުނދަގޫވާ ކަމަށް 503 މީހުން ބުނެފައިވެ އެވެ.

މި ދިރާސާގައި ބައިވެރިވި އެންމެންގެ ނަޒަރުގައި، އުމުރުން ދުވަސްވީ މީހުންގެ ޖިސްމާނީ ހާލަތު ރަނގަޅެވެ. ޖިސްމާނީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަމަށް 35-44 އަހަރާ ދެމެދުގެ 41 ޕަސެންޓް މީހުން ބުންޏެވެ. އެކަމަކު، 65 އަހަރުން މަތީގެ ގިނަ މީހުން ދެކޭ ގޮތުގައި އެ މީހުންގެ ޖިސްމާނީ ހާލަތު ވަރަށް ދެރަ އެވެ.

ބައިވެރިން ގަބޫލުކުރާ ގޮތުގައި އިސްވެރިންގެ ނަފްސާނީ ހާލަތު ރަނގަޅެވެ. އެގޮތަށް 43.5 ޕަސެންޓް މީހުން ގަބޫލުކުރާއިރު، އާދައިގެ ވަރެއް ކަމަށް 23.8 ޕަސެންޓް މީހުން ބުނެ އެވެ. އުމުރުން ދުވަސްވީ މީހުންގެ އުމުރު، 65 އަހަރުން މަތީގެ މީހުން ވެސް އަމިއްލައަށް ގަބޫލުކުރަނީ އެ މީހުންގެ ނަފްސާނީ ހާލަތު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ. ވަރަށް ބޮޑަށް ރަނގަޅު ކަމަށް 39.3 ޕަސެންޓް މީހުން ބުނާއިރު ނަފްސާނީ ހާލަތު ވަރަށް ދެރަކަމަށް 34.6 ޕަސެންޓް މީހުން ބުނެ އެވެ،

މާލޭގައި ދިރިއުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާ ގުޅޭ އަސާސީ ކަންބޮޑުވުން

- ސިއްހީ ހިދުމަތް އަދި އެހެނިހެން ހިދުމަތްތައް އަވަހަށް ލިބޭނެ ގޮތް ނެތުން

- އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޑޮކްޓަރުންނާއި ނަރުހުން ނެތުން

- ގޭގެއަށް ގޮސް އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ހިދުމަތް ދިނުމަށް އާސަންދަ ނުލިބުން

- ގެއިން ބޭރަށް ނުކުމެ އުޅެވޭ ފަދަ ރައްކާތެރި މާހައުލެއް ނެތުން

ރަށްރަށުގައި ދިރިއުޅޭ ދުވަސްވީ މީހުންގެ ދުޅަހެޔޮކަމާ ގުޅޭ އަސާސީ ކަންބޮޑުވުން

- އެންމެން އެއްވެލާނެ ފަދަ މަރުކަޒެއް ނުވަތަ މައިޒާނެއް ނެތުން

- އެކަށީގެންވާ އަދި ބޭނުންވާ ސިއްހީ ފަރުވާ ނުލިބުން އަދި ޑޮކްޓަރުން ނެތުން

- އުމުރުން ދުވަސްވީ މީހުންގެ ޑައިޓް ބަހައްޓަންވީ ގޮތް ކިޔައިދޭނެ މީހެއް ނެތުން

ގަވައިދުން ދުޅަހެޔޮ ކާނާ ކެއުމަށް ހުރަސްއެޅޭ ކަންކަމުގެ ތެރޭގައި، ހަރަދު ބޮޑުވުމުގެ ސަބަބުން ކެއުމަށް އުނދަގޫވާ ކަމަށް 819 މީހުން ބުނާއިރު ބޭނުންވާ ކާނާ ނުލިބޭ ކަމަށް 492 މީހުން ބުނެފައިވެ އެވެ.

ޖިސްމާނީގޮތުން ހަރަކާތްތެރިވެ އުޅުމަށް ހުރަސްއެޅެނީ ހިތްވަރު ނުވަތަ ކުރާ ހިތްނުވާތީ ކަމަށް 561 މީހުން ބުނާއިރު، ގައިގައި ހަކަތަ ނެތިގެން ކަމަށް ހަރަކާތްތެރިވެ ނޫޅެވޭ ކަމަށް 497 މީހުން ބުންޏެވެ. އިޖުތިމާއީ އެއްބާރުލުން ނުލިބޭ ކަމަށް 460 މީހުން ބުންޏެވެ.

އުމުރުން ދުވަސްވާ ވަރަކަށް މިނިވަންކަމާއެކު ދިރިއުޅެން ދިމާވާ އެންމެ ބޮޑު ދައްޗަކީ، 537 މީހުން ބުނެފައިވާ ގޮތުގައި މާލީ ދަތިކަމެވެ. ދިގުދެމިގެންދާ ސިއްހީ ހާލަތްތަކާ ހެދި މިނިވަންކަމާއެކު އުޅެން އުނދަގޫވާ ކަމަށް 452 މީހުން ބުނެފައިވެ އެވެ.

ނަމަވެސް، މި ދިރާސާގައި އިސްކޮށް އުޅުއްވި އެމްއެންޔޫގެ ރިސާޗް ފެކަލްޓީގެ ޑީން ޑރ. ޝަހުނީޒާ ނަސީރު ވިދާޅުވި ގޮތުގައި، އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތާ ގުޅޭގޮތުން މި ދިރާސާގައި ސީދާ ސުވާލުތައް އަމާޒުނުކުރިއަސް، އެކަމާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ފާހަގަކޮށްފައިނުވާ ކަމަށެވެ.

"ވަރަށް ގިނަ މީހުން ބުނެފައިވޭ އުފަލާ އެކު ބަލައިގަންނަ ކަމަށް އެލަވަންސް ލިބޭތީ." ޝަހުނީޒާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމާއި އުފަލެއް ލިބެނީ އިޖުތިމާއީ ގުޅުންތަކުންކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފަ އެވެ. ދެ ވަނައަށް އެންމެ ގިނަ މީހުން ބުނެފައިވަނީ އީމާންތެރިކަމުގެ މައްޗަށް ބިނާކޮށް ހިންގާ ހަރަކާތްތަކުން އުފާވާ ކަމަށެވެ.

ދުޅަހެޔޮކަން އިތުރުކުރުމަށް އެންމެ ބޮޑަށް އެހީދެވޭނެ ހިދުމަތަކީ ވެސް ގޭގައި ތިބެގެން ސިއްހީ ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ދިރާސާގައި ގިނަ މީހުން ބުނެފައިވެ އެވެ. އެއީ 622 މީހުންނެވެ. ދެ ވަނައަށް، 558 މީހުން ބުނެފައިވަނީ އިޖުތިމާއީ ހަރަކާތްތަކުން ދުޅަހެޔޮކަމަން އެހީތެރިކަން ދެވޭނެ ކަމަށެވެ.

ގާނޫނު އޮންނަގޮތުން ވަޒީފާއިން މިހާރު މުސްކުޅި ކުރަނީ 65 އަހަރުވުމުންނެވެ. މި ދިރާސާގައި ބައިވެރިވި ގިނަ މީހުން ވެސް ގަބޫލުކުރަނީ ރިޓަޔަމަންޓް އުމުރު މިހާރު ހަމަޖައްސާފައިވާ ގޮތް ރަނގަޅު ކަމަށެވެ. އެއީ 36.8 ޕަސެންޓް މީހުންނެވެ. ރިޓަޔަމަންޓް އުމުރު 60 އަށް ދަށްކުރަން ފެންނަ ކަމަށް 17 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އުމުރުން ދުވަސްވާ ވަރަކަށް މިނިވަންކަމާއެކު އަމިއްލަ ގޭގައި ދިރިއުޅުމުގެ މުހިއްމުކަން އިންތިހާއަށް ބޮޑު ކަމަށް 65.5 ޕަސެންޓް މީހުން ބުނާއިރު ދުވަސްވާ ވަރަކަށް އެ މީހުންގެ ބޭނުންތައް ފުއްދަން އާއިލާއިން ލިބުމުގެ މުހިއްމުކަން ވެސް ވަރަށް ވަރަށް ބޮޑު ކަމަށް 66 ޕަސެންޓް މީހުން ބުނެފައިވެ އެވެ.

އުމުރުން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެމްއެންޔޫއިން ހެދި ދިރާސާގެ ނަތީޖާ، އެ ޔުނިވާސިޓީގެ ރިސާޗު ފެކަލްޓީގެ ޑީން ޑރ. ޝަހުނީޒާ ނަސީރު އިއްޔެ ކިޔައިދެއްވީ.-- ފޮޓޯ: އެމްއެންޔޫ

ސިއްހީ ހިދުމަތްތައް ހޯދަން ހުރަސް އެޅޭ އެންމެ ބޮޑު ކަމަކީ، 724 މީހުން ބުނެފައިވާ ގޮތުން ހަރަދުތައް ބޮޑުވުމެވެ. ރަނގަޅު ހުރިހާ ހިދުމަތްތަކެއް ނެތުމުން ދަތިވާ ކަމަށް 691 މީހުން ބުނެފައިވެ އެވެ.

އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ހުށަހަޅާ ކަންތައް

- އުމުރުން ދުވަސްވީ މީހުން އިތުރުވާކަން ގަބޫލުކޮށް، އެކަމާ ބެހޭގޮތުން ޕްރޮގްރާމްތައް ހަރުދަނާކުރުން

- ރިޓަޔާމަންޓް ހޯމެއް ގާއިމްކުރުން

ދިރާސާއިން ޖުމްލަ ގޮތެއްގައި ފާހަގަވި ކަންތައް

- ހިދުމަތް ހޯދަން އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދޭ އުސޫލުތައް ހުއްޓަސް ތަންފީޒުނުކުރެވުން

- މުނާސަބަތުތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ހަރަކާތްތައް ނުބޭއްވުން

- ރަށްރަށުގައި ސިއްހީ ހިދުމަތަށް އެކްސެސް ނެތުން އަދި ދާއިމީކޮށް ބޭސް ކާ މީހުންނަށް އެ ހޯދަން ދަތިވުން

- ކޮމިއުނިޓީ ހެލްތު ސާވިސްއަށް އާސަންދަ ލިބޭނެ ގޮތް ނެތުން

- މަގުމައްޗަކީ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއްކަން ކަށަވަރުކޮށްދިނުމާއެކު އެ މީހުންނަށް ފަސޭހަވާނެ ގޮތަށް އިންފްރަސްޓްރަކްޗާ ނެތުން

ދިރާސާގެ ނަތީޖާއަށް ބަލައި ހުށަހަޅާ ކަންތައްތައް

- ކޮމިއުނިޓީ ހެލްތު ސާވިސްއަށް އާސަންދަ ލިބޭ ގޮތް ހެދުން

- ރަނގަޅު ކާނާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން

- ދުޅަހެޔޮ ގޮތުގައި މުސްކުޅިވުމާ ބެހޭ ތައުލީމީ މަހާސިންތާތައް ބޭއްވުން

- ބަދަލުވެރިންނަށް އެހީތެރިވާން އެކުލަވާލާފައިވާ އެހީތެރިންގެ ގްރޫޕުތައް ހެދުން

- ތަފާތު ކަސްރަތުތައް ކުރެވޭ ތަނެއްގެ ހިދުމަތް ދިނުން

- އަގުހެޔޮކޮށް ހިދުމަތްތައް ދިނުން

- އާއްމު ތަންތަން އުމުރުން ދުވަސްވީ މީހުންގެ ބޭނުންތަކަށް ފެތޭގޮތަށް ބައްޓަންކުރުން

އެންމެ ފަހުން، 2022 ވަނަ އަހަރު ހެދި ބޯހިމެނުން ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީއަކީ 515،312 މީހުންނެވެ. އޭގެ ތެރެއިން 382،639 ދިވެހިން އުޅޭއިރު، އުމުރުން ދުވަސްވީ ކެޓަގަރީ 65 އަހަރުން މަތީގެ ހަތަރު ޕަސެންޓް މީހުން ރާއްޖޭގައި އުޅޭ ކަމަށް ދައްކަ އެވެ. އެއީ 20،500 އެވެ.

25 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަން

12 October 2024

ދުވަސްވީމީހުން އެއްއުމުރުގެ މީހުންނާ ދިމާވެލާ އެކީ ތަންތަނަށް ގޮސްލާ ހަދާނަމަ އެމީހުންވެސް ހިތްހަމަޖެހޭނެ. ދަރިންނަށް ވަގުތު ނުދެވިދާނެ އެމީހުން ބޭނުންވާ ވަރަށް. އެކަން ދުވަސްވީމީހުން ދަންނަންވާނެ. ދަރިންގެ އުފާތަކަށް އެޅޭ ހުރަހަކަށްވުމުގެ ބަދަލުގައި ދޮށީއުމުރުމީހުންވެސް އެމީހުންނާ އެކުވާނެ މީހުން ހޯދައިގެން ހިތްހަމަޖައްސާލުން ހަމަ ރަގަޅުވާނެ. ދޮށީއުމުރުގެ މީހުން އެއްވާނެ ތަނެއް އެބަހުރި ހަދާފަ، އެތަނަށް މީހުން ދިއުމަށް ހޭލުންތެރިކުރުން ރަގަޅުވނ

The name is already taken The name is available. Register?

ރީމާ ތަހޫޓި

12 October 2024

ކާފަޔަށް ކާފަދަރިން ނުދައްކާ، މާމަލައްވާ މާމަދަރިން ބައްލައިގެން ތަފާތުކުރާ އާއިލާތައްވެސް ގިނަ، ލަދު!!!!

The name is already taken The name is available. Register?

އޮނަަބުލް އަޕީޕު ދީދީ

12 October 2024

ދުވަސްވީ މީހުންނަށް "ބޮލުރޮދި ކެނޑިފައި"އަދި "ބަލަދުއަރާފަ"މިކަހަލަ އިބާރާތްތައް ޅަ ޕޮލިޓިޝަނުން ބޭނުން ނުކުރުން.

The name is already taken The name is available. Register?

މުސްކުޅިން ވެސް ހަލާކު ކުރަންފެށީ

12 October 2024

ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާނަމަ އާދައިގެ ޞިއްޙަތެއްގައި ހުރިނަމަ މުސްކުޅިން ވެސް އެކަނިވެރިކަން އިޙުސާސެއް ނުކުރެވޭނެ އެވެ. ޤުރްއާން ކިޔަވައި، ދުޢާ ތަކާއި ޛިކްރުތައް ކިޔައި، މަޢުލޫމާތު ލިބޭފަދަ ފޮތްތަކާއި ލިޔުންތައް ކިޔަން އާދަކޮށްފި ނަމަ ދުވަސް ދާގޮތް ވެސް އިޙުސާސް ނުވާނެ އެވެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

12 October 2024

މިތާދިރި އުޅެނީ ދަރިންނައްޓަކާ މުސްކުޅިވީމަ ހޮބީއަކައްވެސް ކުރަންއޮތް ކަމަކީ މާމަ ދަރިން ބެލުން! ބޯދާ ގަބޫލު ކުރުންތަކެއްގެ މައްޗައް ދިރިއުޅޭ ބަޔަކައް އުފަލެއް ހޯދައް ކުރާ ކަންތަކަމަކީވެސް ގޯސްކަންތައް ކަމައް ގަބޫލު ކުރުން ތިކަން ފެށޭޙަމަ ! މިސާލަކައް މީހަކު ހަށި ގަނޑައް އަރާމެއް ހޯދަން މަސާޖުފާލާކައް ދިއަސް ގޯސްވީ! ބޭރުދުނިއޭގަ ބައިހަދާފަ 70 ، 80 އަހަރުގެ އަންހެނުވެސް ވެލުނަސް ޕާކުތަކައް ގޮސް ދުވާލު ހަތަރުދަމް އެތާހޭދަކުރޭ!

The name is already taken The name is available. Register?

ހޯމްލެސް

12 October 2024

ކަލޭގެ އާއިލާދެކެ އަރާ ރުޅި އެހެން މީހުނަށް ޕުރޮޖެކްޓު ނުކުރޭ. ލައިފްސްޓައިލް މިއޮތީ ދުވާލު ހަތަރުދަމު އޮފީހުގަ އުޅެ އާއިލާ ބާކީވެފަ. މައިން ބަފައިން އެކަންޏެއް ނޫން ޅަދަރިންވެސް އޮފީހަށް ދާ މީހުންވެސް އެކަނިވެފަ ބޯ ހާސްވެފަ. ޕާކުގަނޑެއް އޮތީޔާ އެތަނަށް ދާނެ ގޮތެއް ކަލޭ ދައްކަބަަލަ މުސްކުޅިޔަކަސް ކުޑަކުއްޖަކަސް. ދިމާކުރާތީ އާއި ކެޕިޓަލިޒަމް އައިސްގެން އޭގެ ބަލިތައްވެސް އަންނާނެ. މީ ފެމިލީ ބޭސްޑް މުޖުތަމައަކަށް ހެޔޮ ނިޒާމެއް ނޫން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

12 October 2024

ތިބާއައް މަގޭބުނިވާހަކަ ރަނގަޅައް ފަހުމުނުވޭހެން ހީވަނ!ީ މިއުޅެނީ ކެޕުޓަލް ޒަމްގެ މަސްލަޔަކައްވުރެ ބަޔަކު މާމަތީ އިލުމެއް އުނގެނިގެން އައިސް އަރެމެންގެ އާދަކާދާގަ ހުރިކަންތަކީ ގޯސްކަތްކަމައް ވިސްނައިދީ މުޖުތަމައު ސާދަ ސަތޭކަ އަރު ފަހަތައް ސޮއްސާލުވަން އުޅޭތި ދިމާވެގެން އުޅޭ މައްސަލަޔެއް! ކުރިންރީތި ކޮއްބެރު ޖެހިމީހުން އެތިބީ އެމާދުރުވެފަ ބޮލުގަ! ފުނާއެޅުމާ ބުނުރީތިކޮން ބެހެޓުމަކީވެސް ކޮންމެ އުމުރުގެ މީހަކަވެސް އުފާލިބޭނެކަމެއް މީވަރައް ވާހަކަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 October 2024

ދިރާސާކުރި ހުރިހާމައްސަލަތައް މިރާއްޖޭގައި އެބަހުރިކަން ނޭގޭ ދިވެއްސަކު މަދުވާނެ. އެހެންކަމުން "ހަދާފައިވާ ދިރާސާއަކީ އެންމެނަށްއިގޭ ކަމެއް ހުދުގެކަރުދާހަށް ބަދަލު ކުރުމަށް" ކުރިކަމެއްނަމަ މައްސަލައެއްނެތް. # އެކަމަކު ސުވާލަކީ ތިކަންކަން ތިހެންވާންޖެހުނު ސަބަބުހޯދަން ނުވަތަ މިކަންތައް މިހާލަތަށް ވެއްޓުނުގޮތް ދެނެގަތުމަށް ދިރާސާކޮށް ތުރާކުނުން އައްޑުއަށްހިމެނޭ ރަށްރަށުގެ ރައްޔިތުން ވަޒަނުން ބޭރުކުރާން މަޖުބޫރުކުރި ގޮތުގެ ދިރާސާކުރުން އެބައޮތްތޯ!؟

The name is already taken The name is available. Register?

ކކކކ

11 October 2024

ރާއްޖޭގަ މިހާރު އޮންނަ ގޮތަކީ ދަރިން ބަލާ ބޮޑުކޮށް ވަޒީފާއަށް ފޮނުވާފަ މާމަ ދަރިން ބެލުން. ކިރިޔާ ތެދުވެ އުޅެވޭހާ ދުވަހަކު މިހެން އުޅެފަ ގުދާރު ބިނދޭ ހިސާބުން ބާކީ ވަނީ.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

11 October 2024

މީހަމަ ވ ބޮޑު ތެދެއް. އަޅުކަމުގައި ވަގުތު ހޭދަކުރުމާ ބޭރަށް ނުކުމެލާ އުޅެން ވަގުތެއްނުލިބޭ ގިނަމީހުންނަށް. ވ ގިނަ މީހުން ކުރާ ޝަކުވާއެއް.

The name is already taken The name is available. Register?

ބާރުވެރި

12 October 2024

ދެން ދަސްކޮށްދޭންވީ މާމަ/ކާފަތައް ބާރުވެރިކުރުވަން. ކިތަންމެ ލޯބިވިއަސް މާމަ/ކާފަ ދަރިން ހުރިހާ ވަގުތެއްގަ ނުބެލޭނެކަމަށް ބުނުން. މާމަ/ކާފަމެން އުފާކޮށް ހިތްހަމަޖައްސާލާނެ ވަގުތު ބޭނުންވާނެކަން ދަރިންނަށް ބުނެދިނުން. މާމަ/ކާފަތައް އަމިއްލައަށްވެސް ތަންތަނަށް ގޮސް ހިތްހަމަޖައްސާލާ އުޅެންޖެހޭނެކަން ދަރިންނަށް އަންގަދިނުން. ދަރިން ބެލުމުގެ މައިގަނޑު ޒިންމާ އޮންނަންވާނީ މައިންބަފައިންނަށްކަން ދަރިންނަށް ބުނެދިނުން.

The name is already taken The name is available. Register?

ދަލޭކަ ދައިތަ

11 October 2024

ތިބާގެ ދަރިން ތިބާއާމެދު، މުސްކުޅިވާ ދުވަހު ކަންތަށް ކުރުވަން ބޭނުންވާފަދައިން މައިންބަފައިންނަށް ހެޔޮކޮށް އޯގާތެރިކޮށް ކަންތަށް ކުރަންޖެހޭ. އެކުދިންނަށް ފެންނަ މަންޒަރުން އިބުރަތްލިބިގަނެ އަމަލު ކުރުުމުގެ ފުރުސަތުބޮޑު. މުޅިންހެން އުވިގެންދަނީ ތަނަވަސްކަމެއްނެތް ކާފަ، މާމައަށް އިހުތިރާމު ކުރުން. ތިބާއާ ދޭތެރޭ ހެޔޮކޮށްހިތި މީހެއްތޯ ނުބަލާ އުމުރުން ދުވަސްވީ ކޮންމެ މީހަކަށްވެސް ހެޔޮހިތުން ގޮވާލާ ހިނިތުންވެލާ.

The name is already taken The name is available. Register?

އެމްސް

11 October 2024

ތަހުޒީބު ދުނިޔޭގަ ނާސިން ހޯމްސް އާއި އެނޫންވެސް ގޮތްގޮތް ބޮޑެތި ސިންގާ މަލްޓިލިޔަނަރުން ހޯދާކަން ދިރާސާ ހެދިބަޔަކަށް އެނގޭބާއެވެ؟

The name is already taken The name is available. Register?

ހަސަނުއަ

11 October 2024

ދިރާސާގައި އެކަން ގެނާ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 October 2024

ޤައުމީ ފެންވަރުގެ ދިރާސާތަކަށް ނިކުންނާންވާނީ ފުރިހަމައަށް ތައްޔާރުވެގެން. ފުރަތަމަ ކަމަކަށް ދިވެހިން ކިޔާ މިއުޅޭ "ދުވަސްވީ ރަށްވެހިން" ނުވަތަ Senior Citizen ކަޑައަޅާ އުމުރު ތިޔަ ދިރާސާގައި ނިންމާފައިވަނީ ކޮން ގޮތަކަށްތޯ!؟ އުމުރުން 40 އަހަރުވެސް ހިމަނާފައިވަނީ މިދެންނެވި ގިންތީގެ ތެރޭގައިތޯ!؟ ދުނިޔޭގެ ބައެއް ޤައުމުތަކުގައި Senior Citizen ކަޑައެޅުމުގައި ރިޓަޔަރ ކޮށްފައިވުމާއި، އޭޖް ވުމުން ދައުލަތުންދޭ އިނާޔަތަށް ޝަރުތުހަމަވުން ފަދަކަންކަމަށް ބަލާ.

The name is already taken The name is available. Register?

އަފީފްވައިފް

11 October 2024

ޕަބްލިކް ޕަރސެޕްޝަން ގައި hurihaa ފަރާތް ހިމަނާފައިވަނީ

The name is already taken The name is available. Register?

ހަރުގަނޑު2024

11 October 2024

ފުޓްސަލްދަނޑު ތަރައްގީ ވަންޏާ ގައުމު ހިނގާނެ..ޒުވާނުން ބޮލަށް ޗިޕެއް ޖަހާފަ ފޮނުވާލީމަ ގޮސް ބުމަރެއްހެން ޓާރފްދަނޑުގަ އެބުރޭނެ.. އިއްޔެ ހަވީރު ގާކޮށިކައިރީ ދަނޑު ކާރީގަހުރި އިރު، ޒުވާނުން ހެސްކިޔާފަ ފުޓްސަލްކުޅެނީ.. ހަމައެތާ ފްލެޓް ތިރީގަ ހެސް ކިޔާފަ ކޮންމެސް އެއްޗެއް ވިއްކާތީ ޒުވާނުން ހޭލަމޭލައަށް.. ކޮންމެ ޒުވާނަކުވެސް ޖީބަށް އެއްޗެއް ލައިގެން އަންނަތަން ފެންނަނީ..މީ މިއަދު ގައުމުއޮތް ހާލަތު.. ޑްރާމާކުޅޭ ސްޓޭޖްގެ ފުރަގަސް ޝޯބަލާ މީހުނަށް ނުފެނޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454