ހިޒްބުﷲގެ ޑްރޯން ހަމަލާ އަމާޒުވި ހިސާބުގައި އިޒްރޭލު ފުލުހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ
14 އޮކްޓޯބަރ 2024 - 05:57
އިޒްރޭލް ސިފައިންގެ މަރުކަޒަކަށް ހިޒްބުﷲ އިން ދިން ޑްރޯން ހަމަލާއެއްގައި ހަތަރު މީހަކު މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.
އާދީއްތަ ދުވަހު އިޒްރޭލުގެ ރެސްކިއު ޚިދުމަތަކުން ބުނެފައިވަނީ، ހައިފާގެ ދެކުނުގައި 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. ހިޒްބުﷲ އިން ކުރިން ބުނި ގޮތުގައި ހަމަލާ ދީފައި ވަނީ އަސްކަރީ ތަމްރީނު ދޭ މަރުކަޒަކަށެވެ.
މި ހަމަލާ ވެފައި ވަނީ ހިޒްުބުﷲ އިން އިޒްރޭލަށް މި ފަހުން ދިން މިފަދަ އެންމެ ބޮޑު ހަމަލާއަށެވެ.
މީހުންނަށް އެހީވުމުގެ މަސައްކަތްކުރާ ޓީމަކުން ބުނި ގޮތުގައި، ޒަހަމްވި މީހުންގެ ތެރޭގައި ވަރަށް ސީރިއަސް ހާލަތުގައި ތިބި މީހުންނާއި އާދައިގެ ވަރަކަށް ޒަހަމްވި މީހުންނާއި ކުދި އަނިޔާތައް ލިބުނު މީހުން ވެސް ހިމެނެ އެވެ.
އާދީއްތަ ދުވަހު ހިޒްބުﷲ އިން ބުނެފައިވަނީ، ލުބްނާނަށް އިޒްރޭލުން ވައިގެ މަގުން ހަމަލާ ދިނުމާ ގުޅިގެން ބަދަލު ހިފުމަށް، ހައިފާގެ ދެކުނުގައިވާ ބިންޔަމީނާގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް އަމާޒުކޮށް ޑްރޯންތަކެއް ފޮނުވާލާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގީ، ލުބުނާނުން އައި ދެ ޑްރޯން އިޒްރޭލު ތެރެއަށް ވަދެ، ތެލް އަވީވުގެ އުތުރުގައި އިމާރާތަކަށް ގެއްލުން ލިބި ހާސްކަން އުފެދުނުތާ ދެ ދުވަސް ފަހުންނެވެ.
ހިޒްބުﷲ އިން އެއް އަހަރަށްވުރެ ގިނަ ދުވަހު އިޒްރޭލަށް އަމާޒުކޮށް ރޮކެޓާއި ޑްރޯން ދޫކުރަމުން ގެންދިޔަ ނަމަވެސް، ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަނގުރާމަ ވަރުގަދަވުމާ އެކު މިހާރު އެ ހަމަލާތައް އިޒްރޭލުގެ މާ އެތެރެއަށް ދަނީ ފޯރަމުންނެވެ.
އިޒްރޭލުގެ އަޔަން ޑޯމް ސިސްޓަމުން މީގެ ގިނަ ހަމަލާތައް ހުއްޓުވާފައި ވާތީ، ހަމަލާތަކުގައި ގެއްލުންވާ މީހުންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލޫ1
14 October 2024
ޓެކްނޮލޮޖީގެ ގޮތުން އިޒްރޭލު އެކިޔާހާ މޮޅު ނޫންކަން މިއެނގެނީ.ޑްރޯންތަކެއް އުދުހިފަ ގޮސް ހަމަލާދޭއިރު ވާއެއްނުވާއެއް ނޭންގޭ.
ޖަލީލީ
14 October 2024
ޔަހޫދީ ނުހަލާލު ދައުލަތަށް 70 އެތަށް އަހަރެއް ވީ އިރު ނުހޯދުން އަމާން ކަމެއް ދެން ވެސް ނުހޯދޭނެ. ރެސިސްޓެންސް ހަރަކާތަކީ އަރަބި ރިހަ ވެރިން ކަހަލަ ފިނޑީންނެއް ނޫން. އިން ޝާ ﷲ ފަލަސްތީނު މިނިވަންކުރަން މަސައްކަތް ކުރާ މުޖާހިދުންގެ އަތްމައްޗަށް ފަލަސްތީނު ފަތަހަވެގެން ދޭނެ.